ޖަލްސާތައް

ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތަށް ރަށްރަށަށް ފޮނުވާފައިވާ ވޯޓުފޮށްޓާއި ވޯޓިން ބޫތާގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ މަސައްކަތަށް ރަށްރަށަށް ފޮނުވާފައިވާ ވޯޓުފޮށިތަކާއި ވޯޓިންގ ބޫތުތަކަކީ އިންތިޚާބަށް ބޭނުންވާ މުދާކަމަށްވާތީ، އެ ތަކެތި އިންތިޚާބަށް ގެންދިޔަގޮތަށް އަތޮޅުތަކުގައި ހުރުމުން މިތަކެތި މާލެ ގެނައުމަށާއި، އަތޮޅުތަކުގައި މިތަކެތި ބެހެއްޓިފައިވަނީ ވާހަކަ ދެކެވިގެންނަމަވެސް، މިތަކެތި ޙަވާލުކުރުމުގައި އެއްވެސް ފަރާތަކާއެކު ލިޔެކިއުމުން މުޢާމަލާތް ކުރެވިފައިވާކަން އެނގެން ނެތްކަމާއި، މި ކޮމިޝަނުގެ މުދާ ހުންނަންވާނީ މި ކޮމިޝަނުގެ ބެލުމުގެ ދަށުގައިކަމަށްވާތީ، ގުދަން ކުރެވޭނެ ޖާގަ ހުރިކަން ކަށަވަރުކޮށް ބަޖެޓުގެ ތެރެއިން ޚަރަދުކޮށް، އިދާރީގޮތުން ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ވީއެންމެ އަވަހަކަށް ރައްކާތެރިކަމާއެކު އެތަކެތި ގެނެސް ގުދަންކުރުމަށް، ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މީގެއިތުރުން ކުރިއަށްއޮތް ތަނުގައި، ކޮމިޝަނުގެ ހުރިހާ ހަރުމުދަލެއް ބެލެހެއްޓުމާއި، ގުދަންކުރަންޖެހޭ ޚަރަދު އިތުރުވާކަމަށްވާނަމަ މާލެއާއި ކައިރި ހިސާބަކުން ކައުންސިލްތަކާއި ވާހަކަ ދެކެވިގެން އަގުހެޔޮކޮށް ގުދަން ހޯދޭނެ ފެސިލިޓީއެއް ބަލައި ކޮމިޝަނުން ކަނޑައަޅާތަނެއްގައި ކޮމިޝަނުގެ ބެލުމުގެ ދަށުގައި ސަރުކާރުގެ މުދާ ގެންގުޅެންޖެހޭ ގޮތްކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް މުދާ ބެހެއްޓުމަށްވެސް، ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  2. އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ވ.ރަކީދޫ އަދި މ.ރަތްމަންދޫ ގެ ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާގުޅޭ.

އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ވ.ރަކީދޫ އަދި މ.ރަތްމަންދޫ ފޯކަލް ޕޮއިންޓުގެ ގޮތުގައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ތިރީގައި ދަންނަވާފައިވާ 2 ބޭފުޅުން، 2026 މޭ 10 ވަނަ ދުވަހުން ފެށިގެން މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމާއި ހަމައަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. ވ.އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންސިލް އެގްޒެކެޓިވް، ޢަބްދުލްމަޖީދު ޢަބްދުލްޣަނީ، ވ.ފެލިދޫ، ވައިޓްވިލާ.

2. މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް، އަޙްމަދު ސިޔާމް، މ.ރަތްމަންދޫ، ނައިޓްރޯސް.

 

   3. ކޮމިޝަނުގެ މުވައްޒަފުންގެ އަހަރީ ޗުއްޓީއާގުޅޭ.

މި ކޮމިޝަނުގެ މުވައްޒަފު، އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝަބާ ބާޤިރުގެ 2024 އިން 2025 ވަނަ އަހަރަށް ޙައްޤުވާ އަހަރީ ޗުއްޓީގެ 20 ދުވަސް އޭރުގެ ޙާލަތާއި ގުޅިގެން، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާއިންވަނީ ފަސްކުރައްވާފައެވެ. އެހެންކަމުން މި މުވައްޒަަފު މިހާރު ހުންނެވީ އަހަރީ ޗުއްޓީގެ ކެންސަލްވި 20 ދުވަހުގެ ޗުއްޓީ ނަގައިގެންނެވެ. އިސްވެ ދެންނެވުނު 20 ދުވަހުގެ ޗުއްޓީ ހަމަވާ ތާރީޚުން ފެށިގެން، 2025 އިން 2026 އަށް އެ މުވައްޒަފަށް ޙައްޤުވާ 30 ދުވަހުގެ އަހަރީ ޗުއްޓީ 2026 މޭ 16 ވަނަ ދުވަހު ކެންސަލްވާތީ، 2025 އިން 2026 އަށް ޙައްޤުވާ 30 ދުވަހުގެ އަހަރީ ޗުއްޓީ ނެގުމަށްވަނީ އެދިފައެވެ. ނަމަވެސް ކޮމިޝަނަރސް ބިއުރޯގައި މުވައްޒަފުން މަދުވުމާއި، ގިނަ މަސައްކަތްތަކެއް ޕެންޑިންގގައި ހުރުމުގެ ސަބަބުން، މުވައްޒަފު އެދިފައިވާ މުއްދަތުގައި ޗުއްޓީ ދީފިނަމަ ކޮމިޝަނުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ސެކްރެޓަރީ ޖެނެރަލްއަށް ފެންނާތީ މުވައްޒަފުގެ ކެންސަލްވާ 30 ދުވަހުގެ އަހަރީ ޗުއްޓީ ފަސްކޮށް، މަސައްކަތަށް ބަލައި ކުރިންވެސް ޢަމަލުކުރަމުން އަންނަ އުސޫލާއި ގަވާއިދާ އެއްގޮތަށް އިދާރީގޮތުން ބަހާލައިގެން ޗުއްޓީ ދިނުމަށް، ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
922

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 503 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 502 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 501 ވަނަ ޚާއްޞަ ޖަލްސާ