އިންތިޚާބާ ގުޅިގެން ބާއްވާ 501 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 (އިތުރު ބުރު)ގެ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާގުޅޭ.
2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރާ ގުޅިގެން އަތޮޅުތެރެއާއި މާލޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅައިފައިވާ ގޮތުގެމަތީން، އިންތިޚާބާ ގުޅިގެން ބޭއްވި 501 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވައިފައިއެވެ.
އަދި ފާސްކޮށްފައިވާ ލިސްޓާ ގުޅިގެން އަންނަ އުނި/އިތުރުތައް ކޮމިޝަނާ ޙިއްޞާކުރުމަށްފަހު، މެންބަރުން ސޮއިކުރެއްވުމާއެކު ފާސްވީކަމުގައި ބެލުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 501 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައިއެވެ.











