ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ހުންނެވީ ރަސްމީދަތުރުފުޅެއްގައެވެ. އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޑިސެންބަރު 2025 ގެ ޚަރަދު ރިޕޯޓާގުޅޭ.
2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ، ކޮމިޝަނާ ޙިއްޞާކުރައްވާފައެވެ.
2. ޤާނޫނު ނަންބަރު:2026/1 ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު ކޮމިޝަނާ ޙިއްޞާކުރުމާއި، ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ ގަވައިދަށް ރީ-އެންޕްލޯއިމަންޓް މާއްދާ އިތުރުކުރުމާގުޅޭ.
އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު:2026/1 ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ، ކޮމިޝަނާ ޙިއްޞާކުރައްވާފައެވެ.
އަދި، މި ޤާނޫނަށް ޢަމަލުކުރުމަށް ފެށުމާ ގުޅިގެން، ޤާނޫނު ނަންބަރު:2026/1 ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ ގަވައިދަށް ރީ-އެންޕްލޯއިމަންޓް މާއްދާ އިތުރުކުރުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ރަޖިސްޓްރޭޝަން ސެކްޝަނުގެ އޮޑިޓް ރިޕޯޓާ ގުޅޭ.
2025 ވަނަ އަހަރުގެ ރަޖިސްޓްރޭޝަން ސެކްޝަންގެ އޮޑިޓް ރިޕޯޓު، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ ނަންބަރު(MEMO)EA/2026/01: މެމޯއިން ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ، އެންޑޯޒްކުރައްވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ ނަންބަރު(MEMO)EA/2026/01: މެމޯއިން ކޮމިޝަނަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ ރަޖިސްޓްރޭޝަން ސެކްޝަންގެ އޮޑިޓް ރިޕޯޓުގައި އިޞްލާޙުކުރުމަށް ލަފާދީފައިވާ ކަންކަން އެގޮތުގެމަތީން އިޞްލާޙުކުރުމަށާއި، މިގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތް މިހާރު ކުރިއަށްދާތީވެ، އިންތިޚާބުގެ މަސައްކަތްތައް ނިމުމާއެކު އިންޓަރނަލް އޮޑިޓުން އިޞްލާޙުކުރުމަށް ލަފާދީފައިވާ ކަންކަން އެގޮތުގެމަތީން ތަންފީޛުކޮށް ނިންމުމަށްވެސް، ގުޅުންހުރި ސެކްޝަންތަކަށް ދެންނެވުމަށް، ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2026 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭނާ ގުޅޭ.
އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2026 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭން، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ ނަންބަރު(MEMO)EA/2026/13: މެމޯއިން ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯޒްކުރައްވާފައެވެ.
5. އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ.
އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ ނަންބަރު(MEMO)EA/2026/14: މެމޯއިން ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާގައިވަނީ ކޮމިޝަނާ ޙިއްޞާކުރައްވާފައެވެ.








