ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ. އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

    1. ބަނޑޭރި އޭ.ޕީ.އައި އެކްސެސްއާ ގުޅޭ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ވާދަކުރައްވައި ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަންޖެހޭ އިދާރީފީ، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ތައްޔާރު ކުރައްވައިފައިވާ ނަން ޑިސްކްލޯޝަރ އެގްރިމަންޓު، ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުން ހުށަހަޅުއްވައިފައިވާ ގޮތުގެމަތީން، ކުރިއަށް ގެންދެވުމަށާއި، އަދި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އެދިވަޑައިގަންނަވައިފައިވާ ގޮތުގެމަތީން އެ ވުޒާރާއި މިކޮމިޝަނާ ދެމެދު، އަދި މިކޮމިޝަނާއި މިމަސައްކަތްކުރާ މުވައްޒަފާމެދު ނަން ޑިސްކްލޯޝަރ އެގްރިމަންޓުގައި ސޮއިކުރެއްވުން އެންމެ ރަނގަޅުކަމަށް، ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   2. ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ދާއިމީ/ ޖީ.އެސް 3) ގެ މަޤާމާ ގުޅޭ.

ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް، މ.ޒޭވަރު، މާލެ، ޢާއިޝަތު ޢިނާން މުޢާވިޔަތު ހަމަޖެއްސެވުމަށް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައި ނިންމަވައިފައިވާތީ، އެގޮތުގެމަތީން ވަޒީފާއަށް ނިކުތުމަށް އެ ފަރާތަށް އެންގުމުން އެހެން ވަޒީފާއަކަށް ހޮވިފައިވާތީ، ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރގެ މަޤާމު ބޭނުންނޫންކަމަށް ވިދާޅުވެފައިވާތީ، މިމަޤާމަށް ކޮށްފައިވާ އިޢުލާންގައި، މަޤާމުގެ މާރކްސް ޝީޓުގައި އިންޓަރވިއުކޮށް، އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ދެން އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތަށް ފުރުޞަތު ދިނުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިދޭކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން ދެން އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތް؛ އަލަމާވިލާ، ގދ.ގައްދޫ، އާމިނަތު ޔުނާލް ޙުސައިން ވަޒީފާއަށް ނިކުތުމަށް އެންގުމުން، މި ފަރާތުންވެސް އެހެން ވަޒީފާއަކަށް ހޮވިފައިވާތީ، ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރގެ މަޤާމު ބޭނުންނޫންކަމަށް ވިދާޅުވެފައިވާތީ، ދެން ތިންވަނަ އަށް އެންމެ މަތީން މާރކްސް ލިބިފައިވާ މުނާ މަންޒިލް، ރ.ހުޅުދުއްފާރު، މީކާޢީލް އަޙްމަދު ޝަރީފު، ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ހަމަޖައްސަވަން، ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   3. ޕްރޮކިއުމަންޓް ސެކްޝަންގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ޕްރޮކިއުމަންޓް ސެކްޝަންގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، ޕްރޮކިއުމަންޓް ސެކްޝަންގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް ޗާންދަނީގެ، ށ.ނަރުދޫ، ނަޝާ ނަސީމް ހަމަޖައްސަވަން، ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   4. ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް ބަހާރުވިލާ، ށ.ކަނޑިތީމު، މުޙައްމަދު މަސީޙް ހަމަޖައްސަވަން، ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   5. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ /އެމް.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ /އެމް.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ /އެމް.އެސް 3) ގެ މަޤާމަށް އާސާމް، ގއ.މާމެންދޫ، އާމިނަތު މިލްނާ މުޖުތަބާ ހަމަޖައްސަވަން، ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   6. ކޮމިޝަނުގެ ނިންމެވުންތައް ޢާންމުކުރުމާ ގުޅޭ

ކޮމިޝަނުގެ ނިންމެވުންތައް ވެބްސައިޓުގައި ޢާންމުކުރައްވާއިރު، ކޮމިޝަނުގެ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ޢާންމުނުކުރުމަށާއި، އަދި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ނިންމެވުންތައް ޢާންމުކުރުމުގައި ވަގުތަށް ރިޔާޢަތްކޮށް، އިދާރީގޮތުން މި މަސައްކަތް ކުރިއަށް ގެންދެވުމަށް، ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
873

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 484 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ