ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ހުންނެވީ ޢާއިލީ ޛިންމާގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ޓާސްކްފޯސް މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ޓާސްކްފޯސް މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމަށްއެދި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު:(MEMO)BB/2026/93 މެމޯއިން ހުށަހަޅައިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އެގޮތުގެމަތީން އިތުރުކުރުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
2. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް، ގޯލްކޯނަރ، ސ.ފޭދޫ ޢާއިޝަތު ސުހާ އަދި އައްޑޫ ސިޓީ/ހިތަދޫ އަވަށް، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް، ފޭރުމާގެ، ސ.ފޭދޫ ޝިޛުނާ ޝިހާބު ހަމަޖެއްސުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
3. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށް އެދިފައިވާ މުވައްޒަފުން އިދާރީގޮތުން ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން، އެގޮތުގެމަތީން އެންޑޯޛްކުރުމާ ގުޅޭ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޛްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވައިފައިވާ ނިންމެވުމާ ގުޅިގެން، ތިރީގައި މި ދަންނަވާ މުވައްޒަފުން ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެދިފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމަވައިފައިވާ ނިންމުން އެގޮތުގެމަތީން، އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
· މަރްޔަމް އަޒްކާ ބިންތި ޙަސަން، އޮފިސަރ - ރަޖިސްޓްރޭޝަން ސެކްޝަން
· އަޙްމަދު އަބޫބަކުރު މުޙައްމަދު، އޮފިސަރ - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
· ފާޠިމަތު ދަހާ ޢަބްދުއްސައްތާރު، ސީނިއަރ އޮފިސަރ - ކޮމިޝަނަރސް ބިއުރޯ
· ނުހާ މުޞްޠަފާ، އޮފިސަރ - ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން
· ޢަބްލުދްޢަލީމް އަޙްމަދު، އޮފިސަރ - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން
· ފަހީމަތު ފުނޫން ފަޔާޒް، އޮފިސަރ - ރަޖިސްޓްރޭޝަން ސެކްޝަން
· ޢާއިޝަތު ފައިހާ އިބްރާހީމް، އޮފިސަރ - ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން.
4. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ އަޙްމަދު ޝިމާލްގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.
އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ އަޙްމަދު ޝިމާލްގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް މުވައްޒަފު ދާއިމީ ކުރުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
5. ކޮމިޝަނުގެ ރަސްމީ ގަޑި އަދި މުވައްޒަފުންނަށް ލުއި ދިނުމާގުޅޭ.
(ހ.) ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް މި ކޮމިޝަނުގެ މުސާރަ ބަދަލުވެފައިނުވާތީއާއި، އެހެން މުސްތަގިއްލު މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު މި ކޮމިޝަނުގެ މުސާރަ ކުޑަވެފައި، މަސައްކަތް ކުރަންޖެހޭ ވަގުތު ނިސްބަތުން ގިނަ ކަމުގައިވާތީ، 2026 މޭ 03 ވާ އާދީއްތަ ދުވަހުން ފެށިގެން، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 ކަމުގައި ކަނޑައެޅުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ މިދެންނެވުނު ނިންމެވުމާ ގުޅިގެން، އިދާރީގޮތުން ފުރިހަމަކުރާންޖެހޭ އެންމެހާ ކަންކަން، ފުރިހަމަކުރުމަށްވެސް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
(ށ.) މީގެއިތުރުން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށްފަހު ކޮމިޝަނުގެ މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން ހުކުރު ހޮނިހިރު ނުހިމެނޭގޮތަށް، މަސައްކަތް ކުރެވޭނެގޮތަށް (ވާރކް ފްރޮމް ހޯމް) 2026 ޖޫން 28 އިން ޖުލައި 2 އަށް ކަނޑައެޅުމަށްވެސް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
(ނ.) އަދި، ކޮމިޝަނުގެ މުވައްޒަފުންނަށް އިތުރު ލުއިތަކެއްދިނުމުގެ ގޮތުން، ކޮމިޝަނުން ކަނޑައަޅާ ހަފްތާގެ ރަސްމީ ދުވަސްތަކުގެ ތެރެއިން 1 (އެކެއް) ދުވަސް، ވާރކް ފްރޮމް ހޯމް ގެ ގޮތުގައި ނުވަތަ ކެޝުއަލް ޑޭ އެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު، އެ ދުވަހު މަސައްކަތްކުރާނޭ ގޮތްތައް ހިމެނޭނެހެން ކަރުދާހެއް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
6. މާރިޗު 2026 ގެ ޚަރަދު ރިޕޯޓު ޙިއްޞާކުރުން.
މާރިޗު 2026 ގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކުރައްވައިފައެވެ.
7. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލާ މަރުކަޒުތަކާގުޅޭ.
2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު:(MEMO)CA/2026/27 މެމޯއިން ހުށަހަޅައިފައިވާ ތަންތަނާއި ޢަދަދުތައް އެގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
8. ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޤައުމީ ބައްދަލުވުމާގުޅޭ.
(ހ.) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޤައުމީ ބައްދަލުވުން ބާއްވައިފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ޓ) ގައި މަދުވެގެން ކޮންމެ 5 އަހަރަކުން 1 އަހަރު ޤައުމީ ބައްދަލުވުން ބޭއްވުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއްކަމުގައިވީނަމަވެސް ޕީ.އެން.ސީ އިން މި ބައްދަލުވުން މިހާތަނަށް ބާއްވައިފައިނުވާތީ، ޤާނޫނާ އެއްގޮތަށް ޤައުމީ ބައްދަލުވުން ބާއްވައި ނިންމުމަށްފަހު އެކަން ކޮމިޝަނަށް އެންގުމަށާއި، އަދި ކުރިއަށް އޮތްތަނުގައި އެކަން ތަކުރާރު ނުކުރުމަށާއި، ޤާނޫނާ އެއްގޮތަށް ބައްދަލުވުން ބޭއްވުމަށް ހަނދާކޮށްދިނުމުގެގޮތުން އެ ޕާޓީއަށް ނަސޭޙަތްތެރިވުމަށްފަހު، ސިޓީއެއް ފޮނުވުމަށް ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
(ށ.) މީގެއިތުރުން، ސިޔާސީ ޕާޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ޓ) ގައި މަދުވެގެން ކޮންމެ 5 އަހަރަކުން 1 އަހަރު ޤައުމީ ބައްދަލުވުން ބޭއްވުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއްކަމުގައިވާތީ، މިކަމާ ގުޅޭގޮތުން ތިރީގައި މި ދަންނަވާ ކަންކަން ތަންފީޛުކުރުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
· ސިޔާސީ ޕާޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ޓ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ސިޔާސީ ޕާޓީގެ ދަފްތަރުގައި ތިބި ޕާޓީތަކުން ކޮންމެ 5 އަހަރަކުން އެއްފަހަރު ބާއްވަންޖެހޭ ޤައުމީ ބައްދަލުވުމާ ގުޅޭ ކަންކަން މިއަށްވުރެ ރަނގަޅަށް މޮނީޓަރކޮށް، ޤައުމީ ބައްދަލުވުން ބޭއްވޭ މުއްދަތު ހަމަވުމުގެ ކުރީން އެކަމުގެ މަޢުލޫމާތާއެކު ޕާޓީތަކަށް ހަނދާންކޮށްދިނުމަށް ނިންމުން.
· ސިޔާސީ ޕާޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ޓ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ސިޔާސީ ޕާޓީގެ ދަފްތަރުގައި ތިބި ޕާޓީތަކުން ކޮންމެ 5 އަހަރަކުން އެއްފަހަރު ބާއްވަންޖެހޭ ޤައުމީ ބައްދަލުވުން ބާއްވާކަން ކަށަވަރުކޮށް، ޤާނޫނީގޮތުން ހުންނަ މިފަދަ ކަންކަން މިއަށްވުރެ ތަރުތީބުކޮށް ބެލެހެއްޓުމަށްޓަކައި، އިދާރީ އިންތިޒާމުތަކެއް ހަމަޖެއްސުމަށާއި، މިގޮތުން މި މަސައްކަތް ވަކި މުވައްޒަފަކާ ޙަވާލުކޮށްގެން ނުވަތަ މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށް އިތުރު ކަންކަން ތަޢާރަފުކޮށްގެންނަމަވެސް، މިހާރަށްވުރެން ތަރުތީބުކޮށް ސިޔާސީ ޕާޓީތަކުގެ މިފަދަ ކަންކަން ބެލެހެއްޓުމަށް ނިންމުން.
· ކޮމިޝަނުގެ ވެބްސައިޓުގައި ސިޔާސީ ޕާޓީތަކަށް ކަނޑައެޅިފައިވާ ބަޔަށް ޕާޓީތަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ކޮމިޝަނަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި އެކަންކަމުގެ އަދާހަމަތައް، ފާއިތުވެދިޔަ އަހަރުތަކުގައި ހުށަހަޅައިފައިވާގޮތުގެ މަޢުލޫމާތާއި ބައްދަލުވުންތައް ބޭއްވިފައިވާ ގޮތުގެ މަޢުލޫމާތާއެކު ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައްވެސް އެނގޭނެފަދައަކުން އަދި، ޢާންމުންނަން ފެންނާނޭހެން، އެ މަޢުލޫމާތު ކޮމިޝަނުގެ ވެބަސިއިޓުގައި ޝާޢިއުކުރުމަށް ނިންމުން.
9. ޤާނޫނު ނަންބަރު:2026/2 (ޤާނޫނު ނަންބަރު 2008/2 ވަޒީފާއާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، ކޮމިޝަނާ ޙިއްޞާކުރުމާގުޅޭ.
އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ދިރާސާކޮށް ޤާނޫނުގެ މުހިއްމު ބައިތައް ކޮމިޝަނާ ޙިއްޞާ ކުރުމަކީ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމުގައިވާތީ، އެ ސެކްޝަނުން ހުށަހަޅާފައިވާ، ޤާނޫނު ނަންބަރު:2026/2 (ޤާނޫނު ނަންބަރު 2008/2 ވަޒީފާއާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކުރައްވައިފައެވެ.
އެގޮތުން، ޤާނޫނު ނަންބަރު:2026/2 (ޤާނޫނު ނަންބަރު 2008/2 ވަޒީފާއާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދަށް ގެންނާންޖެހޭ އިޞްލާޙުތައް އަވަހަށް ގެނެސް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
10. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ މާލީ ބަޔާން ޙިއްޞާކުރުން.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ މާލީ ބަޔާނަކީ އެ ޕާޓީގެ މާލީ މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއްކަމަށް އެ ޕާޓީގެ މާލީބަޔާން އޮޑިޓްކޮށްފައިވާ ފަރާތުން ބަޔާންކޮށްފައިވުމާއި، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިނުވާކަމަށް މި ކޮމިޝަނުގެ އިންޓަރނަލް އޮޑިޓަރުގެ ރަޢުޔުގައި ބަޔާންކޮށްފައިވާތީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) އިން މާލީ މުޢާމަލާތްތައް ކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިންކަމުގައި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ޤާނޫނީ ލަފާ ދެއްވާފައިވާތީ، އެ ލަފަޔާ އެއްގޮތަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ މާލީ ބަޔާން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/26 މެމޯގައިވާ ގޮތުގެމަތީން، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯޛްކުރައްވައިފައެވެ.
11. ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީ.އެން.އެފް) ގެ މާލީ ބަޔާން ޙިއްޞާ ކުރުން.
ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީ.އެން.އެފް) ގެ މާލީ ބަޔާނަކީ އެ ޕާޓީގެ މާލީ މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއްކަމަށް އެ ޕާޓީގެ މާލީބަޔާން އޮޑިޓްކޮށްފައިވާ ފަރާތުން ބަޔާންކޮށްފައިވުމާއި، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިނުވާކަމަށް މި ކޮމިޝަނުގެ އިންޓަރނަލް އޮޑިޓަރުގެ ރަޢުޔުގައި ބަޔާންކޮށްފައިވާތީ، ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީ.އެން.އެފް) އިން މާލީ މުޢާމަލާތްތައް ކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިންކަމުގައި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ޤާނޫނީ ލަފާ ދެއްވާފައިވާތީ، އެ ލަފަޔާ އެއްގޮތަށް ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީ.އެން.އެފް) ގެ މާލީ ބަޔާން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/27 މެމޯގައިވާ ގޮތުގެމަތީން، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯޛްކުރައްވައިފައެވެ.
12. ޤާނޫނު ނަންބަރު 2026/1 (ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު) އާ ގުޅޭ.
ޤާނޫނު ނަންބަރު 2026/1 (ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، 2026 މާރިޗު 24 ގައި ގަވާއިދު ނަންބަރު 2026/R-16 (ރީ-އެމްޕްލޯއިމަންޓްގެ ޢާންމު ގަވާއިދު) ގެޒެޓުކޮށް މި ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތީން ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ގަވާއިދު 2026 މޭ 22 ގެ ކުރިން އެކުލަވާލައި، ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނާ ގުޅޭގޮތުން، މިކޮމިޝަނުން ކުރާންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ފުރިހަކޮށް ތަންފީޛުކުރުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
13. އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އެންޑް ދަ އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM) އިން 2026 މޭ 25 އިން 29 އަށް އިންޑިއާގެ ނިއުދިއްލީގައި ހިންގުމަށް ހަމަޖެހިފައިވާ ރިސްކް މެނޭޖްމަންޓް އެންޑް އިލެކްޓޯރަލް ރެޒިލިއަންސް ވަރކްޝޮޕާ ގުޅޭ.
އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އެންޑް ދަ އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM) އިން 2026 މޭ 25 އިން 29 އަށް އިންޑިއާގެ ނިއުދިއްލީގައި ހިންގުމަށް ހަމަޖެހިފައިވާ ރިސްކް މެނޭޖްމަންޓް އެންޑް އިލެކްޓޯރަލް ރެޒިލިއަންސް ވަރކްޝޮޕްގައި ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން ހިންގުމާ ޙަވާލުވެހުރި ޓްރެއިނަރ ފާޠިމަތު ޒުހުދާ އަދި ފައިނޭންސް ސެކްޝަންގެ އޮފިސަރ މުޙައްމަދު ނާހިލް ބައިވެރިވުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
16. 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު 2026 އާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓަށް މިހާރު ހުށަހަޅައިފައިވާ ދެ މައްސަލައަށް ވަކާލާތުކުރުމަށްޓަކައި ލީގަލް ފާރމެއް ހޯދުމާގުޅޭގޮތުންނާއި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ލީގަލް ފާރމެއް ހޯދުމާގުޅޭ.
(ހ.) 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު 2026 އާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓަށް މިހާރު ހުށަހަޅައިފައިވާ ދެ މައްސަލައަށް ވަކާލާތުކުރުމަށްޓަކައި މާލިއްޔަތު ޤާނޫނާއި ގަވައިދުގެ ތެރެއިން ލީގަލް ފާރމެއް ވީހާވެސް އަވަހަކަށް ހޯދުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
(ށ.) ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ކޮމިޝަނަށް ބޭނުންވާ ލަފާތަކާއި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ވަކާލާތުކުރުމަށްޓަކައި އަދި ކޮމިޝަނުގެ ޤާނޫނީ މަސައްކަތްތައް ކުރުމަށްޓަކައި، މާލިއްޔަތު ޤާނޫނާއި ގަވައިދުގެ ތެރެއިން، އިޢުލާންކޮށްގެން ލީގަލް ފާރމެއް ހޯދުމަށް، ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.










