ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 495 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކެންޑިޑެންސީ ޕްރޮސެސްއާ ގުޅިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް، ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީފެ ފަރާތުން، މި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީތަކާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކެންޑިޑެންސީ ޕްރޮސެސްއާ ގުޅިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް، ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު އަދި ދިވެހި ރައްޔިތުންގެ ޑިކޮމްރެޓިކް ޕާޓީން މި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީތަކާ ގުޅޭގޮތުން، ތިރީގައި މިދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 495 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

1. ޕީޕަލްސް ނެޝަނަލް ފްރޮންޓުން މިކޮމިޝަނަށް ފޮނުވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2026/003 (26 ޖަނަވަރީ 2026) ސިޓީ

· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުން ތާއީދު، އީ-ފާސް މެދުވެރިކޮށް ހޯދުމަކީ އިންތިޚާބީ ޙައްޤަށް އުނިކަންލިބޭ ކަމެއްކަމުގައި ބަޔާންކޮށް، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުން ތާއީދު، ތާއީދު ޝީޓެއްގެ ގޮތުގައި ފިޒިކަލްކޮށް ޕޯޓަލްއަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި ޕީޕަލްސް ނެޝަނަލް ފްރޮންޓުން މިކޮމިޝަނަށް ފޮނުވާފައިވާ އެ ޕާޓީގެ ނަންބަރު:PNF/LO/2026/003 (26 ޖަނަވަރީ 2026) ސިޓީއާ ގުޅިގެން، 2026 ޖަނަވަރީ 27 ގެ ނިޔަލަށް، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުންގެ ތާއިދުގެ ގޮތުގައި، 33,000 މީހުންގެ ތާއިދު ރިކުއެސްޓު މިކޮމިޝަނަށް ލިބިފައިވާ ކަމާއި، މީގެތެރެއިން، 26,000 މީހުންގެ ތާއިދު ރިކުއެސްޓު ޤަބޫލުކޮށް އެ ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމާއި، 2026 ޖަނަވަރީ 27 ގެ ނިޔަލަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު، ތާއިދުގެ ގޮތުގައި ހުށަހަޅަންޖެހޭ 50 މީހުން ތާއީދާ ގުޅިގެން އެއްވެސް ޝަކުވާއެއް މިކޮމިޝަނަށް ހުށަހަޅާފައިވެސް ނުވާތީވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުންގެ ތާއީދު، ފިޒިކަލް ފޯމުން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެވެން ނެތްކަމަށް، ކަނޑައެޅުން.

· އަދި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ތާއިދުގެ ގޮތުގައި ހުށަހަޅަންޖެހޭ 50 މީހުންގެ ތާއިދާ ގުޅިގެން، ތާއިދު ހޯދުމަށް ކެންޑިޑޭޓަކު އެދުމުން، އެ ތާއިދުދޭ ފަރާތަކީ ކާކުކަން އީ-ފާސް މެދުވެރިކޮށް ކަށަވަރުކުރުމަށްފަހު، މިހާރުވެސް ޢަމަލުކުރާ ގޮތުގެމަތީން، މައި-ޕޯޓަލްގެ ތެރެއިން، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދުކުރުމުގެ ކަންކަން، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން، ކުރިއަށް ގެންދިއުން.

 

2. ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު މިކޮމިޝަނަށް 20206 ޖަނަވަރީ 26 ގައި ފޮނުވާފައިވާ ސިޓީ

· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުންގެ ތާއިދުކުރާކަމުގެ ސޮއި ހޯދުމަށްފަހު ހުށަހަޅަންޖެހޭ ލިސްޓު އީ-ފާސް މެދުވެރިކޮށް ހޯދުމަކީ އިންތިޚާބީ ޙައްޤަށް އުނިކަންލިބޭ ކަމެއްކަމުގައި ބަޔާންކޮށް، ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު މިކޮމިޝަނަށް 20206 ޖަނަވަރީ 26 ގައި ފޮނުވާފައިވާ ސިޓީއާ ގުޅިގެން، 2026 ޖަނަވަރީ 27 ގެ ނިޔަލަށް، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުންގެ ތާއިދުގެ ގޮތުގައި 33,000 މީހުންގެ ތާއިދު ރިކުއެސްޓު މިކޮމިޝަނަށް ލިބިފައިވާ ކަމާއި، މީގެތެރެއިން، 26,000 މީހުންގެ ތާއިދު ރިކުއެސްޓު ޤަބޫލުކޮށް އެ ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމާއި، 2026 ޖަނަވަރީ 27 ގެ ނިޔަލަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު، ތާއިދުގެ ގޮތުގައި ހުށަހަޅަންޖެހޭ 50 މީހުންގެ ތާއީދާ ގުޅިގެން އެއްވެސް ޝަކުވާއެއް މިކޮމިޝަނަށް ހުށަހަޅާފައިވެސް ނުވާތީވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ 50 މީހުންގެ ތާއީދު، ފިޒިކަލް ފޯމުން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެވެން ނެތްކަމަށް، ކަނޑައެޅުން.

· އަދި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ތާއިދުގެ ގޮތުގައި ހުށަހަޅަންޖެހޭ 50 މީހުންގެ ތާއިދާ ގުޅިގެން، ތާއިދު ހޯދުމަށް ކެންޑިޑޭޓަކު އެދުމުން، އެ ތާއިދުދޭ ފަރާތަކީ ކާކުކަން އީ-ފާސް މެދުވެރިކޮށް ކަށަވަރުކުރުމަށްފަހު، މިހާރުވެސް ޢަމަލުކުރާ ގޮތުގެމަތީން، މައި-ޕޯޓަލްގެ ތެރެއިން، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދުކުރުމުގެ ކަންކަން، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން، ކުރިއަށް ގެންދިއުން.

 

3. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މި ކޮމިޝަނަށް ހުށަހަޅާފައިވާ އެ ޕާޓީގެ ނަންބަރު:MDP/2026/17 (27 ޖަނަވަރީ 2026) ސިޓީ

· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކެންޑިޑެންސީ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ފެބުރުވަރީ 01 ވާ އާދީއްތަ ދުވަހުގެ 15:30 ކަމަށްވާއިރު، ކުށާއި ދަރަނި އަދި ކަރެކްޝަންސް ރިކޯޑު ސާފުކުރަން ފޮނުވާފައިވާ ރިކުއެސްޓުތަކަށް އެހެނިހެން އިދާރާތަކުން ޖަވާބު ލިބުން ލަސްވާކަމަށް ބަޔާންކޮށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މި ކޮމިޝަނަށް ހުށަހަޅާފައިވާ އެ ޕާޓީގެ ނަންބަރު:MDP/2026/17 (27 ޖަނަވަރީ 2026) ސިޓީ އާ ގުޅިގެން، ކުށާއި ދަރަނި އަދި ކަރެކްޝަންސް ރިކޯޑު ސާފުކުރުމަށް މިކޮމިޝަނުން ވަރަށްވެސް ކުރީން ދަންނަވައި އެކަން ޢާންމުކޮށް އިޢުލާންކޮށްފައިވާނެ ކަމަށާއި، މިގޮތުން، 2025 ޑިސެންބަރު 1 ގެ ފަހުން ސާފުކޮށްފައިވާ ކުށާއި ދަރަނި އަދި ކަރެކްޝަންސް ރިކޯޑު މިކޮމިޝަނުން ބަލައިގަންނާނެ ކަމަށް މިކޮމިޝަނުން ޢާންމުކޮށް އިޢުލާންކޮށް އެގޮތުގެމަތީން ޢަމަލުކުރަމުންދާތީވެ، މިއީ ކުށާއި ދަރަނި އަދި ކަރެކްޝަންސް ރިކޯޑު ސާފުކުރުމަށް އެކަށީގެންވާ ވަގުތުކަމަށް މިކޮމިޝަނަށް ޤަބޫލުކުރެވޭތީ އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ބޭނުމަށް ކެންޑިޑެންސީ ފޯމު ބަލައިގަތުމަށް މީގެކުރީން މިކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚް އިތުރުކޮށްފިކަމުގައިވާނަމަ، ޤާނޫނީގޮތުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް އިދާރީގޮތުން މިކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކަލަންޑަރުކޮށްފައިވާ ގޮތަށް، ޤާނޫނީ މުއްދަތުތަކަށް ނުނިމިދާނޭ ކަމަށް މިކޮމިޝަނަށް ފެންނާތީވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކެންޑިޑެންސީ ފޯމު ހުށަހެޅުމުގެ ތާރީޚް، އިތުރުކުރެވެން ނެތްކަމަށް ކަނޑައެޅުން.

 

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަދިވެސް އިތުރު މުހުލަތު އިދާރީގޮތުން ދިނުމަށްޓަކައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ބަލައިގަތުމުގެ ވަގުތު އިތުރުކުރުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަދިވެސް އިތުރު މުހުލަތު އިދާރީގޮތުން ދިނުމަށްޓަކައި، 2026 ޖަނަވަރީ 28 ވާ ބުދަދުވަހުން ފެށިގެން 2026 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައަޅާފައިވާ ވަގުތުގެ ތެރެއަށް އިތުރު 2 ގަޑިއިރު އިތުރުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 495 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

މިގޮތުން، 2026 ޖަނަވަރީ 28 ވާ ބުދަ ދުވަހުން ފެށިގެން 2026 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ބަލައިގަތުމަށާއި، މިކަން ވިހާވެސް އަވަހަކަށް ޢާންމުކޮށް އަންގާ އިޢުލާންކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 495 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
495

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 494 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާ