ޖަލްސާތައް

ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮޑިޓް ރިޕޯޓް 2025 ގައި ރަނގަޅުކުރުމަށް އިންޓަރނަލް އޮޑިޓަރ ލަފާދީފައިވާ ކަންކަން، ކަމާގުޅޭ ގުޅުންހުރި ޑިވިޜަންތަކާއި ސެކްޝަންތަކަށް ފޮނުވުމަށްފަހު، އެކަންކަމަކީ ތަންފީޛުކުރެވިދާނެ ކަންތައްތަކެއްތޯ ނުވަތަ ނޫންތޯ ޑިވިޜަންތަކާއި ސެކްޝަންތަކުން ހޯދުމަށްފަހު، އެކަންކަމާ ގުޅޭގޮތުން ޑިވިޜަންތަކާއި ސެކްޝަންތަކާ ވަކިވަކިން މަޝްވަރާކުރުމަށް، 2025 އޮގަސްޓުގެ ނިޔަލަށް އެކަންކަން ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހެޅުމަށާއި، އަދި މި މަސައްކަތް އިސްވެ ދެންނެވުނު މުއްދަތުގައި ނިންމޭނެކަން، ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ކަށަވަރުކުރުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން، އިންޓަރނަލް އޮޑިޓަރ ރިޕޯޓުތައް ތައްޔާރުކުރާއިރު އަންނަނިވި ކަންކަމާމެދު ވިސްނުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

· އިންޓަރނަލީ އެކަމެއް އޮތްގޮތް މިހާރަށްވުރެ ރަނގަޅަށް ސާފުކޮށް އެނގޭގޮތަށް ރިޕޯޓުގައި ހިމެނުން.

· އެއްވެސް ޙާލަތެއްގައި އެކަމެއްގެ ސަބަބުން އެއްވެސް އިރެއްގައި ކޮމިޝަނުން ކަންކުރަމުން އައިގޮތާއިމެދު ޝައްކެއް އުފެދިގެން ނުވަތަ މައްސަލައެއް ޖެހިގެން ނާންނަކަމެއްގެ އެއްވެސް ކަމެއްގެ ވާހަކަ ރިޕޯޓުގައި ލިޔާކަމުގައިވާނަމަ، ލިޔަންވާނީ އެކަމެއްގެ ޖަސްޓިފައިބްލް ރީޒަނެއް އޮވެގެންކަން. 

 

2. އެޗް.އާރް މެޓްރިކްސް ސޮފްޓްވެއަރއާގުޅޭ.

މާލިއްޔަތު ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭކަމުގައިވަނީނަމަ، ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން އެޗް.އާރު މެޓްރިކްސް ސޮފްޓްވެއަރ ގަތުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި، ކޮމިޝަނުގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެޗް.އާރު ސޮފްޓްވެއަރއެއް، ވީ އެންމެ އަވަހަކަށް ކޮމިޝަނުގެ އެތެރެއިން ހެދުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

3. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ ފާޠިމަތު ނަޞްރާ އަޙްމަދު ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ ފާޠިމަތު ނަޞްރާ އަޙްމަދު، ކޮމިޝަނުގެ ވަޒީފާއިން ވީއެންމެ އަވަސް ފުރުޞަތެއްގައި ވަކިވާން އެދިފައިވާތީ، އެގޮތުގެމަތީން، މި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، އަދި މި މުވައްޒަފުގެ ޙާލަތަށް ރިޔާޢަތްކޮށް މި މުވައްޒަފުގެ އަތުން ނޯޓިސް މުއްދަތަށް ކޮމިޝަނަށް ދައްކަންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށްވާ ޢަދަދެއްގެ ފައިސާ ނުނެގުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރގެ މަޤާމަށް ވީއެންމެ އަވަހަކަށް އިޢުލާންކުރުމަށާއި، އަދި، ހުސްވާ ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރގެ މަޤާމުގެ އިންޓަރވިއު ޕެނަލް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/66: މެމޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން އެކުލަވާލުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ދާއިމީ/އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ނެގުމަށް މި ކޮމިޝަނުން ޢާންމުކޮށްފައިވާ އިޢުލާނާ ގުޅިގެން، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް އިމްތިޙާން ދީ އިންޓަރވިއު ކުރުމާއެކު، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެ މަތިން މާރކްސް ލިބިފައިވާތީ ހ.ގަސްދޮށުގެ ފަދުވާ މުޙައްމަދު (A041410)، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ (ދާއިމީ/އެމް.އެސް 1) ގެ މަޤާމަށް ހަމަޖައްސަވަން، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން ހުސްވާ، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރގެ މަޤާމަށް ވީއެންމެ އަވަހަކަށް އިޢުލާންކުރުމަށާއި، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/67: މެމޯއިން އެކުލަވާލާފައިވާ އެ މަޤާމުގެ އިންޓަރވިއު ޕެނަލް އެންމެ ރަނގަޅުކަމަށާއި، ފަދުވާ މުޙައްމަދަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގައި މިހާރު މަސައްކަތްކުރަމުންދާ މުވައްޒަފަކަށްވާތީ، މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި، މި މުވައްޒަފު މިހާރު ހޮވިފައިވާ މަޤާމަށް ބަދަލުކުރުމަށާއި، އަދި، އިދާރީގޮތުން މި އިންތިޒާމުތައް ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން ކުރިއަށް ދިއުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

5. ކޮމިޝަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު ކޮމިޝަނުގެ އެހެން މަޤާމަކަށް ހޮވޭ ޙާލަތުގައި، އެ މުވައްޒަފު މިހާރު މަސައްކަތްކުރަމުންދާ މަޤާމުން ވަކިކުރުމުގެ ބަދަލުގައި، އެ ހޮވޭ މަޤާމަކަށް އެ މުވައްޒަފަކު ބަދަލުކުރުމާގުޅޭ.

ކޮމިޝަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު ކޮމިޝަނުގެ އެހެން މަޤާމަކަށް ހޮވޭ ޙާލަތުގައި، އެ މުވައްޒަފު މިހާރު މަސައްކަތްކުރަމުންދާ މަޤާމުން ވަކިކުރުމުގެ ބަދަލުގައި، އެ ހޮވޭ މަޤާމަކަށް އެ މުވައްޒަފަކު ބަދަލުކުރުމަށާއި،  އެއް މަޤާމުން އަނެއް މަޤާމަށް މުވައްޒަފުން ބަދަލު ކުރުމާ ގުޅޭގޮތުން ކޮމިޝަނުން ވަކި އުޞޫލެއް ހެދިފައި ނެތަތީވެ، އެފަދަ ޙާލަތްތައް މީގެ ފަހުން ދިމާވާކަމުގައިވަނީނަމަ، މި ދެންނެވުނު ގޮތުގެމަތީން ޢަމަލުކުރުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މިޙާލަތަށް ފެތޭ މުވައްޒަފުން މިހާރު ކޮމިޝަނުގައި ތިބިކަމުގައިވަނީނަމަ، ކޭސް ބައި ކޭސްއަށް ބަލައި، އެކަމުގެ މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

6. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ އިންޓަރވިއު ޕެނަލް އެކުލަވާލުން.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ދާއިމީ/އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/68: މެމޯއިން ހުށަހަޅާފައިވާ އިންޓަރވިއު ޕެނަލް އެންމެ ރަނގަޅުކަމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

7. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ކައުންސެލް ޖެނެރަލްގެ މަޤާމާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ (ދާއިމީ/ އީ.އެކް.ސް 5) ކައުންސެލް ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ދެ ފަހަރެއްގެ މަތީން ކުރި އިޢުލާނަށްވެސް އެކަށީގެންވާ ވަރަށް ޝަރުޠު ފުރިހަމަވާ މީހުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް މީހަކު ހޯދުން މިވަގުތަށް ފަސްކޮށް، މިހާރުކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި މަޤާމަށް މީހުން ކުރިމަތިނުލާ ސަބަބުތައް ދެނެގަތުމަށްޓަކައި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް އަލުން ރިވިއުކުރުމަށްފަހު، ކޮމިޝަނަށް ހުށަހެޅުމަށްވެސް ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

8. 2025 ވަނަ އަހަރުގެ ޖޫންމަހުގެ ޚަރަދު ރިޕޯޓާގުޅޭ.

2025 ވަނަ އަހަރުގެ ޖޫންމަހުގެ ޚަރަދު ރިޕޯޓު، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި، ކޮމިޝަނުގެ އިދާރީ ބަޖެޓު އެންމެ އެދެވޭގޮތެއްގައި ބޭނުންކުރަމުންދޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ބޭނުމުގައި، ކުރިއަށް މިއޮތް 6 މަސް ދުވަހުގެ ތެރޭގައި އެންމެ ރަނގަޅަށް ބަޖެޓް ޔުޓިލައިޒް ކުރެވޭނީ ކިހިނެތްތޯ ބަލައި ރިކަމެންޑޭޝަނެއް ކޮމިޝަނަށް  ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މީގެއިތުރުން ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމާއެކު އެ ފައިސާ ހޯދުމަށްޓަކައި ޤާނޫނީގޮތުން އެޅެންހުރީ ކޮންކޮން ފިޔަވަޅުތަކެއްތޯ ބަލައި ކޮމިޝަނަށް ރަޢުޔެއް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

9. ގދ.ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފް ޢަބްދުﷲ ގެ ގޮނޑިއާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީ ޙިއްޞާ ކުރުން.

ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފް ޢަބްދުﷲ ގެ ގޮނޑިއާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ނަންބަރު(MEMO)EA/2025/73: މެމޯއިން ހުށަހަޅާފައިވާ ޤާނޫނީ ލަފަޔާ އެއްގޮތްވާ ގޮތުގެމަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ޖަވާބު ފޮނުވުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

10. އިންޓަރނަލް އޮޑިޓަރ ހުށަހަޅާ ރިޕޯޓުތަކާ ގުޅޭ.

މީގެފަހުން، އިންޓަރނަލް އޮޑިޓަރ ކޮމިޝަނު އިދާރާގެ މަސައްކަތްތައް އޮޑިޓްކުރުމަށްފަހު ތައްޔާރުކޮށް ކޮމިޝަނަށް ހުށަހަޅާ ރިޕޯޓު، ކޮމިޝަނަށް ހުށަހެޅުމުގެ ކުރީން، ކޮމިޝަނުގެ އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީއަށް ހުށަހެޅުމަށްފަހު، ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
878

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • ޢާލިޔާ ޙަނީފް
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާ