ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށް އެދިފައިވާ ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ އޮފިސަރ، ފާޠިމަތު ނާޞިޙާ (A219368) އިދާރީގޮތުން ވަޒީފާއިން ވަކިކޮށްފައިވާތީ، އެގޮތުގެމަތީން އެންޑޯޛްކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޛްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ޕަބްލިކް ރިލޭޝަން ސެކްޝަންގެ އޮފިސަރ، ފާޠިމަތު ނާޞިޙާ ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެދިފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން އެގޮތުގެމަތީން، އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
2. އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3) ޔުމްނާ ޢަބްދުލް ޖަލީލްގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.
އެޑްމިނިސްޓްރޭޝަން އެންޑް ސްޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ (ޖީއެސް 3) ޔުމްނާ ޢަބްދުލް ޖަލީލް، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް އެޑްމިނިސްޓްރޭޝަން އެންޑް ސްޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ (ޖީއެސް 3) ޔުމްނާ ޢަބްދުލް ޖަލީލް ދާއިމީކުރުމަށް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
3. އިންތިޚާބުތަކާ ގުޅިގެން ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކަށް، އެ ރަށްތަކުން އޮފިޝަލުން ނުލިބޭ ޙާލަތްތަކުގައި މާލެއިންނާއި އަތޮޅުތެރެއިން ފޮނުވަންޖެހޭ އޮފިޝަލުންނަށް އިތުރު އެލަވަންސްއެއް ދިނުމާ ގުޅޭ.
އިންތިޚާބުތަކާ ގުޅިގެން ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކަށް، އެ ރަށްތަކުން އޮފިޝަލުން ނުލިބޭ ޙާލަތްތަކުގައި މާލެއިންނާއި އަތޮޅުތެރެއިން އޮފިޝަލުން ފޮނުވުމަށް ކޮމިޝަނުން ބޭނުންވެއްޖެކަމުގައިވަނީނަމަ، ކޮމިޝަނުން ފޮނުވާ އޮފިޝަލުންނަށް އިތުރު އެލަވަންސްއެއްގެ ގޮތުގައި 1,500/- ރުފިޔާ ހަމަޖެއްސުމަށް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
4. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ ދ.ބަނޑިދޫގެ ފޯކަލް ޕޮއިންޓުގެ މައްސަލައާގުޅޭ.
އިންތިޚާބީ މަސައްކަތަށް ނަގާ ކޮންމެ މުވައްޒަފަކީ ވަގުތީ މުވައްޒަފުންގެ ގޮތުގައި ބެލުމަށްފަހު ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހިއްޖެ ޙާލަތެއްގައި އެ މުވައްޒަފެއް މަޤާމުން ވަކިކުރުމުގެ އިޙްތިޔާރު ސެކްރެޓަރީ ޖެނެރަލް އަށް ދިނުމަށާއި، އަދި ސެކްރެޓަރީ ޖެނެރަލް ނިންމާ ނިންމުން އެގޮތުގެމަތީން އެންޑޯޛްކުރުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
5. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ހަރަކާތްތެރިވާ ގްރައުންޑް މެނޭޖަރުންނަށް އިތުރު އެލަވަންސްއެއް ދިނުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ހަރަކާތްތެރިވާ ގްރައުންޑް މެނޭޖަރުންގެ މަސައްކަތްތައް ކުރީ އިންތިޚާބުތަކަށްވުރެން ބޮޑުވާނޭތީއާއި، މިގޮތުން، އިންތިޚާބު މަސައްކަތްތަކުގައި ހަރަކާތްތެރިވާ ޓާސްކްފޯސް މުވައްޒަފުންގެ ޢަދަދު މަދުކަމުގައިވާތީ، ވޯޓުލާ ދުވަހުގެ ކުރީދުވަހު މަރުކަޒުތައް ތައްޔާރުކުރުމާއި، ވޯޓުލާ ނިމިގެން މަރުކަޒުތައް ރޫޅާލުމާއި ވޯޓުލުމަށް ބޭނުންކުރި ތަކެތި ހަމަކޮށް ޙަވާލުކުރުމުގެ ޒިންމާ ޑިސްޓިބިއުޝަން ސެންޓަރުތަކުގެ އޮފިޝަލުންނާއެކު ކުރުމަށް މިހާރު ހަމަޖެހިފައިވާތީ، އިންތިޚާބު ދުވަހު ހަރަކާތްތެރިވާ ގްރައުންޑް މެނޭޖަރުންނަށް އިތުރު އެލަވަންސްގެ ގޮތުގައި 700/- ރުފިޔާ ހަމަޖެއްސުމަށް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
6. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ހަރަކާތްތެރިވާނެ ޑިސްޓްރިބިއުޝަން ސެންޓަރ އޮފިޝަލުން ކަނޑައެޅުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ހަރަކާތްތެރިވާނެ ޑިސްޓްރިބިއުޝަން ސެންޓަރ އޮފިޝަލުންގެ ގޮތުގައި ތިރީގައި މި ދަންނަވާ މުވައްޒަފުން ހަމަޖެއްސުމަށް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
ގްރޭޓަރ މާލެ އޭރިއާގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ އޮފިޝަލުން
* ޓޭބަލް އެއްކަރުދާސް ކުރެވިފައި
މި ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ އޮފިޝަލުންނާ ގުޅިގެން، އެ ލިސްޓަށް އަންނަ އުނި/އިތުރު އެގޮތުގެމަތީން އިދާރީގޮތުން ގެނެސް، ކޮމިޝަނުން އެންޑޯޛްކުރުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
7. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ގްރައުންޑް މެނޭޖަރުން ހަމަޖެއްސުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ގްރައުންޑް މެނޭޖަރުންގެ ގޮތުގައި ކަނޑައެޅިފައިވާ ފަރާތްތަކުގެ ލިސްޓް އެންޑޯސްކުރުމަށް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
* ޓޭބަލް އެއްކަރުދާސް ކުރެވިފައި
މި ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާ ގްރައުންޑް މެނޭޖަރުންގެ ލިސްޓަށް އަންނަ އުނި/އިތުރު އެގޮތުގެމަތީން އިދާރީގޮތުން ގެނެސް، ކޮމިޝަނުން އެންޑޯޛްކުރުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 917 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.










