ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 494 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ. ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ހުންނެވީ އަހަރީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އެސިސްޓެންޓް މާސްޓަރ ޓްރެއިނަރެއް ވީއްލައިގެން ގެނައުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް އެސިސްޓެންޓް މާސްޓަރ ޓްރެއިނަރުން ހޯދުމަށް މިކޮމިޝަނުން ކޮށްފައިވާ އިޢުލާނުތަކަށް ބޭނުންވާ ޢަދަދަށް މީހުން ލިބިފައިވާނުވާތީ، އެސިސްޓެންޓް މާސްޓަރ ޓްރެއިނަރުން ވީއްލައިގެން ހޯދުމަށް ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، އެގޮތުގެމަތީން، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި އެސިސްޓެންޓް މާސްޓަރ ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބ.ހިތާދޫ، ޗާންދަނީމާގެ، ޢަބްދުﷲ ޝިހާމް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އެސިސްޓެންޓް މާސްޓަރ ޓްރެއިނަރެއްގެ ގޮތުގައި، ވީއްލައިގެން ގެނައުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 494 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ސިޓީތަކުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއިމެދު ހުށަހެޅިފައިވާ ހުށަހެޅުންތަކާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ސިޓީ ކައުންސިލްތަކުން އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅައި، މި ކޮމިޝަނުން ޢާންމުކޮށްފައިވާ ނަންބަރު: (IUL)38-AC/38/2025/248އިޢުލާނާ ގުޅިގެން، ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް، ތިރީގައި މިދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 494 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

· އައްޑޫ ސިޓީ ހިތަދޫއިން އަންހެނުންނަށް ޚާއްޞަކުރި ދާއިރާތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ ދެފުށް ފެންނަގޮތަށް ނޫންކަމާއި، އައްޑޫ ސިޓީ ހިތަދޫއިން އަންހެނުންނަށް ޚާއްޞަކުރި ދާއިރާތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމާއި، އައްޑޫ ސިޓީ ހިތަދޫއިން އަންހެނުންނަށް ޚާއްޞަކުރި ދާއިރާތައް ކޮމިޝަނުން ކަނޑައަޅާފައިވާގޮތުން ދައުރުނުވެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައިވެސް އަންހެނުންނަށް ޚާއްޞަކުރެވިފައިވަނީ އެ ދާއިރާތައް ނޫންކަމާއި، އެއީ، ހިތަދޫ މާމެންދޫ ދާއިރާ (S6) އަދި ހިތަދޫ ބޭރުމަތި ދާއިރާ (S3)ކަމާއި، މިހާރު ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުން އައްޑޫ ސިޓީ ހިތަދޫގެ ބާކީ 4 ދާއިރާ އަންހެނުންނަށް ޚާއްޞަކުރެވެނީ ލާމަރުކަޒީ ޤާނޫނުން އެ ފުރުޞަތު ފަހިކޮށްދިންތާ 10 އަހަރު ފަހުންކަމާއި އެއީ އެ ދާއިރާތަކުން ސިޔާސީ ދާއިރާއަށް ނިކުންނަން ބޭނުންވާ އަންހެނުންނަށް އެންމެ އިންޞާފުވެރި ނޫންކަން ބަޔާންކޮށް، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު، އަޙްމަދު އަޒާން މަރުޒޫޤު މިކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ.

ޖަވާބު: 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙަށްފަހު ބޭއްވޭ ފުރަތަމަ އިންތިޚާބު ކަމުން، ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރާ ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކޮށްފައިވަނީ، ބަޔާންކުރެވުނު ގޮތުގެމަތީން ބޭއްވޭ ފުރަތަމަ އިންތިޚާބުގެ ގޮތުގައި ބަލައިގެން ކަމަށްވާތީ، އެގޮތުގެމަތީން، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު، އަޙްމަދު އަޒާން މަރުޒޫޤު މިކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ ޖަވާބުދިނުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދީފައިވާތީ، އެގޮތުގެމަތީން، ޖަވާބުދިނުން.

މިގޮތުން، ޤާނޫނު ނަންބަރު 2025/22 (ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އިސްލާޙުކުރެވުނު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ވަނީ އިސްލާޙުކުރެވި، މި ދެންނެވުނު މާއްދާއަށް ގެނެވުނު އިސްލާޙާ ގުޅިގެން ކޮމިޝަނުން އަލުން އުޞޫލެއް ހަދައި، ފާސްކޮށް 2025 ޑިސެންބަރު 8 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ޚާއްޞަކުރާނެ ދާއިރާތައް ނަގާފައިވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާއި، 2025 ޑިސެންބަރު 08 ވަނަ ދުވަހު ޝާޢިއުކޮށްފައިވާ، އުސޫލު ނަންބަރު 2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެކަމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަނަކުން ރެންޑަމްކޮށް ޖެނެރޭޓްކޮށްގެން ކަމުގައި ދެންނެވުން.

 

· އައްޑޫ ސިޓީ ހިތަދޫއިން އަންހެނުންނަށް ޚާއްޞަކުރި ދާއިރާތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބަޔާންކޮށް އަސްރަފީވިލާ،ސ.ހިތަދޫ، އަޙުމަދު ޚާލިދު، މިކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ.

ޖަވާބު: 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙަށްފަހު ބޭއްވޭ ފުރަތަމަ އިންތިޚާބު ކަމުން، ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރާ ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކޮށްފައިވަނީ، ބަޔާންކުރެވުނު ގޮތުގެމަތީން ބޭއްވޭ ފުރަތަމަ އިންތިޚާބުގެ ގޮތުގައި ބަލައިގެން ކަމަށްވާތީ، އެގޮތުގެމަތީން، އަސްރަފީވިލާ،ސ.ހިތަދޫ، އަޙުމަދު ޚާލިދު މިކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ ޖަވާބުދިނުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދީފައިވާތީ، އެގޮތުގެމަތީން، ޖަވާބުދިނުން.

މިގޮތުން، ޤާނޫނު ނަންބަރު 2025/22 (ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އިސްލާޙުކުރެވުނު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ވަނީ އިސްލާޙުކުރެވި، މި ދެންނެވުނު މާއްދާއަށް ގެނެވުނު އިސްލާޙާ ގުޅިގެން ކޮމިޝަނުން އަލުން އުޞޫލެއް ހަދައި، ފާސްކޮށް 2025 ޑިސެންބަރު 8 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ޚާއްޞަކުރާނެ ދާއިރާތައް ނަގާފައިވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާއި، 2025 ޑިސެންބަރު 08 ވަނަ ދުވަހު ޝާޢިއުކޮށްފައިވާ، އުސޫލު ނަންބަރު 2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެކަމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަނަކުން ރެންޑަމްކޮށް ޖެނެރޭޓްކޮށްގެން ކަމުގައި ދެންނެވުން.

 

· އައްޑޫ ސިޓީ ހިތަދޫއިން އަންހެނުންނަށް ޚާއްޞަކުރި ދާއިރާތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަން އަދި އެ ނިންމުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި ދާއިރާގެ ފިރިހެނުންގެ ޙައްޤުތައް ގެއްލޭކަމަށް ބަޔާންކޮށް، އައްޑޫ ސިޓީ، ހިތަދޫ ބޭރުމަތި ދާއިރާގެ ރައްޔިތުންގެ ނަމުގައި މިކޮމިޝަނަށް ހުށަހަޅާފައިވާ ޕެޓިޝަނާގުޅޭ.

ޖަވާބު: 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙަށްފަހު ބޭއްވޭ ފުރަތަމަ އިންތިޚާބު ކަމުން، ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރާ ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކޮށްފައިވަނީ، ބަޔާންކުރެވުނު ގޮތުގެމަތީން ބޭއްވޭ ފުރަތަމަ އިންތިޚާބުގެ ގޮތުގައި ބަލައިގެން ކަމަށްވާތީ، އެގޮތުގެމަތީން، އައްޑޫ ސިޓީ، ހިތަދޫ ބޭރުމަތި ދާއިރާގެ ރައްޔިތުންގެ ނަމުގައި ހުށަހަޅާފައިވާ ޕެޓިޝަނަށް ޖަވާބުދިނުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދީފައިވާތީ، އެގޮތުގެމަތީން، ޖަވާބުދިނުން.

މިގޮތުން، ޤާނޫނު ނަންބަރު 2025/22 (ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އިސްލާޙުކުރެވުނު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ވަނީ އިސްލާޙުކުރެވި، މި ދެންނެވުނު މާއްދާއަށް ގެނެވުނު އިސްލާޙާ ގުޅިގެން ކޮމިޝަނުން އަލުން އުޞޫލެއް ހަދައި، ފާސްކޮށް 2025 ޑިސެންބަރު 8 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ޚާއްޞަކުރާނެ ދާއިރާތައް ނަގާފައިވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާއި، 2025 ޑިސެންބަރު 08 ވަނަ ދުވަހު ޝާޢިއުކޮށްފައިވާ، އުސޫލު ނަންބަރު 2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެކަމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަނަކުން ރެންޑަމްކޮށް ޖެނެރޭޓްކޮށްގެން ކަމުގައި ދެންނެވުން.

 

· ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް އަންހެނުންނަށް ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުޅުދުއްފުށި މެދުއުތުރު ދާއިރާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައިވެސް އަންހެނުންނަށް ޚާއްޞަކުރި ދާއިރާއެއްކަމާއި، އަދި މި ނިންމުމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރުމަށް އެހެން ދާއިރާތަކުގެ އަންހެނުންނަށް ފުރުޞަތު ހަނިވާކަމާއި، އަންހެނުންނަށް ޚާއްޞަ ވާ ދާއިރާތައް ދައުރުވާން ޖެހޭނެކަމަށް ބަޔާންކޮށް، ކުޅުދުއްފުށީ ސިޓީކައުންސިލުން މިކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ.

ޖަވާބު: 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙަށްފަހު ބޭއްވޭ ފުރަތަމަ އިންތިޚާބު ކަމުން، ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރާ ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކޮށްފައިވަނީ، ބަޔާންކުރެވުނު ގޮތުގެމަތީން ބޭއްވޭ ފުރަތަމަ އިންތިޚާބުގެ ގޮތުގައި ބަލައިގެން ކަމަށްވާތީ، އެގޮތުގެމަތީން، ކުޅުދުއްފުށީ ސިޓީކައުންސިލަށް ޖަވާބުދިނުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދީފައިވާތީ، އެގޮތުގެމަތީން، ޖަވާބުދިނުން.

މިގޮތުން، ޤާނޫނު ނަންބަރު 2025/22 (ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އިސްލާޙުކުރެވުނު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ވަނީ އިސްލާޙުކުރެވި، މި ދެންނެވުނު މާއްދާއަށް ގެނެވުނު އިސްލާޙާ ގުޅިގެން ކޮމިޝަނުން އަލުން އުޞޫލެއް ހަދައި، ފާސްކޮށް 2025 ޑިސެންބަރު 8 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންހެނުންނަށް ޙާއްސަކުރާނެ ދާއިރާތައް ނަގާފައިވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާއި، 2025 ޑިސެންބަރު 08 ވަނަ ދުވަހު ޝާޢިއުކޮށްފައިވާ، އުސޫލު ނަންބަރު 2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެކަމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަނަކުން ރެންޑަމްކޮށް ޖެނެރޭޓްކޮށްގެން ކަމުގައި ދެންނެވުން.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް އަންހެނުންނަށް ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގަލޮޅު އުތުރު ދާއިރާއަށްވުރެ ގަލޮޅު ދެކުނު ދާއިރާގެ އާބާދީ ބޮޑުކަމަށްވާތީ ގަލޮޅު ދެކުނު ދާއިރާ އަންހެނުންނަށް ޚާއްޞަކޮށްދިނުމަށްއެދި، ދަފްތަރު ނަންބަރު ދރ 1362، މާލެ، ލަޔާނާ ޝަހީމް މިކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ.

ޖަވާބު: ސިޓީތަކުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދާއިރާތައް ކަނޑައެޅުމުގައި އެ ދާއިރާއެއްގެ އަބާދީއަށް ރިޔާޢަތްކުރުމަށް އެއްވެސް ޤާނޫނެއް، ގަވާއިދެއް އަދި އުޞޫލެއް ގައި ބަޔާންކޮށްފައިނުވާކަމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ސިޓީ ކައުންސިލްތަކުން އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް މިކޮމިޝަނުން ކަނޑައަޅާފައިވާނީ، އުޞޫލު ނަންބަރު:G-32/2025 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލު) އާ އެއްގޮތަށް ކަމުގައި ބަޔާންކޮށް، މި ފަރާތަށް ޖަވާބުދިނުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދީފައިވާތީ، އެގޮތުގެމަތީން، ޖަވާބުދިނުން.

މިގޮތުން، މާލެ ސިޓީ ކައުންސިލުން އަންހެނުންނަށް ޚާއްޞަކުރާނެ ދާއިރާތައް ނަގާފައިވަނީ، ޤާނޫނު ނަންބަރު 2020/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާއި، އުޞޫލު ނަންބަރު 2025/G-32 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެކަމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަނަކުން ރެންޑަމްކޮށް ޖެނެރޭޓްކޮށްގެން ކަމުގައި ދެންނެވުން.

 

  3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އިންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް ހުށަހެޅިފައިވާ ޝަކުވާތަކާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އިންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް ކިބިފައިވާ ޝަކުވާތަކާ ގުޅިގެން، ތިރީގައި މިދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 494 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ތިނަދޫ ސިޓީއަކީ 06 (ހައެއް) އަވަށެއްގެ މައްޗަށް ބިނާވެފައިވާ ސިޓީއަކަށްވާތީއާއި، ޒަމާނުއްސުރެ އަވަށްތައް ވަކިވެފައިވާތީއާއި، އަވަށްތަކަށް ޚާއްޞަ ނަންތަކެއްވެސް ދެވިފައިވާތީ، އެގޮތުގެމަތީން ވަގުތީ ރިޕޯޓުގައި ދާއިރާތަކަށް ދެވިފައިވާ ނަންތައް ތިނަދޫ ސިޓީގެ އަވަށްތަކުގެ ނަމަށް ބަދަލުކުރުމަށް އެދި ގދ.ތިނަދޫ، މާއިން، ޙުސައިން އަޙްޝަދު އަޙްމަދު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ތިނަދޫ ސިޓީގެ އަވަށްތަކަށް ޚާއްޞަ ނަންތަކެއް ދެވިފައިވޭތޯ ތިނަދޫ ސިޓީ ކައުންސިލުން ޗެކުކުރުމުން، ރަސްމީކޮށް އަވަށްތަކަށް ނަންތަކެއްދީފައިނުވާނެ ކަމަށް އެ ކައުންސިލުން މިކޮމިޝަނަށް އަންގާފައިވާތީއާއި، އެހެންނަމަވެސް، Q1-5 ގެ ދާއިރާގެ ނަން "ތިނަދޫ ދެކުނު މެދު ދާއިރާ" އަށް އަދި Q1-2 ދާއިރާގެ ނަން "ތިނަދޫ އުތުރު މެދު ދާއިރާ" އަށް ބަދަލުކުރުމަށް އެ ކައުންސިލުން އެދިފައިވާތީ، އެގޮތުގެމަތީން ދާއިމީ ރިޕޯޓަށް ބަދަލުގެނެސް، ޝަކުވާ ހުށަހަޅާފައިވާ ފަރާތަށް ޖަވާބުދިނުމަށް ނިންމުން.

· އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައި ތިނަދޫ ސިޓީގެ އާބާދީގެ ގޮތުގައި 10,453 މީހުން ހިމެނޭކަމަށް އޮތް ނަމަވެސް ތިނަދޫ ސިޓީގެ އާބާދީގައި 10,453 މީހުން ނުހިމެނޭނެ ކަމާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ގައި ތިނަދޫ ސިޓީގެ އާބާދީގެ ގޮތުގައި ރަޖިސްޓަރީވެފައިވަނީ 8,194 ފަރާތްކަމާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ދާއިރާ ކަނޑައެޅުމުގައި ބަލާފައިވަނީ ސިޓީ ކައުންސިލުން ފޮނުވާފައިވާ މަޢުލޫމާތަށް ކަމާއި އާބާދީ ނެގުމުގައި ކައުންސިލްތަކުން މަޢުލޫމާތު ހޯދުމުގެ ބަދަލުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނ ގެ އާބާދީ ލިސްޓަށް ބަލައިގެން ދާއިރާ ކަނޑައެޅުމަށްއެދި ގދ.ތިނަދޫ، ހިރިހަމާންތި، ޔާމީން މުޙައްމަދު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި ބަލަނީ، އެ ރަށު/ސިޓީއެއްގެ ކައުންސިލުން ފޮނުވާ އާބާދީއަށް ކަމުން، މިގޮތުގެމަތީން، ޝަކުވާ ހުށަހަޅާފައިވާ ފަރާތަށް ޖަވާބުދިނުމަށް ނިންމުން.

·  އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައި ފޭދޫގެ މަގުއްދޫ އާއި މާދެލަ ދާއިރާ ބަހާފައިވާއިރު "ނޫރާނީ ހިނގުމުން ދެކުނަށްގޮސް ބަނދަރާ ހިސާބަށް" ކަމަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، ރަނގަޅު ގޮތަކީ "މަގުއްދޫ ދާއިރާ، އައްޑޫ ސިޓީ ފޭދޫ ޗަނބޭލީ ހިނގުމުން ދެކުނަށް، ޑޭޒީ މަގުން އިރަށް، ނޫރާނީ ހިނގުމުން ދެކުނަށް ގޮސް ނިމެންދެން، ހުޅަނގަށްހުރި ހުރިހާ ގެތަކެއް" ކަމާއި އަދި "މާދެލަ ދާއިރާ، އައްޑޫ ސިޓީ ފޭދޫ ޗަނބޭލީ ހިނގުމުން ދެކުނަށް، ޑޭޒީ މަގުން އިރަށް ނޫރާނީ ހިނގުމުން ދެކުނަށް ގޮސް ނިމެންދެން، އިރަށް ހުރި ހުރިހާ ގެތަކެއް" ކަމަށް ބަޔާންކޮށް އަޙްމަދު މުސްޢަދު ހުށަހަޅާފައިވާ ޝަކުވާ، ކައުންސިލުން ޗެކުކުރުމަށްފަހު، އެގޮތުގެމަތީން ދާއިމީ ރިޕޯޓަށް ބަދަލުގެނެސް، ޝަކުވާ ހުށަހަޅާފައިވާ ފަރާތަށް ޖަވާބުދިނުމަށް ނިންމުން.

· އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައި ފުވައްމުލަށް ސިޓީގެ ބައެއް ދާއިރާތަކުގެ ނަންތައް ޢާންމުކޮށް ލިޔެ އުޅޭ ގޮތާއި ތަފާތުކޮށް ލިޔެފައިވާތީ، އެނަންތައް އިޞްލާޙުކޮށްދިނުމަށް އެދި ޏ. ފުވައްމުލައް،މާދަޑު، ކޯޒީކޯނަރ، އަޙްމަދު ނިޖާޙް ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން، މި މަޢުލޫމާތު ކައުންސިލުންނާއި، އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ޗެކުކުރުމަށްފަހު، އެ ފަރާތުން ހުށަހަޅާފައިވަނީ ރަނގަޅަށް ކަމަށް ކައުންސިލުން ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން ދާއިމީ ރިޕޯޓަށް ބަދަލުގެނެސް، ޝަކުވާ ހުށަހަޅާފައިވާ ފަރާތަށް ޖަވާބުދިނުމަށް ނިންމުން.

 

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާއި، އަދި އެ ނޫނަސް އިދާރީގޮތުން ކޮމިޝަނަށް ފާހަގަކޮށްފައިވާ ކަންކަމަށް ރިޔާޢަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ބަޔާންކޮށްފައިވާ ދާއިރާތަކާއި ސަރަޙައްދުތަކާއި އެ ދާއިރާއާއި ސަރަޙައްދުތަކުގެ މަޢުލޫމާތު ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގެމަތީން ދާއިމީ ރިޕޯޓުގައި ބަޔާންކުރެވިފައިވާކަން، ރަޖިސްޓްރޭޝަން ސެކްޝަނުންނާއި، ޕްލޭނިންގ އެންޑް ރަޖިސްޓްރޭޝަން ޑިވިޜަނުންނާއި ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރުމަށްފަހު، އިދާރީގޮތުން އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކޮށް އެގޮތުގެމަތީން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު ފާސްކޮށް، ޢާންމުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 494 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
494

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 493 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 492 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާ