ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

   1. އީ-ފާސް އެޕްލިކޭޝަންގައި ބޭނުންކުރުމަށް އޭ.ޕީ.އައި އެކްސެސްއާ ގުޅޭ.

ދިވެހިރައްޔިތުންގެ މެދުގައި، ކޮމިޝަނުގެ މައްޗަށް އޮތް އިތުބާރު ގާއިމުކުރުމުގެ ގޮތުންނާއި ސިޔާސީ މަސްރަޙު ހުރިގޮތުން، މިވަގުތަށް އީ-ފާސް އެޕްލިކޭޝަންގައި ބޭނުންކުރުމަށްޓަކައި، ކޮމިޝަނުގެ އެއްޗެއް ސިސްޓަމެއްގެ އޭ.ޕީ.އައި އެކްސެސްއެއް އެއްވެސް އިދާރާތަކަށް ދެވެން ނެތްކަމަށް، ކޮމިޝަނުގެ ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ނިމިގެން، މި މައްސަލަ އަލުން ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހެއްޅުވުމަށާއި، މިގޮތުން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދޭތެރޭގައި މިހިނގާ މުއްދަތުގައި، އީ-ފާސް އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި އޭ.ޕީ.އައި އެކްސެސް ދޫކުރުމާއި ގުޅޭގޮތުންނާއި، އީފާސް އެޕްލިކޭޝަނުން، އެމީހަކަށް އެމީހެއްގެ ސިޔާސީ ޕާޓީގެ ދަފްތަރުގެ މަޢުލޫމާތާއި، ރީ-ރަޖިސްޓްރޭޝަނާއި، ވޯޓުލާ މަރުކަޒުގެ މަޢުލޫމާތު ފަދަ އަސާސީ މަޢުލޫމާތު ލިބެންހުންނަ ހުރުމާ ގުޅޭގޮތުން، ޢާންމުންގެ ޚިޔާލު؛ ކޮމިޝަނުން އިންތިޒާމުކުރާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމުތަކާއި އަދި އިންތިޚާބަށް ޢާންމުން ޙޭލުންތެރިކުރުވުމަށް ބޭއްވޭ ޕްރޮގްރާމުތަކުގައި ދެނެ، މިކަމަށް ޢާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތައް އަޙުލުވެރިކޮށް، އެ މަޢުލޫމާތުތަކާއެކު، ކޮމިޝަނުގެ ޖަލްސާއަކަށް މި މިމައްސަލަ ހުށަހެއްޅުވުމަށްވެސް، ކޮމިޝަނުގެ ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2.މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އުވާލުމާ ގުޅޭ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީވެ، ޤާނޫނު ނަންބަރު:4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެމަތީން، މެންބަރުން ހަމަކުރުމަށް 2025 ފެބްރުއަރީ 19 ގައި 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް، ކޮމިޝަނުގެ ފަރާތުން އެ ޕާޓީއަށް ދެވިފައިވާ ކަމަށާއި، ބުނެވިދިޔަ މުއްދަތު 2025 މޭ 19 އަށް ހަމަވިއިރުވެސް، އެ ޕާޓީގެ ރަޖިސްޓަރީވެފައިވާ މެންބަރުންގެ ޢަދަދަކީ 2277 (ދެހާސް ދުއިސައްތަ ހަތްދިހަ ހަތެއް) ކަމުން، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އުވާލުމާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަންގެ ނަންބަރު(MEMO)EA/2025/54: މެމޯގައި ބަޔާންކޮށްފައިވާ ޤާނޫނީ ލަފާގައިވާގޮތުގެމަތީން، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އުވާލުމަށްޓަކައި، ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ފެއްޓެވުމަށް، ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. ޢަދާލަތު ޕާޓީން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރުAP/LTR/2025/05/001 ސިޓީއާ ގުޅޭ.

2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ ކަންކަން ނިންމާ ހުށަހެޅުމަށް އިތުރު 40 ދުވަހުގެ މުހުލަތެއް ދެއްވުމަށް އެދި ޢަދާލަތު ޕާޓީން ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރުAP/LTR/2025/05/001 ސިޓީއާ ގުޅިގެން، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ކޮމިޝަނަށް ހުށަހެޅުއްވުމަށް އެ ޕާޓީއަށް ދެންނެވުމަށް، ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   4. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅޭ.

2025 މޭ 15 ގައި ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެ ޕާޓީގެ ފަރާތުން، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާޙުތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަސާސީ ގަވާއިދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ގެނެވިދާނޭ ހަމަތަކެއްކަމުގައިވާތީ އެ ޕާޓީން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަކީ ޞައްޙަ ހުށަހެޅުންތަކެއް ކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ބަޔާންކޮށްފައިވާތީވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސުން ހުށަހަޅުއްވާފައިވާ ފަދައިން، އެ ޕާޓީގެ އަސާސީ ގަވާއިދުގެ އިޞްލާޙުތައް ފާސްކުރެއްވުމަށް، ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ މެންބަރުންނަށް މަސްއޫލިއްޔަތު ޙަވާލުކުރެއްވުމާ ގުޅޭ.

ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށްޓަކައި އަދި ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން، ކޮމިޝަނުގެ ރައީސް ކަނޑައަޅުއްވާ އުޞޫލެއްގެ ދަށުން ކޮމިޝަނުގެ ރައީސް، ކޮމިޝަނުގެ މެންބަރުންނާ ވަކި މަސްއޫލިއްޔަތުތަކެއް ޙަވާލު ކުރެއްވުމަށް، ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
872

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 484 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ