ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުގެ މަޤާމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން ބޭނުންވާ ޢަދަދަށް މީހުން ކުރިމަތި ލަމުންނުދާތީ، މި މަޤާމުގެ އުޖޫރައާއި މަސައްކަތު ގަޑިއަށް ތިރީގައި މިދަންނަވާ ގޮތުގެމަތީން ބަދަލުގެނެސް، މި މަޤާމަށް މުވައްޒަފުން ވީއްލައިގެން ހަމަޖެއްސުމަށް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މަޤާމުގެ އުޖޫރައާއި މަސައްކަތު ގަޑިއަށް ގެނެސްފައިވާ ބަދަލުތައް
· މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 1,000/-ރ. (އެއްހާސްރުފިޔާ) ގެ އުޖޫރައެއް ދިނުން.
· 1,000/-ރ. (އެއްހާސްރުފިޔާ) ގެ އުޖޫރައެއް ދެވޭނީ، ކޮންމެދުވަހަކުވެސް މަދުވެގެން 8 ގަޑިއިރު މަސައްކަތްކޮށްގެން ކަމަށް ކަނޑައެޅުން.
· 8 ގަޑިއިރު ހަމަނުވާނަމަ މަސައްކަތްކޮށްފައިވާ ވަގުތަށް ބަލައި ގަޑިއަކަށްޖެހޭ ރޭޓުން އުޖޫރަ ދިނުން.
· މި މަޤާމަށް އިތުރުގަޑީގައި ފައިސާ ހަމަޖެހިފައިނުވުން.
2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނަށް ވީއްލައިގެން ޑްރައިވަރެއް ނެގުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ޑްރައިވަރުގެ މަޤާމަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާންތަކަށް މުވައްޒަފަކު ލިބިފައިނުވާތީވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ މަސައްކަތް ކުރުމަށް ވީއްލައިގެން ގެނައި ފަރާތެއްކަމަށްވާ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އޮފީސް އެސިސްޓެންޓް، ޢަލީ ރަޝީދު މި ކޮމިޝަނުގެ ޑްރައިވަރެއްގެ ގޮތުގައި، ތިރީގައި މިދަންނަވާ ގޮތުގެމަތީން ވީއްލައިގެން ގެނައުމަށް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· 2026 ޖަނަވަރީ 21 އިން 2026 އެޕްރީލް 30 ގެ ނިޔަލަށް ކޮމިޝަނުގެ ވެހިކަލް ދުއްވުމަށް.
· އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/35ރ. (ތިރީސްފަސްރުފިޔާ)
މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ޑްރައިވަރުގެ މަޤާމަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާންތަކަށް މުވައްޒަފަކު ލިބިފައިނުވާތީވެ، ޑްރައިވަރުންގެ ގޮތުގައި ބިދޭސީ ފަރާތްތައް، ނުވަތަ އެ ޚިދުމަތް ކޮމިޝަނަށް ލިބޭތޯ ޗެކުކުރުމަށްފަހު، އެ ތަފްޞީލްތަކާއެކު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށް އެދިފައިވާ މުވައްޒަފުންނާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާ، ތިރީގައި ދަންނަވާފައިވާ މުވައްޒަފުން ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· މުލްޙާ ޢަބްދުއްނާޞިރު، ސީނިއަރ އޮފިސަރ – ރެޖިސްޓްރޭޝަން ސެކްޝަން.
· އިސްމާޢިލް ޖައިޝް ޖަލާލު، އޮފިސަރ – ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން.
4. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3/ ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާންތަކާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްކަމުގައިވާ ބ.ތުޅާދޫ، މާއޮޅު ހިދާޔަތު މުޙައްމަދު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3/ ދާއިމީ) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް، ވޯރކިންގ އިންޓަރވިއު ބޭއްވުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިކޮމިޝަނުން ކޮށްފައިވާ އިޢުލާންތަކާ ގުޅިގެން، އެކަށީގެންވާ ޢަދަދަށް މީހުން ކުރިމަތިލަމުންނުދާތީވެ، އިޢުލާންކޮށްފައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްޓަކައި، ވޯރކިންގ އިންޓަރވިއު ބޭއްވުމަށް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ މިދެންނެވުނު ނިންމެވުމާ ގުޅިގެން، އިޢުލާންކޮށްފައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްޓަކައި، ހަފްތާގެ ފަސް ދުވަހު؛ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހު، (ރަސްމީ ދުވަސްތަކުގައި)، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން ފެށިގެން، 15:00 އަށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ތަޢުލީމީ ސެޓްފިކެޓްތައް ހިފައިގެން، އިލެކްޝަންސް ކޮމިޝަނުގެ މައި-އިދާރާއަށް އަންނަ ފަރާތްތަކާ ވަގުތުން އިންޓަރވިއުކޮށް، ޢަމަލީ ޓެސްޓުދީ، ރިކްރޫޓްމަންޓް ޕްރޮސެސް ފުރިހަމަކޮށް ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި، މި ޕްރޮސެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދައިނިމެންދެން މިގޮތުގެ މަތީން އިންތިޒާމުކުރުމަށްވެސް، ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.











