ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ. ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ކެންޑިޑޭޓް އެޕްލިކޭޝަން ޕޯޓަލްއާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށްއެދި އޮންލައިންކޮށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ތިރީގައި މިދަންނަވާ ކަންކަން، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށްއެދި އޮންލައިންކޮށް ހުށަހެޅުމުން، ކޮމިޝަނުގެ އިދާރީ މަސައްކަތު ފްލޯ ދާނެގޮތުގެ ޕްލޭން އަދި މައި-ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓް އެޕްލިކޭޝަން ހުށަހަޅާނޭގޮތުގެ ގައިޑް، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުން.
· މައި-ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓް އެޕްލިކޭޝަން ފޯމުތައް ކޮމިޝަނުން ބަލައިގަންނާނީ، 2026 ޖަނަވަރީ 17 އިން ފެބުރުވަރީ 01 ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކާއި، ހުކުރުދުވަސް ފިޔަވައި ރަސްމީ އެހެން ބަންދު ދުވަސްތަކުގައި ހެނދުނު 08:30 އިން 15:30 ކަމަށާއި، އަދި، ހުކުރު ދުވަހު 15:30 އިން 18:00 ކަމުގައި، ކަނޑައެޅުން.
· ކެންޑިޑެންސީއާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއި މަޢުލޫމާތު، ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާ ކުރުމަށްޓަކައި، އެކަމަށް ކަނޑައެޅޭ ޚާއްޞަ ނިޒާމު (ޓީމްސް ޗެނަލް) ޤާއިމުކޮށް، އެގޮތުގެމަތީން ގަވާއިދުން އެ މަޢުލޫމާތު އަދާހަމަކުރަމުން ގެންދިއުން.
· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށްފަހު، އެޕްލިކޭޝަން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުގެ ނަން އަނބުރާ ގެންދިއުމުގެ އެންމެހައި ކަންކަން ޕޯޓަލްގެ ތެރެއިން ހަމަޖެއްސުން.
· މިގޮތުން، ނަން އަނބުރާ ގެންދިއުމަށް ހުށަހެޅުމުން އެ ހުށަހެޅުން ޕޯޓަލްގެ ތެރެއިން ބަލައިގަތުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، ކޮމިޝަނުގެ ރައީސް ނުވަތަ ކޮމިޝަނުގެ އެވެއިލަބަލް މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސް ކަނޑައަޅުއްވާ މެންބަރެއް ސޮއި ކުރެއްވުމާއެކު، އެ ހުށަހެޅުން ފާސްވީކަމުގައި ބަލައި، މިފަދަ ހުށަހެޅުންތަކުގެ އެންމެހައި މަޢުލޫމާތު، އެޕްލިކޭޝަން ފޯމުތަކުގެ މަޢުލޫމާތު ޙިއްޞާ ކުރުމަށް ޚާއްޞަ ކޮށްފައިވާ ޓީމްސް ޗެނަލް މެދުވެރިކޮށް، ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާ ކުރަމުން ގެންދިއުން.
2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ބަހައްޓާ ވޯޓުފޮށިތަކާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ބަހައްޓާ ވޯޓުފޮށިތަކުގެ މަޢުލޫމާތު، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ވޯޓުފޮށި އިތުރުކުރަން ނުވަތަ މަދުކުރަން ނުވަތަ ބަހައްޓާތަން ބަދަލުކުރަންޖެހޭ ޙާލަތެއްގައި އިދާރީގޮތުން ކަނޑައަޅާފައިވާ އުޞޫލުގެތަކުގެ ތެރެއިން، އެބަދަލެއް ގެނެސް ކޮމިޝަނުގެ މެންބަރުންނަށް އެ މަޢުލޫމާތު ޙިއްޞާކުރުމާއެކު، އެ ބަދަލުތަކުގެ މަޢުލޫމާތު ޢާންމުކޮށް އިޢުލާންކުރަމުން ގެންދިއުމަށްވެސް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންނާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި 2025 ޑިސެންބަރު 26 އަދި 27 ގައި ބޭއްވި ވޯކް-އިން އިންޓަރވިއުއަށް ޙާޟިރުވި ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއާއި، ކުރެވުނު އިންޓަރވިއު އިންނާއި، އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ތިރީގައި މިދަންނަވާ ގޮތުގެމަތީން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ވީއެންމެ އަވަހަށް ނެރުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
- ސީނިއަރ އޮފިސަރ (އެމް.އެސް 1)
|
# |
ނަން |
ދާއިމީ އެޑްރެސް |
|
1 |
އާމިނަތު ނަދާ |
ދަފްތަރު ނަންބަރު ރސ: 1076/ކ.މާލެ |
|
2 |
ނިހާ ނަޝީދު ޔޫސުފް |
ނަކަލް، ކ.ކާށިދޫ |
|
3 |
އާމިނަތު ދިމްނާ |
ގ. ލަންކާ މެދުބައި، މާލެ، ސިއްތިމާވާ ހިގުން |
|
4 |
އައިޝަތު ރުޚުސީ |
ބަރަކަތު،މ.މުލި |
|
5 |
ޒުހުރާ އަބްދުލްޣަފޫރު |
މަހްމާގެ، ބ. ދަރަވަންދޫ |
|
6 |
އާމިނަތު ސަފާއު |
ހ.ސަމަންވިލާ،3 ނަންބަރު |
·
އޮފިސަރ (ޖީ.އެސް 3)
ތާވަލް އެއްކަރުދާސް ކުރެވިފައި
- ޓެކް އޮފިސަރ (ޖީ.އެސް 3)
|
# |
ނަން |
ދާއިމީ އެޑްރެސް |
|
1 |
މުންފިޒް އިބްރާހީމް |
ކަރަންކާވިލާ، ގދ. ރަތަފަންދޫ |
|
2 |
މުޙައްމަދު އިރުފާން |
ފެސަންވިލާ، ރ. ކަނދޮޅުދޫ |
- އެސިސްޓަންޓް ލޮޖިސްޓިކްސް އޮފިސަރ
|
# |
ނަން |
ދާއިމީ އެޑްރެސް |
|
1 |
އިބްރާހީމް ރައްޔާން އަޙްމަދު |
ހ.ޑޯންހައުސް |
- އޮފީސް އެސިސްޓަންޓް
|
# |
ނަން |
ދާއިމީ އެޑްރެސް |
|
1 |
ނިޢުމާ އަފީފް |
ނައިސް، ގދ. ގައްދޫ |
|
2 |
ފާތިމަތު ސައީދާ |
ދަފްތަރު ނަންބަރ 10695 |
- މެއިންޓެންނެންސް އޮފިސަރ
|
# |
ނަން |
ދާއިމީ އެޑްރެސް |
|
1 |
މުޙައްމަދު ނަޝީދު |
މ. ރަންމާގުލްޝަން 7، ކ.މާލެ |
4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ކޮމްޕްލެއިންޓްސް ބިއުރޯގެ މެނޭޖަރ (އެމް.އެސް 3/ ވަގުތީ) ނެގުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ކޮމްޕްލެއިންޓްސް ބިއުރޯގެ މެނޭޖަރ (އެމް.އެސް 3/ ވަގުތީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/152 އިޢުލާނާ ގުޅިގެން، ކޮމްޕްލެއިންޓްސް ބިއުރޯގެ މެނޭޖަރުގެ މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް، އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތަރުތީބުން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، މ.ނަވްރާ، އަމީރާ ޢަބްދުއްރަޝީދު، ކޮމްޕްލެއިންޓްސް ބިއުރޯގެ މެނޭޖަރ (އެމް.އެސް 3/ ވަގުތީ) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
5. އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/247 އިޢުލާނާ ގުޅިގެން، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް، އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތަރުތީބުން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ގއ.ވިލިނގިލި، ގިރިޓީގެ، ޔުމްނާ ޢަބްދުލްޖަލީލު ހަމަޖެއްސުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
6. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.
އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/247 އިޢުލާނާ ގުޅިގެން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކާއި އިންޓަރވިއުކޮށް، އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތަރުތީބުން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ކ.ދިއްފުށި، ސާތީ، އަޙްމަދު ޝިމާލް އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) ހަމަޖެއްސުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
7. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކަލަންޑަރަށް އައިސްފައިވާ ބަދަލުތަކާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް އައިސްފައިވާ ބަދަލާ ގުޅިގެން، ކޮމިޝަނުގެ އެތެރޭގެ ބައެއް އިދާރީ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ތާރީޚްތައް ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން 2025 ޖަނަވަރީ 07 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވޭއިރު، ރޯދަމަހަށް ނިމާނުވާހެން މި އިންތިޚާބަށް ޓްރެއިނަރުންނާއި އޮފިޝަލުން ތަމްރީންކުރެވެމުން މިދަނީ އިންތިޚާބުގެ 3 މަސްކުރީން ކަމުގައިވާތީ، މި އިންތިޚާބުގެ ގުނުމާއި ނަތީޖާ ތައްޔާރުކުމަށް ކަންކަން ހުރިގޮތުން ރިފްރެޝަރ ޓްރެއިނިންގ ސެޝަންތަކެއް ފިޒިކަލީ، 2026 މާރިޗު މަހުގެ 28 އާއި އެޕްރީލް 4 އާ ދެމެދު ބޭއްވޭނެ އިންތިޒާމެއް އިދާރީގޮތުން ހަމަޖެއްސުމަށްވެސް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
8. 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުތަކާގުޅޭ.
2025 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ޢަދަދު، ސިމެދަ ޖެނެރޭޓެޑް ރިޕޯޓު ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯޒް ކުރައްވާފައެވެ.
|
# |
ޕާޓީ |
މެންބަރުންގެ ޢަދަދު |
|
1 |
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
43,784 |
|
2 |
ޢަދާލަތު ޕާޓީ |
8,267 |
|
3 |
ޖުމްހޫރީ ޕާޓީ |
12,343 |
|
4 |
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް |
9,686 |
|
5 |
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ |
1,710 |
|
6 |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
74,048 |
|
7 |
މޯލްޑިވްސް ނެޝަނަލް ޕާޓީ |
5,133 |
|
8 |
ދަ ޑިމޮކްރެޓްސް |
2,952 |
|
9 |
ޕީޕަލްސް ނޭޝަނަލް ފްރޮންޓު |
3,012 |
އަދި، 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުތައް ރިޔާޢަތްކޮށް، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި 3000 (ތިންހާސް) މެންބަރުން ހަމަނުވާތީވެ، ޤާނޫނު ނަންބަރު4/2013: (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނ މާއްދާގެ (ނ) ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެއްވެސް ޕާޓީއެއްގައި 3000 (ތިންހާސް) މެންބަރުން ހަމަނުވާކަށް ކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެ ޕާޓީއަކަށް 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށްޓަކައި، 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދިނުމަށްވެސް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
9. "ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިޞްލާޙު ކުރުން" ޤަރާރު ނަންބަރު 36/2025 އާގުޅޭ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިޞްލާޙު ކުރުން" ގެ ޤަރާރު ނަންބަރު 36/2025 އާ ގުޅިގެން، ތިރީގައި މިދަންނަވާ ކަންކަން ތަންފީޛުކުރުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
· ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅުއްވާފައިވާ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރަށްވެހިން އެއަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2025 ޑިސެންބަރު 30 ވަނަ ދުވަހު ނެރުއްވާފައިވާ ނަންބަރު 36/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ޤަރާރުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ އުނިކޮށްފައިވާތީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 8 ވަނަ މާއްދާގެ (އ) އަދި (މ) ގައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި އެރަށުގެ ރަށްވެހީން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހީންގެ އިންތިޚާބީ ދާއިރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެމީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށާއި، އެ ބަދަލުވާ ރަށުގެ ރަށްވެހިންގެ ތެރެއިން، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންނަށް، އެމީހުން ބަދަލުވި ރަށުގައި ވޯޓު ލެވޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އިންތިޚާބީ ދާއިރާއަކީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކަމުގައި ހަމަޖެއްސުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ހުށަހެޅުން، އެގޮތުގެމަތީން، އެންޑޯޒްކުރުން.
· އަދި، އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެއަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރާ މަރުޙަލާގެ ތެރޭގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ގެ ތާރީޚް ހިމެނިގެންދާތީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު" ގައި ޢާންމު ކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ އާބާދީގައި ހިމެނޭ 588 (ފަސްސަތޭކަ އަށްޑިހަ އަށެއް) މީހުންނަކީ ހަނިމާދޫގެ ރަށްވެހީން ކަމުގައި ބަލާ، އޭގެތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތައް ވޯޓުލާނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ކަމުގައި ކަނޑައެޅުން.
· މި ޤަރާރާ ގުޅިގެން، ކޮމިޝަނުން ނިންމާފައިވާ މަތީގައި ބަޔާންކޮށްފައިވާ ބަދަލުތައް ޢާންމު ފަރުދުންނަށް އެންގުމަށްޓަކައި، ޢާންމުކޮށް އިޢުލާނު ކުރުން.
10. 2026 ފެބުރުވަރީ 12 ގައި ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރިފަރެންޑަމް އެންޑް ތާޓީންތް ޕާލަމެންޓްރީ އިލެކްޝަން" އޮބްޒާވްކުރުމަށް، އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ދަޢުވަތާގުޅޭ.
2026 ފެބުރުވަރީ 12 ގައި ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރިފަރެންޑަމް އެންޑް ތާޓީންތް ޕާލަމެންޓްރީ އިލެކްޝަން" އޮބްޒާވްކުރުމަށް، އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދާއި ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
11. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް އޮންލައިންކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމާގުޅޭ.
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެ އިންތިޚާބަކަށްވެސް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހެޅުމާއި، ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ޖަވާބު ދިނުމުގެ ބޭނުމުގައި، ޤާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން، ޢާންމު ފަރުދުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ފަހިވެފައިވާއިރު، މިފުރުޞަތު ސިޔާސީޕާޓީތަކަށް ދިނުމަށްޓަކައި، ޕާޓީތަކުން މިހާރުވެސް ބޭނުންކުރަމުންދާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުދިނުމަށްޓަކައި ޕޯޓަލްއަށް ގެނެސްފައިވާ ބަދަލުތައް އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.










