ޖަލްސާތައް

ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު ބާއްވާނެ ތާރީޚަކާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއްވެސް ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، 2026 ޖޫން 20 ގައި ބޭއްވުމަށް ޢިއުލާންކުރި އިންތިޚާބުގައި ދެވަނަ ފަހަރަށް މި މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓެއް ކުރިމަތިލާފައިނުވާތީ، މި މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2026 އޮގަސްޓް 22 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް، ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

މިގޮތުން، މި ދެންނެވުނު އިންތިޚާބު ބޭއްވުމަށްޓަކައި، ޤާނޫނީ މުއްދަތުތަކާއި ތާރީޚްތައް ހިމަނައި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރުކޮށްފައިވާ ކަލަންޑަރު އެގޮތުގެމަތީން ފާސްކޮށް، އިންތިޚާބުގެ އެންމެހައި ކަންކަން މި ކަލަންޑަރުގައިވާ މުއްދަތުތަކާއި ތާރީޚްތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށްވެސް. ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

  2. ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކާ ގުޅޭ.

ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓުކުރުމަށްފަހު، އޮޑިޓު ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނޭ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްވެ ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ސިޔާސީ ޕާޓީތަކުން 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅައިފައިނުވާތީވެ، މިކަމާ ގުޅިގެން ތިރީގައި މި ދަންނަވާ ފިޔަވަޅުތައް އެ ޕާޓީތަކަށް އެޅުމަށް، ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

ޢަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އިން ކޮމިޝަނަށް އޮޑިޓު ރިޕޯޓު ހުށަހަޅައިފައިނުވާތީވެ: 

  • ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓުކުރުމަށްފަހު، އޮޑިޓު ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނޭ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްވެ ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު، ޢަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އިން ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅައިފައިނުވާތީވެ، ޢަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ 50,000/- (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

- އަދި ޕާޓީގެ ފައިސާގެ ކަންކަން އެންމެ އެދެވޭގޮތެއްގައި ބަލަހައްޓާފައިނުވާތީވެ، މި ދެ ޕާޓީގެ ޚަޒާންދާރުން 10,000/- (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

- މީގެއިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ކަންކަމާއި އެކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމަށާއި، އަދި ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓާ ގުޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމުގައި ޢަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން ސިޓީ ފޮނުވުމަށާއި، އަދި މިކަންކަމަށް ނަޞޭޙަތްދިނުމަށްޓަކައި، މި ދެ ޕާޓީގެ އިސްވެރިން ކޮމިޝަނަށް ޙާޟިރުކުރުން. 

 

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން "ކޮލިފައިޑް" ރިޕޯޓެއް އަދި މުއްދަތަށް ކޮމިޝަނަށް އޮޑިޓު ރިޕޯޓު ހުށަހަޅައިފައިނުވާތީވެ:

- ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓުކުރުމަށްފަހު، އޮޑިޓު ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނޭ ކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން "ކޮލިފައިޑް" ރިޕޯޓެއް އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ އޮޑިޓު ރިޕޯޓް ހުށަހަޅައިފައިނުވާތީވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ 50,000/- (ފަންސާސް ހާސް) ދިވެހި ރުފިޔާއިން ޖޫރިމަނާކުރުން.

 

- އަދި ޕާޓީގެ ފައިސާގެ ކަންކަން އެންމެ އެދެވޭގޮތެއްގައި ބަލަހައްޓާފައިނުވާތީއާއި، މިއީ އޮޑިޓު ރިޕޯޓުގެ މައްސަލައެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ފިޔަވަޅުއަޅާ ފުރަތަމަ ފަހަރުކަމުން މި ޕާޓީގެ ޚަޒާންދާރުން 5,000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

- މީގެއިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ކަންކަމާއި އެކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމަށާއި، އަދި ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ އޮޑިޓު ރިޕޯޓާ ގުޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުމަށްއެދި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނަޞޭޙަތުގެ ސިޓީއެއް ފޮނުވުން.

 

ދަފްތަރުކޮށްފައިވާ ސިޔާސީ ޕާޓީތައް:

- ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ކަންކަމާއި އެކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމަށާއި، އަދި ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ އޮޑިޓު ރިޕޯޓާ ގުޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ނަޞޭޙަތުގެ ސިޓީފޮނުވުން. 

 

- މީގެއިތުރުން، ޕާޓީތައް ޖޫރިމަނާކުރުމުގައި ކޮމިޝަނުގެ ޢަމަލުކުރާނޭގޮތުގެ އުޞޫލެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި ޕާޓީތަކުގެ މާލީކަންކަން ހަރުދަނާކުރުމަށް ފާސްކޮށް ގެޒެޓުކުރުމަށް ފޮނުވައިފައިވާ އުޞޫލުގެ ކަންކަން ސިޔާސީ ޕާޓީތަކާއި ކޮމިޝަނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށްވެސް، ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

  3. ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ޝަކުވާގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއްވެސް ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، 2026 ޖޫން 20 ގައި ބޭއްވުމަށް ޢިއުލާންކުރި އިންތިޚާބުގައި ދެވަނަ ފަހަރަށް މި މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓެއް ކުރިމަތިލާފައިނުވާތީ، މި މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2026 އޮގަސްޓް 22 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް، ކޮމިޝަނުން ނިންމަވައިފައިވާތީ، އިންތިޚާބަށް ޢިއުލާންކުރާއިރު، ޤާނޫނު ނަންބަރު:2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނުނު) ގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން، ޝަކުވާގެ ނިޒާމު ޤާއިމުކުރުމަށް، ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

ޝަކުވާ ބަލާ ކޮމިޓީ

1. ޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

2. އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝައުޝާން މޫސާ – ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން

3. އެސިސްޓެންޓް ޑިރެކްޓަރ، ހިދާޔަތު މުޙައްމަދު – ހިއުމަން ރިސޯސް މެނޭޖްމެންޓް ސެކްޝަން

 

  4. އިލެކްޝަންސް ކޮމިޝަނުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު، ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާކުރައްވައިފައެވެ.

 

  5. އެސޯސިއޭޝަން ފޯ ވާލޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި، އޭ-ވެބުން ފޮނުވާފައިވާ އީ-މެއިލްއާ ގުޅޭ.

އެސޯސިއޭޝަން ފޯ ވާލޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި، އޭ-ވެބުން މި ކޮމިޝަނަށް ފޮނުވައިފައިވާ އީމެއިލްއާ ގުޅިގެން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި، އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެއްވެސް ފަރާތެއްގެ ނަން މިފަހަރު ހުށަހަޅަން ނުފެންނަކަމަށް، ކޮމިޝަނުގެ 927 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމަވައިފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
927

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޝަކީލު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 508 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 507 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 506 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ