ކޮމިޝަނުގެ 931 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޖޫން 2026 ގެ ޚަރަދު ރިޕޯޓާގުޅޭ.
ފައިނޭންސް ސެކްޝަނުގެ ނަންބަރު:(MEMO)BC/2026/29 (15 ޖުލައި 2026) މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ޚަރަދު ރިޕޯޓު، ހުށަހަޅައިފައިވާ ގޮތުގެމަތިން ކޮމިޝަނުގެ 931 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކުރައްވާފައެވެ.
2. އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ، ދެކުނު ކޮރެއާގެ ނޭޝިނަލް އިލެކްޝަން ކޮމިޝަންގެ ކެންޑިޑޭޓަށް އެންޑޯޒްމަންޓެއް ދިނުމާއި ގުޅޭ.
އެސޯސިއޭޝަން ފޯ ވާލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ދެކުނު ކޮރެއާގެ ނޭޝަނަލް އިލެކްޝަން ކޮމިޝަނުން ހުށަހަޅާފައިވާ ކެންޑިޑޭޓް، އަން ނައީ ހްޔޮންގްއަށް މި ކޮމިޝަނުގެ ތާއީދު ހޯދުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ދަންނަވަމެވެ.
އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަނުގެ ކެންޑިޑޭޓް، ކޮމިޝަނަރ އެޓަރނީ އައިމީ ޕީ. ފެރޯލިނޯއަށް ތާއީދުކުރުމަށް މި ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާގައި ކުރިން ނިންމާފައިވުމުން، ދެކުނު ކޮރެއާގެ ކެންޑިޑޭޓަށް މިވަގުތު ތާއީދު ދެވެން ނެތްކަމަށާއި، އެކަން އެ ފަރާތަށް ރަސްމީކޮށް އެންގުމަށް މި ކޮމިޝަނުގެ 931 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.
3. 2026 ސެޕްޓެންބަރު 1 އިން 2 އަށް، ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރީޖަނަލް ކޮންފަރަންސް އޮން އައުޓް އޮފް ކަންޓްރީ ވޯޓިންގ" ގައި ބައިވެރިވުމަށްއެދި، އިލެކްޝަންސް ކޮމިޝަން އޮފް ސްރީ ލަންކާއިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅޭ.
2026 ސެޕްޓެންބަރު 1 އިން 2 އަށް، ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރީޖަނަލް ކޮންފަރަންސް އޮން އައުޓް އޮފް ކަންޓްރީ ވޯޓިންގ" ގައި ބައިވެރިވުމަށްއެދި، އިލެކްޝަންސް ކޮމިޝަން އޮފް ސްރީ ލަންކާ އިން ފޮނުވައިފައިވާ ދަޢުވަތާ ގުޅިގެން، މި ދަތުރުގެ ޙަރަދުތަށް ކޮމިޝަނުގެ އިދާރީ ބަޖެޓުން ހަމަޖެހޭނަމަ، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް މި ކޮންފަރެންސްގައި ބައިވެރިވުމަށް، ސްރީ ލަންކާއަށް ވަޑައިގަތުމަށް ކޮމިޝަނުގެ 931 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.







