އިންތިޚާބާ ގުޅިގެން ބާއްވާ 503 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ހުންނެވީ ޢާއިލީ ޛިންމާގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ.ރަކީދޫ އަދި މ.ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީވެ، އެ ދެ ދާއިރާގެ މަދުވާ މަޤާމުތަކުގެ އިންތިޚާބު ބޭއްވުމާ ގުޅޭ.
2026 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް 2026 ޖަނަވަރީ 17 އިން ފެބުރުވަރީ 1 އަށް ހުޅުވާލި މުއްދަތުގައި ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމާއި، މ.ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ އިތުރުން މ.ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެ މެންބަރުކަމަށް މެންބަރުން ކުރިމަތިލައިފައިނުވާތީ މި މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު އިންތިޚާބެއް ބޭވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 503 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
މިގޮތުން، މި ދެންނެވުނު އިންތިޚާބު ބޭއްވުމަށްޓަކައި، ޤާނޫނީ މުއްދަތުތަކާއި ތާރީޚްތައް ހިމަނައި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރުކޮށްފައިވާ ކަލަންޑަރު އެގޮތުގެމަތީން ފާސްކޮށް، އިންތިޚާބުގެ އެންމެހައި ކަންކަން މި ކަލަންޑަރުގައިވާ މުއްދަތުތަކާއި ތާރީޚްތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 503 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އަދި މި އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ތިރީގައި މިދަންނަވާ ގޮތުގެމަތީން ޝަކުވާ ބަލާ ކޮމިޓީ އެކުލަވާލުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 503 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
ޝަކުވާ ބަލާ ކޮމިޓީ
· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން ހިންގުމާ ޙަވާލުވެހުރި އެ ސެކްޝަންގެ ޑިރެކްޓަރ، އަލްއުޞްތާޛާ ޢާލިޔާ ޙަނީފް
· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ، އަލްއުޞްތާޛާ ސިނާޔާ ޒަކަރިއްޔާ
· ކޮމިޝަނަރސް ބިއުރޯ ހިންގުމާ ޙަވާލުވެރި އެ ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝަބާ ބާޤިރު








