ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު،ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
 

1. އެންޓި-ކެމްޕެއިންކުރާ ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށްޓަކައި، ވަކި ޚާއްޞަ ނިޒާމެއް ކަނޑައަޅާފައިވާތީ، އެކަމާ ގުޅޭ.

އެންޓި-ކެމްޕެއިންކުރާ ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށްޓަކައި، ވަކި ޚާއްޞަ ނިޒާމެއް ކަނޑައެޅުމަށް ކޮމިޝަނުން މަޝްވަރާކުރައްވާފައިވާތީ، ވަޓްސްއެޕް ނަންބަރެއް މިހާރު މިކަމަށް ސެޓްކޮށް މި މަޢުލޫމާތު ކޮމިޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާންމުކޮށް، މިގޮތަށް ހުށަހެޅޭ މައްސަލަތަކަކީ ކޮމްޕްލެއިންޓްސް ނިޒާމުގެ ތެރެއިން ބަލައިގަންނަ މައްސަލަތަކެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅައި އެމައްސަލަތަކަށް އަވަހަށް ޖަވާބު ދިނުމަށާއި، އެ ހުށަހެޅޭ މައްސަލައެއް ޤާނޫނާއި ގަވާއިދާ ޚިލާފުވާ މިންވަރެއް ކޮމްޕްލެއިންޓްސް ބިއުރޯއިން ބަލައި އެކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމެއް އެކުލެވޭކަމަކަށްވާނަމަ އެ ކަމެއް ރައްދުވާ ފަރާތަކާ މުޢާމަލާތު ކުރުމަށްފަހު ޝަކުވާ ނިޒާމުގައި ކަނޑައަޅާފައިވާ އިޖުރާޢާތުތައް ފުރިހަމަކުރުމަށްފަހު، މައްސަލަ ކުރިއަށް ގެންދިއުމަށާއި، އަދި މިފަދަ މައްސަލަތަކަށް ކަނޑައެޅޭ ވަކިވަގުތެއްގެ ތެރޭގައި އެކަމަކަށް އިޖާބަ ނުވަތ ރަނގަޅު ނުކޮށްފިކަމަށްވާނަމަ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން ގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެކަމެއް ޙައްލު ކުރުމަށްޓަކައި ޤާނޫނާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

މި ނިންމެވުމާ ގުޅިގެން، މިފަދަ މައްސަލަތައް އިތުރަށް ކޮމިޝަނަށް އެ މައްސަލައެއް ނުގެނެސް ކޮމްޕްލެއިންޓްސް ބިއުރޯއިން އެ މައްސަކަތް ކުރިއަށް ގެންދިއުމަށާއި، އެހެންނަމަވެސް، މިފަދަ މައްސަލަތަކުގެ މަޢުލޫމާތު ގަވާއިދުން ކޮމިޝަނާ ޙިއްޞާ ކުރަމުން ގެންދިއުމަށްވެސް ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

2. މޯލްޑިވްސް ރިފޯމް މޫވްމަންޓް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އޮޑިޓް ރިޕޯޓު ޙިއްޞާ ކުރުން.

މޯލްޑިވްސް ރިފޯމް މޫވްމަންޓް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

3. ޓާސްކްފޯސް މުވައްޒަފު، ރެޖިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ، ހުމާ އަސީދު ސަޢުދު ވަޒީފާ އިން ވަކިކުރުމާ ގުޅޭ.

ރަޖިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) ހުމާ އަސީދު ސަޢުދު އަމިއްލަ ކަމެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހުމާއި ގުޅިގެން، ވަޒީފާއިން ވަކިކޮށް ދިނުމަށް އެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އުޞޫލާ އެއްގޮތަށް، އިޖުރާޢާތުތައް ފުރިހަމަ ކުރުމަށްފަހު 2024 އެޕްރީލް 18 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

4. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާއި ގުޅިގެން ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސް ކުރުމާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން އަތޮޅުތެރެއާއި، ރާއްޖެއިން ބޭރު، ރިސޯޓު، ޖަލު އަދި މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިގޮތަށް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

މި ނިންމެވުމާ ގުޅިގެން ފާސްކޮށްފައިވާ  މި ލިސްޓު ސިޔާސީ ޕާޓީތަކާ މިއަދު ޙިއްޞާ ކުރުމަށާއި، އަދި ލިސްޓަށް އަންނަމުދާ ބަދަލުތައްވެސް އެ ބަދަލުތައް އަންނަވަރަކުން ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާ ކުރަމުން ގެންދިއުމަށާއި، 2024 އެޕްރީލް 20 ވާ ހޮނިހިރު ދުވަހު ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފައިނަލް ލިސްޓު ސިޔާސީ ޕާޓީތަކާ ޙިއްޞާކުރުމަށްވެސް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

5. 2024 މާރިޗު މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.

2024 މާރިޗު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ. 

6. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޗީފް ކޯޑިނޭޓަރާއި، ހެޑް ކޯޑިނޭޓަރުން ކަނޑައެޅުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޗީފް ކޯޑިނޭޓަރާއި، ހެޑް ކޯޑިނޭޓަރުން ތިރީގައި މި ދަންނަވާ ގޮތުގެމަތިން ކަނޑައެޅުމަށާއި، މިގޮތުން މި މުވައްޒަފުންގެ ތެރެއިން އިންތިޚާބު އޮންނަ ދުވަހު އިންތިޚާބާ ގުޅުންހުރި ވަކި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ޒިންމާ ހަވާލުވެފައިވާ މުވައްޒަފުން އެ މަސައްކަތްތަކަށް ހެޑް ކޯޑިނޭޓަރުން ގެ ގޮތުގައި ހަމަޖައްސަވަންވެސް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

#

ނަން

މަޤާމު

1

ޢަބްދުﷲ އުނައިސް

އެކްޓިން ސެކްރެޓަރީ ޖެނެރަލް

2

ޝަހުލާ އިސްމާޢީލް

ޑިރެކްޓަރ

3

އާއިޝަތު ޝައްފާފު

ޑިރެކްޓަރ

4

މުޙައްމަދު އަނިލް

ޑިރެކްޓަރ

5

އާމިނަތު އަޒީފާ

ޑެޕިއުޓީ ޑިރެކްޓަރ

6

އަޙްމަދު މުއާޒް

ޑެޕިއުޓީ ޑިރެކްޓަރ

7

ޚުޒައިމާ ތައުފީޤް

ޑެޕިއުޓީ ޑިރެކްޓަރ

8

ސީނާ ރަޝީދު

އެސިސްޓެންޓް ޑިރެކްޓަރ

9

ފާތިމަތު ސައުޝަން މޫސާ

އެސިސްޓެންޓް ޑިރެކްޓަރ

10

ފާޠުމަތު ޝަބާ ބާޤިރު

އެސިސްޓެންޓް ޑިރެކްޓަރ

11

އާމިނަތު ޝަމްރާ

އެސިސްޓެންޓް ޑިރެކްޓަރ

11

ޢަބްދުލްޙަސީބް އިސްމާޢީލް

އެސިސްޓެންޓް ޑިރެކްޓަރ

13

މަރްޔަމް ޝާހިޔާ

ކޮމިއުނިކޭޝަން އެގްޒެކެޓިވް

14

ޙުސައިން އަޛުހާން

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

15

ޢަލީ ޢަބްދުއްރަޙްމާން

އެސިސްޓެންޓް ޑިރެކްޓަރ

16

ސިނާޔާ ޒަކަރިއްޔާ

ސީނިއަރ ލީގަލް އޮފިސަރ

17

އައިޝަތު ޔުމްނާ ރަޝީދު

ސީނިއަރ އޮފިސަރ

18

އަޙްމަދު އާސިމް

ސީނިއަރ އޮފިސަރ

19

ޢަލީ ސަލީމް

މެނޭޖަރ


7.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާ ގަޑި އިތުރު ކުރުމާ ގުޅޭ.

2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ 05 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ލަފާ ދެއްވާފައިވާތީއާއި، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވުމާއެކު، ވޯޓުލާ ދުވަހު ވިއްސާރަވެ ފެންބޮޑުވެގެން ވޯޓުލާ މީހުންނަށް ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެތީއާއި، އަދި ވާރޭ ނުވެހުނުކަމުގައިވިއަސް ހޫނު ގަދަވުމުގެ ސަބަބުން ވޯޓުލާންދާ ފަރާތްތައް ގިނަވަގުތު އަވީގައި ތިބެންޖެހޭނެތީ، ވޯޓުލާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ވޯޓުލުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ކަމުގައި، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އިސްވެ ދެންނެވުނު ގަޑިއަށް އިތުރު އެއްވެސް ބަދަލެއް ދެން ނުގެނެވޭނެ ކަމާއި، އިންޑިއާ (ޓްރިވެންޑްރަމް) ގެ ވޯޓުލާ ގަޑިއަކީ އެ ޤައުމުގެ ގަޑީން ހެނދުނު 08:30 އިން 18:00 އަށް ކަމަށާއި، ސްރީލަންކާ (ކޮލޮންބޯ) ގެ ވޯޓުލާ ގަޑިއަކީ އެ ޤައުމުގެ ގަޑީން ހެނދުނު 08:30 އިން 18:00 އަށް ކަމަށާއި، މެލޭޝިއާ (ކުއަލަލަމްޕޫރް) ގެ ވޯޓުލާ ގަޑިއަކީ އެ ޤައުމުގެ ގަޑީން ހެނދުނު 11:00 އިން 20:30 އަށް ކަމުގައި ކަނޑައަޅުއްވައި، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރުމަށް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

8. 2024 އެޕްރީލް 19 އިން 2024 ޖޫން 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ޖެނެރަލް އިލެކްޝަންސް – 2024 ގައި ބައިވެރިވުމަށްއެދި އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އިން ފޮނުވާފައިވާ ދަޢުވަތާ ގުޅޭ.

އިންޑިއާގެ ހައުސް އޮފް ދަ ޕިއުޕަލް – 2024 ގައި ބައިވެރިވުމަށްއެދި އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އިން ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން ޑިވިޜަން ހެޑަކާއި ސެކްޝަން ހެޑް ލެވެލްގެ ނުވަތަ ސެކްޝަން ހެޑް ލެވެލް އަދި ސީނިއަރ އޮފިސަރ ލެވެލްގެ ދެ މުވައްޒަފުން ފޮނުވުން، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މިގޮތުން، ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ޙަވާލުވެ ހުންނެވި ޑިރެކްޓަރ ޢަބްދުﷲ އުނައިސް ކަނޑައަޅުއްވާ އިސްވެ ދެންނެވި ލެވެލްގެ 2 މުވައްޒަފުންގެ ނަން މިއަދު 13:00 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުއްވުމަށާއި، އެ ނަންތަކާމެދު ކޮމިޝަނުގައި މަޝްވަރާކުރައްވައި މިއަދުގެ 14:00 ގެ ކުރިން ކޮމިޝަނުން ގޮތެއް ނިންމެވުމަށް ވެސް ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

9. 3,000 މީހުން ހަމަކޮށް ސިމެދަ ޕޯޓަލްއަށް ފޯމުތައް އަޕްލޯޑު ކުރުމުގައި ދަތިވަމުންދާތީ، ފޯމުތައް އަޕްލޯޑު ކުރުމަށް މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސްއަށް މުހުލަތު އިތުުރުކޮށް ދިނުމަށްއެދި އެ ޕާޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

3,000 މީހުން ހަމަކުރުމަށްޓަކައި، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް އަށް މިކޮމިޝަނުން ދީފައިވާ މުއްދަތު 2024 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހަށް ހަމަވާއިރު، ސިމެދަ ޕޯޓަލްއަށް ފޯމުތައް އަޕްލޯޑު ކުރުމުގައި ދަތިވަމުންދާތީ، ފޯމުތައް އަޕްލޯޑު ކުރުމަށް މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް އަށް މުހުލަތު އިތުރުކޮށް ދިނުމަށްއެދި އެ ޕާޓީން 2024 އެޕްރީލް 16 ވަނަ ދުވަހު މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން، ސިމެދަ ޕޯޓަލްއަށް ފޯމުތައް އަޕްލޯޑު ކުރުމުގައި ޓެކްނިކަލް ބައެއް ދަތިތަކާ ދިމާވެފައިވާތީ، މިކަމަކީ ކޮމިޝަނުގެ ފަރާތުން ވެފައިވާ ކަންކަމަށްވާތީ، މި ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމަށްޓަކައި އިދާރީ މުވައްޒަފުންނާ ގުޅިގެން މިކަންކަން ކޯޑިނޭޓް ކޮށްގެން ކުރިއަށް ދިއުމަށް 7 ދުވަހުގެ މުއްދަތެއް އެ ޕާޓީއަށް ދިނުމަށް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

އަދި މި 7 ދުވަހުގެ މުއްދަތު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލުން މިނިގެން ގުނުމަށާއި، މިގޮތުން 7 ދުވަހުގެ މުއްދަތު 2024 އެޕްރީލް 23 ވާ އަންގާރަ ދުވަހުން ފެށިގެން ގުނުމަށް، ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
824

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

 • ފުއާދު ތައުފީޤް
 • ޢަލީ ނަޝާޠު
 • ޑޮކްޓަރ މުޙައްމަދު ޒާހިރު
 • މުޙައްމަދު ޢާޞިފް
 • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

 • ޢަބްދުﷲ އުނައިސް
 • ޝަހުލާ އިސްމާޢިލް
 • މުޙައްމަދު އަނީލް
 • އާއިޝަތު ޝައްފާފް
 • އަލްއުސްތާޛާ ޚުޒައިމާ ތައުފީޤް
 • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ