ޖަލްސާތައް

ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވަގުތީގޮތުން ކޮމިޝަން ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ހުންނެވީ އަހަރީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ އިންތިޚާބާބެހޭ މަރުކަޒަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އައިސްއަލަމާރިއެއް ގަތުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ އިންތިޚާބާބެހޭ މަރުކަޒަކީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށްވާތީއާއި، މީގެ ކުރީން އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރު ގަނެފައިވާ އައިސްއަލަމާރިއެއް ކަމުން، މި އައިސްއަލަމާރި ބޭނުންނުކުރެވޭ ވަރަށް މިހާރު ހަލާކުވެފައިވާތީ، ބަޖެޓުކުރެވިފައިނުވާ ރިކަރަންޓު ޚަރަދުތަކުގެ ތެރެއިން 5,000/- ރުފިޔާއަށްވުރެ ބޮޑެތި ޚަރަދުތަކާއި ބަޖެޓުކުރެވިފައިނުވާ ހަރުމުދާ ގަތުމަށް ކޮމިޝަނުގެ ހުއްދައަށް އެދޭ ނަންބަރުAA/2025/04:ފޯމުން، 12,000/-ރ. (ބާރަހާސް ރުފިޔާ) އަށް އިންތިޚާބާބެހޭ މަރުކަޒަށް އައިސްއަލަމާރިއެއް ގަތުމުގެ ހުއްދައަށް އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން އެދިފައިވީނަމަވެސް، ބަޖެޓު ތަންދޭކަމުގައިވަނީނަމަ، އިންތިޚާބާބެހޭ މަރުކަޒަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އައިސްއަލަމާރިއެއް ގަތުމަށް، ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށްއެދިފައިވާ މުވައްޒަފުން، ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން އެންޑޯޒްކުރުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ ސީނިއަރ އޮފިސަރ (އެމް.އެސް1) ފާޠިމަތު އަނާން، ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ އޮފިސަރ (ޖީ.އެސް3) މަރްޔަމް އީމާ މުޙައްމަދު އަދި ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން ގެ ސީނިއަރ އޮފިސަރ (އެމް.އެސް1) އާމިނަތު މަޢީޝާ އާޢިދު، ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   3. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ، ނަންބަރު:(IUL)38-BB/38/2025/123، ނަންބަރު:(IUL)38-BB/38/2025/125، ނަންބަރު:(IUL)38-BB/38/2025/134 އަދި ނަންބަރު:(IUL)38-BB/38/2025/136 އިޢުލާނާ ގުޅިގެން، 2025 ޑިސެންބަރު 5 އިން 19 ގެ ނިޔަލަށް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާއި، ވޯކް-އިން އިންޓަރވިއުގެ 2 ވަނަ ފުރުޞަތަކަށް އިންޓަރވިއު އަދި ޓެސްޓުން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ދަންނަވާފައިއެވާ ފަރާތްތައް އެ މަޤާމުތަކަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ސީނިއަރ އޮފިސަރ (އެމް.އެސް1)

#

ނަން

ދާއިމީ އެޑްރެސް

ބެޗް ނަންބަރު

1

މަރްޔަމް ޝަޒްމީން

މ.ކިޝިނެޕް، މާލެ

8

2

ސީމާ ޢަބްދުﷲ

އޯކޭ، ށ.ފީވައް

8

3

ޔުމްނާ ޢަބްދުލްޖަލީލު

ގިރިޓީގެ، ގއ.ވިލިނގިލި

8

4

އައްބާސާ އަޙްމަދު

ކަރަންކާގެ، ގދ.ވާދޫ

8

ސީނިއަރ އޮފިސަރ (އެމް.އެސް1)

5

ޢާއިޝަތު އިފާ އަޙްމަދު މުޙައްމަދު

މއ.ފެހިމަސް، މާލެ

8

6

ޢާއިޝަތު އީނާސް

އޯކަމް، ގދ.މަޑަވެލި

8

އޮފިސަރ (ޖީ.އެސް3)

#

ނަން

ދާއިމީ އެޑްރެސް

ބެޗް ނަންބަރު

1

ޢާއިޝަތު ސާއިޤާ

ރޯޒްމީޑް، ށ.ފޭދޫ

8

2

އަޙްމަދު ސަވާދު

މުތީ، ލ.މާބައިދޫ

8

3

މުޙައްމަދު ރަޝްދާން ރިޔާޒް

ދަފްތަރު ނަންބަރު ރސ 1071، މާލެ

8

4

ޢަބްދުލްޢަލީމް އަޙްމަދު

މެރިންވިޔު، ތ.ކިނބިދޫ

8

5

އަޔާން އިބްރާހީމް ޝާހް

ދޭލިޔާގެ، ހއ.ކެލާ

8

6

ޢަލީ ޔަޒާން ޟަމީރު

ދޫރިޔާގެ، ސ.ހުޅުދޫ

8

އޮފިސަރ (ޖީ.އެސް3)

7

އުޝާމާ ޢަބްދުއްސައްތާރު

ބޮލަރުމާގެ، ހއ.ހޯރަފުށި

8

8

ފާޠިމަތު މަޢީޝާ ޢަލީ

މ.މެލަޑިއަމް 6، މާލެ

8

9

އަޙްމަދު ޔައީޝް ރަފީޢު

ޕެރިސްވިލާ، ބ.ގޮއިދޫ

8

10

މުޙައްމަދު އަދްޔަން އިސްމާޢީލް

ރޯޝަނީގެ، ގއ.ކޮލަމާފުށި

8

ޓެކް އޮފިސަރ (ޖީ.އެސް3)

#

ނަން

ދާއިމީ އެޑްރެސް

ބެޗް ނަންބަރު

1

ޢަލީ ޒަޔާން މުޙައްމަދު

މޯނިންގ ގްލޯރީ، މާލެ

8

އޮފީސް އެސިސްޓެންޓް

#

ނަން

ދާއިމީ އެޑްރެސް

ބެޗް ނަންބަރު

1

އާދަމް ލަޔާން އަޙްމަދު

މ.ޖަންތަރި، މާލެ

8

 

  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދަށް އިޞްލާޙު ގެނައުމާގުޅޭ.

ގަވާއިދު ނަންބަރު:2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 43 ވަނަ މާއްދާގެ (ހ)، އަދި، ގަވާއިދުގެ 73 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް (ސ) އަދި (ޑ) އިތުރުކޮށް، އެގޮތުގެމަތީން، ގަވާއިދު ނަންބަރު:2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 1 ވަނަ އިޞްލާޙު، ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

ގަވާއިދު ނަންބަރު 2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުން.

1.

ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު އަދި (7) ވަނަ ނަންބަރު އިޞްލާޙުކުރުން.

 

ބާޠިލު ވޯޓާއި، ބާޠިލު ކަރުދާހާއި، ނުދޭ ވޯޓާއި، ޞައްޙަ ވޯޓު

43.

(ހ)

(6)

އެ ކައުންސިލަކަށް ނުވަތަ އެ ކޮމިޓީއަކަށް، އެ އިދާރީ ދާއިރާއަކުން ނުވަތަ
އެ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛

 

 

 

 

(7)

ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް)  ރަނގަޅު ފާހަގައަށް ވުރެ ގިނަ، ރަނގަޅު ފާހަގަ ޖަހައިފައިވާ ނަމަ،
އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް
؛

2.

ބުނެވިދިޔަ ގަވާއިދުގެ 73 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް (ސ) އަދި (ޑ) އިތުރުކުރުން.

 

މާނަކުރުން

73.

(ސ)

މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، "ވޯޓު" ކަމަށް ބުނެފައި އެވަނީ، ވޯޓު ކަރުދާހުގައި އެއް މަޤާމަށް ވުރެ އިތުރު މަޤާމު ހިމެނި ނަމަވެސް،
އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އިންތިޚާބުކުރާ ކޮންމެ މަޤާމަކަށް ދޭ ވޯޓަށެވެ.

 

 

 

(ޑ)

މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، "ވޯޓު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އިންތިޚާބުކުރަންޖެހޭ މަޤާމުތައް ހިމަނައި އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކަރުދާހަށެވެ.

3.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
904

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު
  • އާއިޝަތު ޝައްފާފް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 494 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 493 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 492 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ