ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ކޮމިޝަނަށް ލިބެންޖެހޭ ފައިސާއާގުޅޭ.
އިލެކްޝަންސް ކޮމިޝަނުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށް އަންގާފައިވާތީ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއިން ވަކިވެގެން ދިޔައިރު އިތުރަށް ފައިސާ ދެވިފައިވާ ތިރީގައި ދަންނަވާފައިވާ މުވައްޒަފުން މި ކޮމިޝަނަށް ރައްދުކުރަންޖެހޭ ފައިސާ ރައްދުކޮށްފައިނުވާތީ، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށާއި، މިގޮތުން ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާޢަތުތަކެއް ފުރިހަމަކޮށްފައިވޭތޯ ބަލައި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތިން، ޝަރީޢަތް މެދުވެރިކޮށް މި ފައިސާ ހޯދުމަށް ހުށަހެޅުމަށް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
1. އަޙްމަދު ޝިރުޙާން (A123027) އަށް އިތުރަށް ދެވިފައިވާ ފައިސާ
2. އަޖުނާދު މުޙައްމަދު (A277214) އަށް އިތުރަށް ދެވިފައިވާ ފައިސާ
3. މުޙައްމަދު ސާނިޙް (A095063) އަށް އިތުރަށް ދެވިފައިވާ ފައިސާ
4. ދާއޫދު ޒުބައިރު (A165473) އަށް އިތުރަށް ދެވިފައިވާ ފައިސާ
2. އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާ ކުރުމާގުޅޭ.
އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ދިރާސާކޮށް ޤާނޫނުގެ މުހިއްމު ބައިތައް ކޮމިޝަނާ ޙިއްޞާ ކުރުމުގެގޮތުން، ޤާނޫނު ނަންބަރު31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް ގެނެސްފައިވާ 20 ވަނަ އިޞްލާޙު، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.
3. ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އިބްރާހީމް ޝާހީން ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާގުޅޭ.
ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އިބްރާހީމް ޝާހީން، 2026 ޖުލައި 16 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެދިފައިވާ ތާރީޚްގައި މި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އަދި، މި ނިންމެވުމާ ގުޅިގެން، ރެޖިސްޓްރޭޝަން ސެކްޝަނުން ހުސްވާ ސީނިއަރ އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ޢާންމުކޮށް ހުޅުވައިލައިގެން އިޢުލާން ކުރުމަށާއި، އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2026/155: މެމޯއިން ހުށަހަޅާފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
4. އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު އިޞްލާޙު ކުރުމާގުޅޭ.
އިލެކްޝަންސް ކޮމިޝަނުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެދިގެން ވަޒީފާއިން ވަކިވުމުގައި އެއް އުޞޫލަކުން ޢަމަލު ކުރުމަށާއި، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި މުވައްޒަފުން ވަކިވުމާގުޅޭގޮތުން ހުރި ބައިތަކަށް އިޞްލާޙު ގެނައުމާއިއެކު، ކޮމިޝަނުން މީގެކުރީން ނިންމަވައިފައިވާ އެހެނިހެން ކަންކަމާއެކު އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާއާއެކު ފެށުމަށް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
5. IIIDEM އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ވޯކްޝޮޕް ފޯ އިންސްޓިޓިއުޝަނަލް މެޕިންގ އޮފް އީ.އެމް.ބީ ފޯ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް އޮފް ވޯކްފޯސް" ކޯހާގުޅޭ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM) އިން 2026 ސެޕްޓެންބަރު 28 އިން 2026 އޮކްޓޫބަރު 1 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ވޯކްޝޮޕް ފޯ އިންސްޓިޓިއުޝަނަލް މެޕިންގ އޮފް އީ.އެމް.ބީ ފޯ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް އޮފް ވޯކްފޯސް" ކޯހަށް 4 މުވައްޒަފެއްގެ ނަން ފޮނުވުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ސީނިއަރ މެނޭޖްމަންޓްގެ މުވައްޒަފުންގެ ތެރެއިން ތިރީގައި ދަންނަވާފައިވާ މުވައްޒަފުން މި ކޯހުގައި ބައިވެރި ކުރުމަށް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
1. ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް – އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަން
2. ޑިރެކްޓަރ، ޢާއިޝަތު ޝައްފާފް – ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިވިޜަން
3. އެސިސްޓެންޓް ޑިރެކްޓަރ، ހިދާޔަތު މުޙައްމަދު – ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
4. އެސިސްޓެންޓް ޑިރެކްޓަރ، މަރްޔަމް ޝާހިޔާ – ޕަބްލިކް ރިލޭޝަން ސެކްޝަން
އަދި މި 4 މުވައްޒަފުންގެ ނަން ހުށަހެޅުނުކަމުގައިވީނަމަވެސް، 4 ނަން ފާސްނުވެދާނެތީވެ، މީގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް އިސްކަންދޭ ތަރުތީބަކުން، މުވައްޒަފުންގެ ނަންތައް ފޮނުވުމަށްވެސް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
6. އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ރިޕަބްލިކް އޮފް ފިލިޕީންސްގެ ކެންޑިޑޭޓަށް އެންޑޯޒްމަންޓެއް ދިނުމާގުޅޭ.
އެސޯސިއޭޝަން ފޯ ވާލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އޭ-ވެބްގެ ސެކްރެޓޭރިއެޓުން ހުޅުވާލުމާ ގުޅިގެން، އެ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ، ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ރިޕަބްލިކް އޮފް ފިލިޕީންސްގެ ކެންޑިޑޭޓު، ކޮމިޝަނަރ އެޓަރނީ އައިމީ، ޕީ. ފެރޯލިނޯއަށް، މި ކޮމިޝަނުގެ ފަރާތުން އެންޑޯޒްމަންޓެއް ދިނުމަށްއެދި، ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ރިޕަބްލިކް އޮފް ފިލިޕީންސް އިން މި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިލެކްޝަންސް އޮފް ދަ ރިޕަބްލިކް އޮފް ފިލިޕީންސްގެ ކެންޑިޑޭޓު، ކޮމިޝަނަރ އެޓަރނީ އައިމީ، ޕީ. ފެރޯލިނޯއަށް އެންޑޯޒްމަންޓެއް ދިނުމަށް، ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.










