ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭ.
ޤާނޫނު ނަންބަރު:7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، ޤާނޫނު ނަންބަރު: 2026/4 (ޤާނޫނު ނަންބަރު: 2009/8 ދިވެހިރާއްޖޭގެ ފެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު: 2022/13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ ޖަދުވަލް 1 އަދި ޖަދުވަލް 2 އަށް އިޞްލާޙު ގެނައުމުގެ ޤާނޫނު، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާކުރައްވައިފައެވެ.
2. ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ތިބި ޢަދަދު ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭ.
ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ތިބި ޢަދަދުތައް ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާކުރައްވައިފައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުންގެ ޢަދަދުތައް:
|
ސިޔާސީ ޕާޓީތައް |
މެންބަރުންގެ ޢަދަދު |
|
1. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
67579 |
|
2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
55399 |
|
3. ޖުމްހޫރީ ޕާޓީ |
10401 |
|
4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް |
8014 |
|
5. ޢަދާލަތު ޕާޓީ |
7151 |
|
6. މޯލްޑިވްސް ނެޝަނަލް ޕާޓީ |
4183 |
|
7. ޕީޕަލްސް ނެޝަނަލް ފްރަންޓް |
3737 |
3. "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" އާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރާ "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" އާ ގުޅޭގޮތުން، މިކޮމިޝަނުގެ ޚިޔާލު ހޯދުމަށްއެދި އެ ކޮމިޓީން މި ކޮމިޝަނަށް ފޮނުވައިފައިވާ މަޖިލީހުގެ ނަންބަރު: 57-F/ICT/38/2026/16 ސިޓީއާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/63 (02 ޖުލައި 2026) މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ކަންކަން، އެގޮތުގެމަތީން، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާކުރައްވާފައެވެ.
4. ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2026 އަށް، ވ.ރަކީދޫއަށް ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމާގުޅޭ.
ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2026 އަށް، ވ.ރަކީދޫއަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި، ފެލިދެ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް، ފ. ފެލިދޫ، ވައިޓްވިލާ، ޢަބްދުލްމަޖީދު ޢަބްދިލްޣަނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު:(MEMO)BB/2026/154 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ގޮތުގެމަތީން ހަމަޖެއްސުމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
5. ވޯޓުލާ މީހުންގެ ދުވަސް 2026 އާ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ ޕްލޭނާ ގުޅޭ.
2026 ވަނަ އަހަރުގެ ވޯޓުލާ މީހުންގެ ދުވަސް (25 އޮގަސްޓް 2026) ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ރާވައިފައިވާ ހަރަކާތްތަކާ ގުޅޭގޮތުން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ނަންބަރު:(MEMO)CB/2026/14 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ހަރަކާތްތަކުގެ ޕްލޭން އަދި ޚަރަދުވާނެކަމަށް ލަފާކުރެވޭ ބަޖެޓް، ހުށަހަޅައިފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގައި އަލަށް 18 އަހަރު ފުރިހަމަވެގެން ވޯޓުލާ ފަރާތްތަކާއި ޒުވާނުންނަށް ޚާއްޞަ އިސްކަމެއް ދިނުމަށާއި، މިގޮތުން، ނިމިދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި، އަލަށް 18 އަހަރު ފުރިހަމަވެގެން ވޯޓުލައިފައިވާ ފަރާތްތަކަށް އެކަމުގެ އަޒުވަގަންކޮށް ހަނދާނީ ލިޔުމެއް ދިނުމަށާއި، އެފަދަ ފަރާތެއްގެ އިންޓަރވިއުއެއްވެސް އެ ދުވަހު މީސްމީޑިއާ މެދުވެރިކޮށް ގެނެސްދިނުމަށާއި، ހަރަކާތްތަކުގެ ޕްލޭންގައި ބަޔާންކޮށްފައިވާ މޮކް އިންތިޚާބުގެ ކަންކަން، އިންތިޚާބީ މަރުކަޒުގެ ބަދަލުގައި ޖާގަތަނަވަސް ސްކޫލެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތްކުރުމަށްވެސް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ނަންބަރު:(MEMO)CB/2026/14 މެމޯއިން ހުށަހަޅައިފައިވާ ހަރަކާތްތަކުގެ ޕްލޭންގައި ހިމެނިފައިވާ ކަންކަމާއި، މި ދުވަހުގެ މުޙިއްމުކަން ޢާންމުންނަށް ވިހާވެސް ބޮޑަށް އިނގޭނެފަދަގޮތަކަށް ޕީ.އާރުގެ ކަންކަން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށާއި، ވޯޓުލާ މީހުންގެ ދުވަހަކީ ކިހާ މުޙިއްމު ދުވަހެއް ކަމާއި، މި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ފަދައަކުން މަސައްކަތްތައް ބައްޓަންކުރުމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
6. ވެސްޓް މިންސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (WFD) އިން ކުރިއަށް ރާވާފައިވާ ޕްރޮގްރާމްގެ ޚުލާސާ ރިޕޯޓާ ގުޅޭ.
ވެސްޓް މިންސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (WFD) ގެ ފަރާތުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާވައިފައިވާ “Inclusive Leadership and Electoral Accountability for Democracy (I-LEAD)” ޕްރޮގްރާމްގެ ޚުލާސާ ކަރުދާހުގެ ރިޕޯޓު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސާރޗް ސެކްޝަނުގެ ނަންބަރު:(MEMO)DB/2026/05 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ގޮތުގެމަތީން ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާކުރައްވައިފައެވެ.
އަދި، ވެސްޓް މިންސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީއާއެކު މިހާރަށްވުރެންވެސް ގާތްކޮށް މަސައްކަތްކުރުމަށާއި، އަދި ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޛުކޮށް، އެ ޕްލޭންގައި ހިމެނިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި އެ ޖަމްޢިއްޔާއާއެކު ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
7. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ރިޕޯޓު 2026 ފާސްކުރުމާ ގުޅޭ.
ޕްލޭނިންގ، ޕޮލިސީ އެންޑް ރިސާރޗް ސެކްޝަނުގެ ނަންބަރު:(MEMO)DB/2026/06 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ރިޕޯޓު 2026 ފާސްކުރުމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
8. 2026 ސެޕްޓެންބަރު 18 އިން 19 އަށް، ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ސައިންޓިފިކް އެންޑް ޕްރެކްޓިކަލް ކޮންފަރެންސް – އިލެކްޝަންސް އިން އަ ޕީރިއެޑް އޮފް ޓަރބިއުލަންސް" ގައި ބައިވެރިވުމާއި، 2026 ސެޕްޓެންބަރު 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ "ސްޓޭޓް ޑުމާ އޮފް ދަ ފެޑެރަލް އެސެމްބްލީ އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮފް ދަ ނައިތް ކޮންވޮކޭޝަން" އޮބްޒާވްކުރުމަށްއެދި، ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރަޝިއަން ފެޑެރޭޝަން އިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅޭ.
2026 ސެޕްޓެންބަރު 18 އިން 19 އަށް، ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ސައިންޓިފިކް އެންޑް ޕްރެކްޓިކަލް ކޮންފަރެންސް – އިލެކްޝަންސް އިން އަ ޕީރިއެޑް އޮފް ޓަރބިއުލަންސް" ގައި ބައިވެރިވުމާއި، 2026 ސެޕްޓެންބަރު 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ "ސްޓޭޓް ޑުމާ އޮފް ދަ ފެޑެރަލް އެސެމްބްލީ އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮފް ދަ ނައިތް ކޮންވޮކޭޝަން" އޮބްޒާވްކުރުމަށްއެދި، ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރަޝިއަން ފެޑެރޭޝަން އިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ މެންބަރު ޢަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، މި ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
9. 2026 އޮގަސްޓު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދަ އިލެކްޝަންސް އޮފް ޑެޕިއުޓީސް އޮފް ދަ ކުރުލްޓައި އޮފް ދަ ރިޕަބްލިކް އޮފް ކަޒަކްސްތާން" އޮބްޒާވްކުރުމަށްއެދި، ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް ކަޒަކްސްތާނުން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅޭ.
2026 އޮގަސްޓު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދަ އިލެކްޝަންސް އޮފް ޑެޕިއުޓީސް އޮފް ދަ ކުރުލްޓައި އޮފް ދަ ރިޕަބްލިކް އޮފް ކަޒަކްސްތާން" އޮބްޒާވްކުރުމަށްއެދި، ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް ކަޒަކްސްތާނުން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، މި އޮބްޒަވޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
10. ގަވާއިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ ސިޔާސަތުތަކާއި ނިންމުންތަކާ ގުޅިގެން ހާމަކުރަންޖެހޭ މަޢުލޫމާތު މީޑިއާއަށް ހަމާކުރާނެ ފަރާތެއް ކަނޑައެޅުމާ ގުޅޭ.
ގަވާއިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ ސިޔާސަތުތަކާއި ނިންމުންތަކާ ގުޅިގެން ހާމަކުރަންޖެހޭ މަޢުލޫމާތު މީޑިއާއަށް ހަމާކުރާނެ ފަރާތެއް ގޮތުގައި ކޮމިޝަނުގެ ފަރާތުން، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، 2026 ޖުލައި 07 ވަނަ ދުވަހުން ފެށިގެން ކަނޑައަޅައިފައިވާ ކަމަށް، ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.









