ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކާއި ގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އާއި ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2026/HC-I-SH/1 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު:2026/HC-I-SH/2 ޤަޟިއްޔާއާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު:2026/HC-I-SH/3 ޤަޟިއްޔާއިން ކުރެއްވި ޙުކުމްތަކަށް ރިޢާޔަތް ކުރައްވައި އަންނަނިވިގޮތުގެމަތިން ޢަމަލުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓުފޮށި

(ހ) ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން މުޙައްމަދު ނަޒީޙް، ސީޑްރީމް، މ.ވޭވަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު:2026/HC-I-SH/1 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައިގައި، މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓުފޮށީގެ 3 ވޯޓު ކަރުދާހެއް ބާޠިލުކަށް ކަނޑައަޅާފައިވާތީ، އެ 3 ކަރުދާސް އުނިކޮށް އެ ފޮށީގެ ރަސްމީ ނަތީޖާ އިޞްލާޙުކޮށް އަލުން އިޢުލާނު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިހާއީ ޙުކުމް ކުރައްވާފައިވާތީ، މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓުފޮށީގެ އެ 3 ވޯޓު ކަރުދާސް އުނިކޮށް އަލުން ނަތީޖާ ހަދައި އިޢުލާނު ކުރުމަށްފަހު އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

(ށ) މީގެއިތުރުން، މި މައްސަލަ އިސްތިއުނާފް ކުރުމުގެ މަރުޙަލާވެސް އޮތަތީ، އިސްތިއުނާފް ކުރުމަށް 10 ދުވަހުގެ މުއްދަތު ލިބޭތީއާއެކު، މި މައްސަލައިގައި ތަދައްޚުލްވެފައިވާ ކެންޑިޑޭޓުގެ ފަރާތުން މައްސަލަ އިސްތިއުނާފު ނުކުރާކަމަށްވާނަމަ، އިސްތިއުނާފް ކުރުމަށް ލިބޭ 10 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިތުރަށް މި މައްސަލަ ދިރާސާކޮށް ކޮމިޝަނުގެ އިތުރު ޖަލްސާއަކަށް ހުށަހެޅުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ދ.މީދޫގައި ބަހެއްޓި ނަންބަރު M1.2/208 ވޯޓުފޮށި

(ހ) ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން ސުހާ އިބްރާހީމް، ދިލްޝާދުގެ، ދ.މީދޫ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު:2026/HC-I-SH/2 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައާއި ގުޅިގެން، ދ.މީދޫ ރައީސްގެ މަޤާމަށް ވާދަކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެފައިވާތީ އެ ދާއިރާގެ އިތުރު ބުރެއް ބޭއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރައްވާފައިވާތީ، އެ ދާއިރާގެ އިތުރު ބުރެއް ބޭއްވުމުގެ އެންމެހައި މަސައްކަތްތައް ޙުކުމުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށާއި، އިންތިޚާބުގެ އިތުރު ބުރެއް ބާއްވާކަމަށްވާނަމަ، ޙުކުމާއި ގުޅިގެން ނަތީޖާ އިޢުލާނުކުރާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ އިތުރު ބުރެއްގެ އިންތިޚާބު ބާއްވަންޖެހޭކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އިންތިޚާބު ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، އެގޮތުން ދެން އެންމެ އަވަހަށް ބޭއްވޭ ކޮމިޝަނުގެ ޖަލްސާއަކަށް އެކަންކަން ހުށަހެޅުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

(ށ) އަދި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ހޮވިފައިވާ ކެންޑިޑޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު، 2026 މޭ 17 ވާ އާދީއްތަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމާއި ގުޅިގެން މި ދާއިރާގެ ނަތީޖާ މިހާރު އޮތްގޮތް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

 ތ.ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓުފޮށި

(ހ) ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން މުޙައްމަދު ޢިމާދު، ފުއްކަފަގެ، ތ.ތިމަރަފުށި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު:2026/HC-I-SH/3 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައިގައި، ތ.ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓުފޮށީގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ޚާއްޞަ ސެކިއުރިޓީ އުރަތައް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު" ގެ 57 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައި، އެ ވޯޓުކަރުދާސްތައް އަލުން ގުނައި، އެ ވޯޓުފޮށީގެ ނަތީޖާ އަލުން ކަނޑައެޅުމަށް މި ކޮމިޝަނުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރައްވާފައިވާތީ، ތ.ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓުފޮށީގައި ހުރި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ގެ ހުރިހާ ވޯޓުކަރުދާހެއް ގުނުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

(ށ) އަދި މިހާރު މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކޮށް 2026 މޭ 17 ވާ އާދީއްތަ ދުވަހުގެ ކުރިން ޢާންމުކުރުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދިހަމައެހެންމެ، މ.ވޭވަށު ސްކޫލުގައި ބެހެއްޓި ނަންބަރު K2.1 ވޯޓުފޮށީގެ ވޯޓުކަރުދާހާއި، ތ.ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓުފޮށީގެ ވޯޓު ކަރުދާސްތައް ގުނުމުގައި ޤާނޫނީގޮތުންނާއި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށާއި މި 2 ފޮށީގެ ވޯޓުކަރުދާސްތައް ގުނުމުގެ ކަންކަން 2026 މޭ 15 ވާ ހުކުރު ދުވަހުގެ 16:00 އިން ފެށިގެން އިންތިޚާބާބެހޭ މަރުކަޒުގައި ކުރިއަށް ގެންދިއުމަށާއި އަދި މިކަން ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ފަރާތުން އަންނަ ފަރާތްތަކަށް މިރޭ އެންގުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

ކޮމިޝަނުގެ ފަރާތުން ވޯޓުކަރުދާސްތައް ގުނާނީ އަންނަނިވި މުވައްޒަފުން ކަމުގައިވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 504 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

ގުނުމުގައި ޙަރަކާތެރިވާ މުވައްޒަފުން.

· ސީނިއަރ އޮފިސަރ، އަޙްމަދު ޢާޞިމް (ވެރިޔާ)

· އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ، މުޙައްމަދު ޒައުޝާން (އެހީތެރިޔާ)

· ސީނިއަރ އޮފިސަރ، ފަދުވާ މުޙައްމަދު (އެހީތެރިޔާ)

· ސީނިއަރ އޮފިސަރ، ޒައުފަރާން ރަޝީދު (އިދާރީ މުވައްޒަފު)

· ސީނިއަރ އޮފިސަރ، އިބްރާހީމް ޝާހީން (އިދާރީ މުވައްޒަފު)

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
504

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 503 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 502 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 501 ވަނަ ޚާއްޞަ ޖަލްސާ