އިންތިޚާބާ ގުޅިގެން ބާއްވާ 493 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ. ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ހުންނެވީ އަހަރީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/123 އަދި (IUL)38-BB/38/2025/125 އިޢުލާނާ ގުޅިގެން 2025 ނޮވެންބަރު 20 އިން 2025 ޑިސެންބަރު 04 ގެ ނިޔަލަށް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ރޯޒްމީޑް، ހއ.މުރައިދޫ، ޞަފިއްޔާ ޙަސަން، ސީނިއަރ އޮފިސަރ (އެމް.އެސް1) ގެ މަޤާމަށް، އަދި، ހ.ކަށިކެޔޮގަސްދޮށުގެ، މާލެ، މަރްޔަމް ޢަނާން ޝާކިރު، ގަހާ، ށ.ބިލެތްފަހި، ޢާއިޝަތު ނުހާ، ގިނަމާގެ، ސ.ހުޅުދޫ، އައިޝާ އައިކާ ޝަރީފް، ގ.އުފާ، މާލެ، އިސްމާޢީލް ފަދްވާން އަޙްމަދު، އޮފިސަރ އޮފިސަރ (ޖީ.އެސް3)ގެ މަޤާމަށް ހަމަޖެއްސުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 493 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްރިވާނެ ޓްރެއިނަރުންގެ ތެރެއިން މަދުވާ 25 ޓްރެއިނަރުން ހޯދުމަށް ކޮށްފައިވާ މި ކޮމިޝަނުގެ ނަންބަރު:(IUL)38-BB/38/2025/229 އިޢުލާނާ ގުޅިގެން، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ގަވާއިދާއި އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ތިރީގައިއެވާ ފަރާތްތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްރިވާނެ ޓްރެއިނަރުންގެ ގޮތުގައި ނެގުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 493 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
|
# |
ނަން |
ދާއިމީ އެޑްރެސް |
|
1 |
ރިޒްނާ މުޙައްމަދު |
ބީޗްރެސްޓް، އއ.ރަސްދޫ |
|
2 |
ޑޮކްޓަރ ޙައްވާ ނީނާ ޢަލީ |
މ. ހެސްޕްރެސް، މާލެ |
|
3 |
ޚަދީޖާ އަޙްމަދު |
މާދަޑު، ޑޯރެންސީވިލާ، ޏ.ފުވައްމުލައް |
|
4 |
ޢާއިޝަތު އާސިފާ |
ދަފްތަރު, ނަންބަރު ރސ 13796 |
|
5 |
ފާޠިމަތު ނުހާ |
ޖަބްރާނުގެ، ސ.ހިތަދޫ |
|
6 |
ފަރީދާ ޙަސަން |
މ.ބަށިގަސްދޮށުގެ، މާލެ |
|
7 |
މުޙައްމަދު އަޝްރަފް |
ހަޒާރުމާގެ، ށ. ކަނޑިތީމު |
|
8 |
ޙަސަން މުޙައްމަދު |
މާރަންދޫގެ، ޅ.ނައިފަރު |
|
9 |
ފާޠިމަތު ނިޡާމް |
މ.މޮޑަންކޮމެޓް، މާލެ |
|
10 |
ޢާއިޝަތު ޒިދްނާ |
މއ. ކުރެދިވަރު، މާލެ |
|
11 |
އިބްރާހީމް ޝަރީފް |
ގ. މާލެހިޔާ 2-03-11 |
|
12 |
ޢާއިޝަތު ޢަޛްދާ |
މިސްކިތްމަގު، ގަންޖާމިގެ، ޏ.ފުވައްމުލައް |
|
13 |
މުޙައްމަދު އުސައިދު ޢަބްދުލްޙަމީދު |
ފެންފަހި، ބ. އޭދަފުށި |
|
14 |
ޙައްވާ ޙުޒްމާ |
މިލާނު، ލ.މާމެންދޫ |
|
15 |
ޙުސައިން ޝަރީފް |
ހަސްތީ، މ.މުލައް |
|
16 |
އިބްރާހީމް ރިޟާ |
ޗަންޕާގެ، ތ.ހިރިލަންދޫ |
|
17 |
އާދަމް ނާޡިމް |
ފޮރިންވިލާ، ހދ. ވައިކަރަދޫ |
|
18 |
ނަޞްރުﷲ ޚަލީލް |
ރޯޝަނީގެ، ހދ. ނޮޅިވަރަން |
|
19 |
ޙައްވާ ޝަފާ |
ފުނާޑު މަޙައްލު، ޏ. ފުވައްމުލައް |
|
20 |
ޠާހާ ނިޔާޒް |
އޭނާޒް، ބ.ގޮއިދޫ |
|
21 |
ޚަދީޖާ މުޙައްމަދު |
ދަފްތަރު ނަންބަރު ރސ 10011 |
|
22 |
ޢަލީ ޙަމީން |
ހުވަނދުމާގެ، ރ. މީދޫ |
|
23 |
ޙުސައިން ނަޢީމް އަޙްމަދު |
ހުރާ، ހއ.ހޯރަފުށި |
|
24 |
މޫސާ ޙުސައިން |
ދަފްތަރު ނަންބަރު ދރ 044، ދ. ކުޑަހުވަދޫ |
3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާ މުވައްޒަފުން ކުށުގެ ރިކޯޑު ސާފުކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް މުވައްޒަފުން ލިބުންދަތިވެފައިވާތީއާއި، ކުށުގެ ރިކޯޑަށް މަޑުކުރަންޖެހުމުގެ ސަބަބުން މަސައްކަތަށް މުވައްޒަފުން ނެރުން ލަސްވާތީވެ، ކޮމިޝަނުގެ މަސައްކަތްތަކަށް ނަގާ ހުރިހާ މުވައްޒަފުންނަކީވެސް، ކުށުގެ ރެކޯޑު ކޮމިޝަނަށް ހުށަހަޅާފައިވާ މުވައްޒަފުންކަމުގައި ކަށަވަރުކުރުމަށާއި އަދި ކޮމިޝަނުގެ ވަޒީފާ އެފަރާތަކަށް ހަމަޖެހުނުކަމުގައިވީނަމަވެސް، ވަޒީފާއަށް ނެރެންވާނީ ކުށުގެ ރެކޯޑު ކޮމިޝަނަށް ހުށަހެޅުމުން ކަމުގައި ކަނޑައަޅައި، އެގޮތުގެމަތީން ޢަމަލުކުރުމަށް، ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން، ކޮމިޝަނުން ވަޒީފާ ހަމަޖައްސާ ހިސާބުން، ވަޒީފާއަށް ނެރުން އެންމެ ރަނގަޅުކަމަށާއި، އަދި ކުށުގެ ރިކޯޑު ހުށަހެޅުމުގައި، މީގެކުރީން ޢަމަލުކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 493 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.









