ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސްގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް އެންމެ ރަނގަޅުކަމަށާއި، އަދި 360 މޮޑެލް ބޭނުންކުރައްވައިގެން ކޮމިޝަނުގެ ހުރިހާ މުވައްޒަފުން އެޕްރައިޒްކުރެއްވޭނެ ނިޒާމެއް 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ތައްޔާރުކުރެއްވުމާގުޅޭ
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު(MEMO)BB/2025/57: މެމޯއިން ހުށަހަޅުއްވާފައިވާ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސްގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް އެންމެ ރަނގަޅުކަމަށާއި، އަދި ސެކްރެޓަރީ ޖެނެރަލް ގެ މަޤާމުގެ މުއްދަތް ކަނޑައެޅިގެން ބަޔާންކުރައްވާފައިވާތީވެ، މި މަޤާމަށް ޢައްޔަންކުރެއްވޭ މުވައްޒަފު އެޕްރައިޒްކުރެއްވުމުގައި އަހަރު ގުނަންވާނީ އެ ފަރާތެއް އެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކަމަށް، ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ވަށާޖެހޭ ގޮތެއްގައި ކޮމިޝަނުގެ ހުރިހާ މުވައްޒަފުން އެޕްރައިޒްކުރެއްވުމުގެ ބޭނުމުގައި، 360 މޮޑެލް ބޭނުންކުރައްވައިގެން ކޮމިޝަނުގެ ހުރިހާ މުވައްޒަފުން އެޕްރައިޒްކުރެއްވޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށް ބޭނުންވާ ކަރުދާހެއް ކޮމިޝަނަށް ހުށަހެޅުއްވުމަށާއި، މިގޮތުން 360 މޮޑެލް ބޭނުންކުރައްވައިގެން ކޮމިޝަނުގެ ހުރިހާ މުވައްޒަފުން އެޕްރައިޒް ކުރެއްވިދާނެތޯއާއި، މިކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކާއި ދަތިތައް ބެއްލެވުމަށްފަހު، އެ ތަފްޞީލްތަކާއެކު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި ދެންނެވުނު ކަރުދާސް ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ކޮމިޝަނުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފާހަގަކުރެއްވުމަށްޓަކައި، ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BC/2025/4: މެމޯގައި ހުށަހަޅުއްވާފައިވާ އިތުރު ދުވަސްތަކާގުޅޭ
ކޮމިޝަނުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފާހަގަކުރެއްވުމަށްޓަކައި، ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BC/2025/4: މެމޯއިން ހުށަހަޅުއްވާފައިވާ ކަރުދާސް ފާސްނުކުރެއްވުމަށް، ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މީސްމީޑިއާ މެދުވެރިކޮށް ކޮމިޝަނުން ފާހަގަކުރައްވަން ބޭނުންވެ ވަޑައިގަންނަ ދުވަސްތައް، ކޮމިޝަނުގެ ރައީސް ނުވަތަ ކޮމިޝަން ހިންގެވުމާ ޙަވާލުވެ ވަޑައިގަންނަވާފައިވާ މެންބަރެއް ކަނޑައެޅުއްވުމަށްފަހު އެގޮތުގެމަތީ އިދާރީ އިންތިޒާމުތައް މީގެ ފަހުން ހަމަޖައްސަވަން، ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.