ޖަލްސާތައް

ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ. 

1. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު(MEMO)BB/2025/74: މެމޯއާގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު(MEMO)BB/2025/74: މެމޯއަށް ކޮމިޝަނުން މަޝްވަރާކުރެއްވުމަށްފަހު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް، ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ބޭނުންވާ މަޤާމުތައް ހިމެނޭނެހެން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ކޮމިޝަނުގެ އިދާރީ އޮނިގަނޑު އިޞްލާޙު ކުރުމަށް 2025 އޮގަސްޓު މަހުގެ 31 ވާ އާދީއްތަ ދުވަހުގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ކޮމިޝަނުގެ އިދާރީ އޮނިގަނޑު އިޞްލާޙު ކުރުމަށް ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓާއި، ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންކަމާއި، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އިދާރީ އޮނިގަނޑަށް އިތުރުކުރަންޖެހޭ ފަންގްޝަންސްތަކާއި އައު މަޤާމުތައް ބަޔާންކުރުމަށާއި، އަދި ކޮމިޝަނުގެ އިދާރީ އޮނިގަނޑާއި މަޤާމުތަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާއިރު، އެ މަޤާމުތަކުގެ މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ ބަޔާނާއި، މަސްއޫލިއްޔަތުތައް ބަޔާން ކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައެވެ.

 

   2. 2022 ވަނަ އަހަރުގެ ފައިނޭންޝިއަލް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަން އިން ރީ-ފަންޑްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާގުޅޭ.

2022 ވަނަ އަހަރުގެ ކޮމިޝަނުގެ ފައިނޭންޝިއަލް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ، އެކިއެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން މެދުވެރިކޮށް ނަގާފައިވާ ޓިކެޓުތަކުގެ ތެރެއިން ދަތުރުކޮށްފައިނުވާ ޓިކެޓުތަކުގެ ރީފަންޑްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުން، ރީފަންޑްގެ ގޮތުގައި 55,651.84ރ (ފަންސާސް ފަސްހާސް ހަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަތަރު ލާރި) ލިބިފައިވާއިރު، ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ޓިކެޓުތަކުގެ ތެރެއިން ރީފަންޑުގެ ގޮތުގައި ރިކޯޑު ކޮށްފައިވާ ޢަދަދަކީ ޓިކެޓުތަކުގެ ޖުމްލަ އަގަށްވެފައި، ރީފަންޑުގެ ގޮތުގައި ލިބެންޖެހޭ ޢަދަދު ކަށަވަރުނުވާތީ ފައިނޭންޝިއަލް ސްޓޭޓްމަންޓުގައި "އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭ ފައިސާ" ގެ ލިސްޓުގައި ޓިކެޓް ރީފަންޑު ހިމަނާފައިނުވާކަން އިލެކްޝަންސް ކޮމިޝަނުގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ އިޞްލާޙު ކުރުމަށްޓަކައި، 2022 ވަނަ އަހަރުގެ މިކޮމިޝަނުގެ ފައިނޭންޝިއަލް އޮޑިޓް ރިޕޯޓުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ލަފާގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު (2023/R-158) ގެ 5.26 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ފިޔަވަޅުތައް އެ ގަވާއިދުގައި އަޅަންބުނެފައިވާ މުއްދަތުގެ ތެރޭގައި އެޅުމަށާއި، ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް އެ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާގޮތަށް ޝާރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ދަންނަވާކަމާއި، ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެ ކަމަށްބަލައި ދޫކޮށްލުމުގައި ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 9 ވަނަ މާއްދާއާއި އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދު (2023/R-158) ގެ 12.16 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި އެއްގޮތަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިވާތީ، މިކަމުގައި މި ކޮމިޝަނުން ޢަމަލު ކުރަންވީގޮތެއް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހޯދުމަށް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި މި ކަމާގުޅޭގޮތުން މި ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލްތަކާއި، 2022 ވަނަ އަހަރުގެ މި ކޮމިޝަނުގެ ފައިނޭންޝިއަލް އޮޑިޓް ރިޕޯޓުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ އިޞްލާޙު ކުރުމަށް ލަފާ ދެއްވާފައިވާގޮތް ބަޔާން ކުރުމަށްފަހު، މި ކަމުގައި މި ކޮމިޝަނުން ޢަމަލުކުރަންވީ ގޮތެއް، ވަކި މުއްދަތެއްގެ ތެރޭގައި ބަޔާންކޮށް ދެއްވުން އެދި އެ ވުޒާރާއަށް ސިޓީއެއް ފޮނުވުމަށް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދިހަމައެހެންމެ، ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ޓިކެޓުތަކުގެ ތެރެއިން ދަތުރު ކޮށްފައިވާނުވާ ޓިކެޓުތަކަކީ، ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ކޮށްފައިވާ ޚަރަދުތަކެއްކަމުން، މުސްތަޤްބަލްގައި މިފަދަ ކަންކަން ތަކުރާރުނުވާނޭ ފަދައިން އިދާރީ ކަންކަން ތަރުތީބު ކުރުމަށްޓަކައި، ޓިކެޓުތައް ނެގުމަށްފަހު، މަޤްބޫލު އުޛުރެއްނެތި ދަތުރުނުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅިދާނޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު، އެކަމުގައި ޢަމަލު ކުރެވިދާނޭ ގޮތްތައް ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައެވެ.

 

   3. ކޮމިޝަނަށް ބޭނުންވާ ކްރެޑިޓް ކާޑާގުޅޭ.

އުޞޫލު ނަންބަރު:2023/G-8 (ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުޞޫލު) ގެ ދަށުން، އިލެކްޝަންސް ކޮމިޝަނަށް ކްރެޑިޓް ކާޑެއް ހެދުމަށާއި، މިގޮތުން މި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ޓިކެޓާއި ވިސާފީއާއި ކޮމިޝަނުގެ ނަމުގައި ރާއްޖެއިން ބޭރަށް ދައްކަންޖެހޭ އެކި ސަބްސްކްރިޕްޝަން ޕޭމަންޓްތައް ފިޔަވައި، އެހެން އެއްވެސް ޚަރަދެއް ނުކުރުމަށް ކަނޑައަޅުއްވައި، އެގޮތުގެމަތީން $12,000 (ބާރަހާސް ޑޮލަރު) ގެ ލިމިޓެއްގެ ދަށުން، ކޮމިޝަނުގެ މާލީ ޒިންމާދާރުވެރިޔާގެ ބެއްލެވުމުގެ ދަށުން މި ދެންނެވުނު ކްރެޑިޓް ކާޑު ބޭނުން ކުރެއްވުމަށް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، މި ކްރެޑިޓް ކާޑު ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދު އަދި ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ބޭނުން ކުރުމަށްވެސް، ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
879

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ