ޖަލްސާތައް

ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ  އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ހުންނެވީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ އޮފިސަރ އާމިނަތު އަމާނީ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވާ ފޯމާގުޅޭ.

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ އޮފިސަރ އާމިނަތު އަމާނީ ،2026 ޖުލައި 30 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެދިފައިވާ ތާރީޚްގައި މި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

އަދި، މި ނިންމެވުމާ ގުޅިގެން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުން ހުސްވާ އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ޢާންމުކޮށް ހުޅުވައިލައިގެން އިޢުލާން ކުރުމަށާއި، އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2026/157: މެމޯއިން ހުށަހަޅާފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް، ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
930

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޝަކީލު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • މުޙައްމަދު އަނީލް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 508 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 507 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 506 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާ