ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 03 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، އަދި ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުގެ މެންބަރުންގެ މީޓިންގ ރޫމްގައި ހުންނަވައިގެން ފޯން ކޮންފަރެންސް މެދުވެރި ކުރައްވައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު (މިއަދު) އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓުގެ ވަގުތީ ނަތީޖާ އަދި ރަސްމީ ނަތީޖާ އެންޑޯސް ކުރުމާގުޅޭ.
2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު (މިއަދު) އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓުގެ ވަގުތީ ނަތީޖާ އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް ފާސް ކުރެއްވުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 03 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
އައްޑުއަތޮޅު ފޭދޫ
|
އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަ ކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ |
ލިބުނު ވޯޓު |
|
|
1 |
އާނއެކެވެ. |
616 |
|
2 |
ނޫނެކެވެ. |
1,784 |
|
ޞައްޙަ ވޯޓު |
2,400 |
|
|
ބާޠިލު ވޯޓު |
36 |
|
|
ޖުމުލަ ވޯޓު |
2,436 |
|
|
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުން ޢަދަދު |
4,355 |
|
|
ވޯޓުލީ މީހުންގެ ޢަދަދު |
2,436 |
|
|
ވޯޓުލީ މީހުންގެ އިންސައްތަ |
55.94% |
|
އައްޑުއަތޮޅު ހުޅުދޫ
|
އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަ ކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ |
ލިބުނު ވޯޓު |
|
|
1 |
އާނއެކެވެ. |
723 |
|
2 |
ނޫނެކެވެ. |
329 |
|
ޞައްޙަ ވޯޓު |
1,052 |
|
|
ބާޠިލު ވޯޓު |
17 |
|
|
ޖުމުލަ ވޯޓު |
1,069 |
|
|
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުން ޢަދަދު |
2,874 |
|
|
ވޯޓުލީ މީހުންގެ ޢަދަދު |
1,069 |
|
|
ވޯޓުލީ މީހުންގެ އިންސައްތަ |
37.20% |
|
އައްޑުއަތޮޅު މީދޫ
|
އައްޑުއަތޮޅު މީދޫއަށް ޚާއްޞަ ކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ |
ލިބުނު ވޯޓު |
|
|
1 |
އާނއެކެވެ. |
847 |
|
2 |
ނޫނެކެވެ. |
144 |
|
ޞައްޙަ ވޯޓު |
991 |
|
|
ބާޠިލު ވޯޓު |
17 |
|
|
ޖުމުލަ ވޯޓު |
1,008 |
|
|
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުން ޢަދަދު |
2,347 |
|
|
ވޯޓުލީ މީހުންގެ ޢަދަދު |
1,008 |
|
|
ވޯޓުލީ މީހުންގެ އިންސައްތަ |
42.95% |
|
އަދި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު (މިއަދު) އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓުގެ ރަސްމީ ނަތީޖާގައި ކޮމިޝަނުގެ މެންބަރުން ސޮއި ކުރެއްވުމުން ރަސްމީ ނަތީޖާ އެންޑޯސް ކުރެވުނީ ކަމުގައިވެސް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 03 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. 2025 އޮކްޓޫބަރ 26 ވާ އާދީއްތަ ދުވަހު، ކޮމިޝަނުގެ މުވައްޒަފުން އޮފީހަށް ނުކުންނަންޖެހޭ ރަސްމީ ގަޑިއާގުޅޭ.
2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު (މިއަދު) އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓާ ގުޅިގެން، ކޮމިޝަނުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާތީ، މުވައްޒަފުންނަށް ލުޔެއް ދިނުމުގެގޮތުން، 2025 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހު، ކޮމިޝަނުގެ މުވައްޒަފުން އޮފީހަށް ނުކުންނަންޖެހޭ ރަސްމީ ގަޑި އިދާރީ ގޮތުން ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެމަތިން ހަމަޖެއްސެވުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 3 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.












