ޖަލްސާތައް

ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. މުވައްޒަފަކު ކޮމިޝަނަށް ރައްދުވާގޮތަށް މައްސަލައެއް ހުށަހެޅުމުން ޢަމަލުކުރާނެ ގޮތުގެ އުޞޫލާގުޅޭ.

މި ކޮމިޝަނުގެ މުވައްޒަފަކު، ކޮމިޝަނަށް ރައްދުވާގޮތަށް މައްސަލައެއް ހުށަހެޅުމުން ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވަކި އުޞޫލެއް ތައްޔާރު ނުކުރިކަމުގައިވީނަމަވެސް، އެފަދަ ޙާލަތެއް އަތުވެއްޖެނަމަ މިހާރު ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ގޮތްތަކެއް ހޯދޭނެތީވެ، އިސްވެ ދެންނެވުނު އުޞޫލު ތައްޔާރުކުރުމަށް ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމުމާ ގުޅިގެން ކޮންމެހެން އިތުރު ވަކި އުޞޫލެއް ތައްޔާރުކުރަން ނުޖެހޭކަމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

 

  2. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ޙަރަކާތްތެރިވާނެ ލިއޭޒަން އޮފިސަރުން ކަނޑައެޅުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒާވްކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮބްޒާވަރުން ކަންކަން ބެލެހެއްޓުމަށް ތިރީގައި މި ދަންނަވާ މުވައްޒަފުން، ލިއޭޒަން އޮފިސަރުންގެ ގޮތުގައި ހަމަޖެއްސުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

 

ލިއޭޒަން އޮފިސަރުން

#

ނަން

އެޑްރެސް

މަޤާމު

ސެކްޝަން

1.

މަރްޔަމް ނަޙާ ޝަކީބު

ގުލްއަލާގެ،ސ.މަރަދޫ

އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

2.

އާމިނަތު ޔުމްނު ޢަބްދުﷲ ޝިހާމް

މއ.އެލީޒިއަމް

އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

3.

ޝާދިޙު ޢުބައިދުﷲ މުޙައްމަދު

ހ.ތުވަރު

އޮފިސަރ

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

4.

މުޙައްމަދު ޙާލިމް

މުޝްތަރީގެ، ތ.ކިނބިދޫ

އޮފިސަރ

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

5.

އަޔާން އިބްރާހީމް ޝާހް

ހިޔާ 14-04-13

އޮފިސަރ

ޕްރޮކިއުމަންޓް ސެކްޝަން

6.

އާމިނަތު ޢައިން އިބްރާހީމް

މ.ޗާލޮޓް

އޮފިސަރ

ޕްރޮކިއުމަންޓް ސެކްޝަން

7.

މުޙައްމަދު ނިޝާލް ނާޝިދު

ނަކަލް، ކ.ކާށިދޫ

އޮފިސަރ

ޕްރޮކިއުމަންޓް ސެކްޝަން

8.

މުޙައްމަދު އަލްމާސް ޝަރީފް

އުލްފަތު،ސ.ފޭދޫ

އޮފިސަރ

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

9.

މުޙައްމަދު ހިޝާމް ޙުސައިން

ފްލެޓްނަންބަރު އޭ-2-3ސީ ، ހުޅުމާލެ

އޮފިސަރ

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

10.

ފާޠިމަތު ދަހާ ޢަބްދުއްސައްތާރު

ހ.ދަޑިއަލުވިގެ

ސީނިއަރ އޮފިސަރ

ކޮމިޝަނަރސް ބިއުރޯ

11.

ޢާއިޝަތު ލަމްޙާ ބުޝްރީ

ވިޜަން، ގއ.ވިލިނގިލި

ސީނިއަރ އޮފިސަރ

ކޮމިޝަނަރސް ބިއުރޯ

12.

އިސްރާ މުޙައްމަދު ޝަފީޤު

ހިޔާ 7-07-02 ، ހުޅުމާލެ

އޮފިސަރ

ކޮމިޝަނަރސް ބިއުރޯ

13.

މަރްޔަމް އަނާ އަޙްމަދު

ފެހިވިލާގެ، ތ.ކިނބިދޫ

އޮފިސަރ

ކޮމިޝަނަރސް ބިއުރޯ

14.

ޒަހުވާ އިބްރާހީމް ޒާހިދު

ލައިނޫފަރުމާގެ، ސ.ހުޅުދޫ

އޮފިސަރ

ކޮމިޝަނަރސް ބިއުރޯ

15.

ޢާއިޝާ އައިކާ ޝަރީފް

ގިނަމާގެ، ސ.ހުޅުދޫ

އޮފިސަރ

ކޮމިޝަނަރސް ބިއުރޯ

 

  3. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2025/123 އިޢުލާނާ ގުޅިގެން، އޮފިސަރ (ޖީ.އެސް 3 – ޓާކްސް ފޯސް) ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއާށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަސްރީތި، ޏ.ފުވައްމުލައް ސާރާ ބިންތު އަޙްމަދު އަސްލަމް (A345921)، ހިޔާ، ގދ.ވާދޫ އަޖުފާން އަޙްމަދު (A298950)، މ.މުރަގަމާގެ، މާލެ އިސްމާޢީލް ލަޔާން ބިން ޝާން (A364880)، އަދި ހ.ލައިޓްރޯސް، މާލެ އަޔާން ޢަލީ ވަޙީދު (A358444) އޮފިސަރ (ޖީ.އެސް 3 – ޓާކްސްފޯސް) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  4. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ޗީފް ކޯޑިނޭޓަރ، ހެޑް ކޯޑިނޭޓަރުން އަދި ކޯޑިނޭޓަރުން ހަމަޖެއްސުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ޗީފް ކޯޑިނޭޓަރ، ހެޑް ކޯޑިނޭޓަރުން އަދި ކޯޑިނޭޓަރުން ތިރީގައި މިދަންނަވާ ގޮތުގެމަތީން ހަމަޖެއްސުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޗީފް ކޯޑިނޭޓަރ،

#

ނަން

މަޤާމު

ޑިވިޜަން / ސެކްޝަން

1.

ޢަބްދުﷲ އުނައިސް

ސެކްރެޓަރީ ޖެނެރަލް

ކޮމިޝަނަރސް ބިއުރޯ

ހެޑް ކޯޑިނޭޓަރ،

#

ނަން

މަޤާމު

ޑިވިޜަން / ސެކްޝަން

1.

ޝަހުލާ އިސްމާޢީލް

ޑިރެކްޓަރ 

އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަން

2.

މުޙައްމަދު އަނީލް

ޑިރެކްޓަރ 

އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަން

3.

ޢާއިޝަތު ޝައްފާފް

ޑިރެކްޓަރ 

ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިވިޜަން

4.

އާމިނަތު އަޒީފާ

ޑިރެކްޓަރ 

ޕްލޭނިންގ، އެންޑް ރެޖިސްޓްރޭޝަން ޑިވިޜަން

5.

އާލިޔާ ހަނީފް

ޑިރެކްޓަރ 

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

6.

ސީނާ ރަޝީދު

ޑެޕިއުޓީ ޑިރެކްޓަރ 

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

7.

އަޙްމަދު މުޢާޒް

ޑެޕިއުޓީ ޑިރެކްޓަރ 

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

8.

ސިނާޔާ ޒަކަރިއްޔާ

ޑެޕިއުޓީ ޑިރެކްޓަރ 

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

9.

ފާތިމަތު ސައުޝަން މޫސާ

އެސިސްޓަންޓް ޑިރެކްޓަރ 

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސާރޗް ސެކްޝަން

10.

އާމިނަތު ސަމްރާ

އެސިސްޓަންޓް ޑިރެކްޓަރ 

ޕްރޮކިއުމަންޓް ސެކްޝަން

11.

ފާޠިމަތު ޝަބާ ބާޤިރު

އެސިސްޓަންޓް ޑިރެކްޓަރ 

ކޮމިޝަނަރސް ބިއުރޯ

12.

ވިޝާހް ސަޢީދު

އެސިސްޓަންޓް ޑިރެކްޓަރ 

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

13.

އާއިޝަތު ޔުމްނާ ރަޝީދު

އެސިސްޓަންޓް ޑިރެކްޓަރ 

ރަޖިސްޓްރޭޝަން ސެކްޝަން

14.

ފާޠިމަތު ޒުހުދާ

ޓްރެއިނަރ 

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

15.

ޙުސައިން އަޛުހާން

ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ  

ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަން

16.

ޝަހުލާ ރުޝްދީ

އިންޓަރނަލް އޮޑިޓަރ

އިންޓަރނަލް އޮޑިޓް

17.

މަރިޔަމް ސުހައިލާ

އެސިސްޓަންޓް ޑިރެކްޓަރ 

ފައިނޭންސް ސެކްޝަން

18.

މަރިޔަމް ޝާހިޔާ

ކޮމިއުނިކޭޝަން އެގްޒެކެޓިވް

ޕަބްލިކް ރިލޭޝަން ސެކްޝަން

19.

ހިދާޔަތު މުޙައްމަދު

އެސިސްޓަންޓް ޑިރެކްޓަރ 

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

20.

ޢަލީ ސަލީމް

މެނޭޖަރ

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

ކޯޑިނޭޓަރ،

 
* ޓޭބަލް އެއްކަރުދާސް ކުރެވިފައި

 

  5. އިންޑިއާ އިންޓަރނޭޝަނަލް ސިމްޕޯސިއަމް އޮން ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IISDEM) 2026 ގައި އޮންލައިންކޮށް ބައިވެރިވުމަށްއެދި އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ އިން ފޮނުވާފައިވާ ދަޢުވަތާ ގުޅޭ.

އިންޓަރނޭޝަނަލް އައިޑިއާގެ ޗެއަރޝިޕްގެ ދަށުން، އިންޑިއާގެ އިލެކްޝަން ކޮމިޝަނާއި އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޝަން އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓުން 2026 އެޕްރީލް 20 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ އިންޓަރނޭޝަނަލް ސިމްޕޯސިއަމް އޮން ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IISDEM) 2026 ގައި މިކޮމިޝަނުން ބައިވެރިވުމަށާއި، އަދި މި ސިމްޕޯސިއަމްގައި ކަމާގުޅުންހުރި ވީހާވެސް ގިނަ މުވައްޒަފުން ބައިވެރިވުމުގެ އިންތިޒާމު އިދާރީ ގޮތުން ސެކްރެޓަރީ ޖެނެރަލް ހަމަޖެއްސުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  6.  2026މާރިޗު 23 އިން 26 އަށް އަރުމޭނިއާގެ ޔެރެވެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސްގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގ ގެ ޕްރޮކްސީ، އޭ-ވެބްގެ ސެކްރެޓޭރިއެޓަށް ދިނުމާ ގުޅޭ.

2026 މާރިޗު 23 އިން 26 އަށް އަރުމޭނިއާގެ ޔެރެވެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) ގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގ ގެ ޕްރޮކްސީ އޭ-ވެބްގެ ސެކްރެޓޭރިއެޓަށް ދިނުމަށާއި، އަދި، 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގ ގައި މަޝްވަރާކުރުމަށް އެޖެންޑާކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކޮމިޝަނަރސް ބިއުރޯއިން ހުށަހަޅާފައިވާ ކަރުދާސް، 2026 މާރިޗު 23 ގައި މަޝްވަރާކުރެވިފައިވާ ގޮތުގެމަތީން އެންޑޯޛްކޮށް، އެގޮތުގެމަތީން އެ އައިޓަމްތަކަށް ވޯޓުދިނުމުގެ ޕްރޮކްސީކަން އޭ-ވެބްގެ ސެކްރެޓޭރިއެޓަށް ދިނުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  7. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒަރވް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު އަރުވައިގެން ރާއްޖެ ވަޑައިގަންނަވާ ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ އަރިހުގައި ވަޑައިގަންނަވާ އެހެނިހެން ފަރާތްތަކުގެ ޚަރަދުތަކާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒާވްކުރުމަށްޓަކައި ރާއްޖެ އަންނަ ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ތެރެއިން، އޮބްޒާވަރުންނާއެކު އަރިހުގައި ދަތުރުކުރާ ފަރާތްތަކަށް އިޚްތިރާމް އަދާކުރުމުގެ ގޮތުންނާއި، އެ ޤައުމުތަކުގެ އިންތިޚާބީ އިދާރާތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުގެ ފަރާތުން ދޭ ބްރީފިންގ ސެޝަން އަދި ރަސްމީ ޑިނަރ ނައިޓްގައި އެ ފަރާތްތައް ބައިވެރިކުރުވުމަށާއި، އަދި މި ފަރާތްތަކަށް ކޮންމެހެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސައި، އެ ޚަރަދުތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ބަޖެޓުން ހަމަޖެއްސުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، އިންޑިއާގެ ޑެލިގޭޝަންގައި IIIDEM ގެ ޑިރެކްޓަރ ޖެނެރަލް އަދި އަރިހުގައި އަނބިކަނބަލުން ދަތުރުކުރުމަށް ހަމަޖެހިފައިވާތީ، މި ކޮމިޝަނާއި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި IIIDEM އާ ގުޅިގެން، ކުރިއަށްއޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާތީއާއި، 3 މުއައްސަސާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅުންބަދަހިކުރުމުގެ މަޤްޞަދުގައި، IIIDEM ޑިރެކްޓަރ ޖެނެރަލް ގެ އަނބިކަނބަލުންނަށް، ކޮމިޝަނުން ޚަރަދުކުރާ ރަސްމީ ދުވަސްތަކުގެ އިންތިޒާމުތައް ހަމަޖައްސައި، އިންތިޚާބުގެ ބަޖެޓުގެ ތެރެއިން އެ ޚަރަދުތައް ހަމަޖެއްސުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  8. 2026 މޭ 26 އިން 28 ގެ ނިޔަލަށް، ދަ ޕާޓީ ސްކޫލް އޮފް ދަ ސެންޓްރަލް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ގެ ފަރާތުން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރާގުޅޭ

2026 މޭ 26 އިން 28 ގެ ނިޔަލަށް، ދަ ޕާޓީ ސްކޫލް އޮފް ދަ ސެންޓްރަލް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ގެ ފަރާތުން ރާއްޖެއަށް 4 ބޭފުޅުން ޒިޔާރަތްކުރާނެ ކަމަށާއި، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި ގުޅުންހުރި ސްޓޭކް-ހޯލްޑަރސްއާ އެކު އެ ބޭފުޅުންގެ ތަޖުރިބާތައް ޙިއްޞާކުރުން ކަމުގައިވާތީ، ދަ ޕާޓީ ސްކޫލް އޮފް ދަ ސެންޓްރަލް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ އިން އެދިފައިވާ ގޮތުގެމަތީން ކަމާގުޅުންހުރި ހުރިހާ ފަރާތްތައް ހިމެނޭހެން އެދިފައިވާ ސެމިނަރ އިންތިޒާމުކުރުމަށާއި، އަދި މި 4 ބޭފުޅުންގެ ދަތުރާ ގުޅިގެން، އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، ކޮމިޝަނުގެ 916 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
916

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 503 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 502 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 501 ވަނަ ޚާއްޞަ ޖަލްސާ