ޖަލްސާތައް

ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ރެކްރޫޓްމަންޓް މޮޑިއުލްއާގުޅޭ.

ކޮމިޝަނުން ހުޅުވާލާ ވަޒީފާތަކަށް އޮންލައިން ނިޒާމެއްގެ ތެރެއިން ކުރިމަތިލެވޭނެގޮތަށް ކޮމިޝަނުގެ ރެކްރޫޓްމަންޓް މޮޑިއުލް ތައްރައްޤީކޮށް ނިންމާފައިވުމާއެކު އިންފޮމޭޝަން ސިސްޓަމްސް ސެކްޝަނުން ހުށަހަޅުއްވާފައިވާގޮތަށް މި މޮޑިއުލް ޢާންމުނަށް ހުޅުވާލުމަށާއި، މިމޮޑެލްގައި ހުރި ބައިތަކުގެ ތެރެއިން، ނުނިމިހުރި ބައިތައް ވީއެންމެ އަވަހަކަށް ތަރައްޤީކޮށް ނިންމުމަށްވެސް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާ

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ދާއިމީ ސީނިއަރ އޮފިސަރގެ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ނެގުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/172 އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި ޓެސްޓަށް ބަލައި އެންމެ މަތީން މާރކްސް ލިބިފައިވާ، ސ.މަރަދޫފޭދޫ، ފެހިފަރުދާގެ، ފާޠިމަތު އަޒުފާ ޢާމިރު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ދާއިމީ ސީނިއަރ އޮފިސަރގެ (އެމް.އެސް 1) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓްގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/155 އިޢުލާނާ ގުޅިގެން، އެ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތަޢުލީމާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާންގެ ނަތީޖާއަށް ބަލައި އެންމެ މަތިން މާރކްސް ލިބިފައިވާ، ސ.ފޭދޫ، ކަނީރުވިލާ، އިސްމާޢީލް ކަލީމް، ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސައިބަރ ސެކިއުރޓީ ކޮންސަލްޓަންޓް ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

އަދިހަމައެހެންމެ، ކޮންސަލްޓަންސީއަށް މީހަކު ހަމަޖައްސާއިރު، ޕްރޮސީޖަރަލް އިސްފަސްކަމެއް އިދާރީގޮތުން ހުރިނަމަ ކުރިއަށްއޮތް ތަނުގައި އެކަންކަން ރަނގަޅުކޮށް، ކުރިއާލާ ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަންކަން ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި، ކޮންސަލްޓަންސީއަށް މީހަކު ހަމަޖައްސާއިރު ކޮންސަލްޓެންސީ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އެސިސްޓެންޓް މެނޭޖަރ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އެސިސްޓެންޓް މެނޭޖަރ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/131 އިޢުލާނާ ގުޅިގެން، ކުރިމަތިލާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެފަރާތުގެ ތަޢުލީމާއި، މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނަށް ބަލައި، މއ.ސެލްވިޔާ، ޢައިނީ ނިޔާޒު ޔޫސުފް، ޕަބްލިކް ރިލޭޝަންސް ސެކްޝަނުގެ އެސިސްޓެންޓް މެނޭޖަރ ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) ގެ މަޤާމަށް މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/132 އިޢުލާނާ ގުޅިގެން، ކުރިމަތިލާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެފަރާތުގެ ތަޢުލީމާއި، މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނަށް ބަލައި، ބަހާރުގެ، ގއ.ދެއްވަދޫ، މުޙައްމަދު ނިހާލް ސަލީމް، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

އަދި މިމަޤާމަށް އެކަށީގެންވާ ތަރުޙީބެއް ލިބެމުންނުދާތީވެ، ކުރިއަށްއޮތް ތަނުގައި މި މަޤާމަށް މީހުން ހޯދުމުގައި މިހާރު ކަނޑައަޅާފައިވާ ރޭންކަށްވުރެ މަތީ ރެންކެއްގައިނަމަވެސް އިތުރު މީހުން ހޯދޭތޯ ބެލުމަށާއި، އެގޮތުން މަޤާމު ނުވަތަ މުސާރައަށް ގެންނަންޖެހޭ ބަދަލެއްވާނަމަ އެ ބަދަލެއް ގެނައުމަށްވެސް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، މަސައްކަތު (އެސް.އެސް 1) ގެ މަޤާމަށް މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން މަސައްކަތު (އެސް.އެސް 3) ގެ މަޤާމަށް މުވައްޒަފުން ހޯދުމަށް، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/129 އިޢުލާނާ ގުޅިގެން، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމާއި، މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއުއަށް ބަލައި، ތ.ތިމަރަފުށި، އިރުދޭމާގެ، ޙަސީނާ މޫސާ އަދި، ހުޅުމާލެ. ހިޔާ 20-2-08 ނަސީމާ މުޙައްމަދު، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ މަސައްކަތު (އެސް.އެސް 3) މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   7. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސޮފްޓްވެއަރ ޑިވެލޮޕަރ ގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސޮފްޓްވެއަރ ޑިވެލޮޕަރ ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/198 އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެފަރާތުގެ ތަޢުލީމާއި، މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނަށް ބަލައި، އެގޮތުގެމަތީން، ފ.މަގޫދޫ، މީނާޒު، އަބޫބަކުރު ސުހައިލް، އިންފޮމޭޝަން ސިސްޓަމްސް ސެކްޝަނުގެ ސޮފްޓްވެއަރ ޑިވެލޮޕަރ، ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   8. ރައްޔިތުންގެ މަޖިލީހަށް ފާސްކުރުމަށް ފޮނުވާފައިވާ 2026 ވަނަ އަހަރުގެ ބަޖެޓާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު:57-F/BGT/38/2025/35 ސިޓީގައި ބަޔާންކޮށްފައިވާ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީން އެދިވަޑައިގެންފައިވާ، ތިރީގައިއެވާ މަޢުލޫމާތު ސިޓީއަކުން ހުށަހެޅުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު 57-F/BGT/38/2025/35 (06 ނޮވެންބަރު 2025) ސިޓީއާގުޅޭ.

  1.   2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅުއްވާދެއްވާފައިވާ ބަޖެޓާއި މެދު އިލެކްޝަންސް ކޮމިޝަނުން ދެކިވަޑައި ގަންނަވާ ގޮތް:

 

 1.1 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން މި ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ 163,029,070/- (ސަތޭކަ ފަސްދޮޅަސް ތިން މިލިއަން ނަވާވީސްހާސް ހަތްދިހަ) ރުފިޔާގެ ބަޖެޓުގެ ތެރެއިން 35,124,332/- (ތިރީސް ފަސްމިލިޔަން އެއްލައްކަ ސައުވީސްހާސް ތިންސަތޭކަ ތިރީސް ދޭއް) ރުފިޔާއަކީ (ދައުލަތުގެ އާމްދާނިގެ 0.01%) ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުކަން ފާހަގަކުރަމެވެ.

 

 1.2 އިދާރީ ބަޖެޓަށް ކަނޑައަޅުއްވާ ދެއްވާފައިވާ 32,815,814/- ( ތިރީސް ދެމިލިޔަން އަށްލައްކަ ފަނަރަހާސް އަށްސަތޭކަ ސާދަ) ރުފިޔާ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެންމެ އެކަށީގެންވާ ބަޖެޓެއް ނޫންކަން ފާހަގަ ކުރަމެވެ.

 

 1.3 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކަނޑައަޅުއްވާދެއްވާފައިވާ 92,088,924/- (ނުވަދިހަ ދެމިލިޔަން އަށްޑިހައަށްހާސް ނުވަސަތޭކަ ސައުވީސް) ރުފިޔާއަކީ މިއިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް އެކަށީގެންވާ ބަޖެޓެއްކަން ފާހަގަ ކުރަމެވެ.

 

 1.4   2026 ވަނަ އަހަރު ބާއްވަން ޖެހޭ ބައި އިލެކްޝަންތަކަށް ކަނޑައަޅުއްވާދެއްވާފައިވާ 3,000,000/- (ތިން މިލިޔަން) ރުފިޔާގެ ބަޖެޓަކީ ބައި އިލެކްޝަންތައް ބޭއްވުމަށް އެކަށީގެންވާ ބަޖެޓެއްކަން ފާހަގަ ކުރަމެވެ.

 

  2.   2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅުއްވާދެއްވާފައިވާ ބަޖެޓަކީ އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓުގައި ހުރި ކަންތައްތަކާއި އިލެކްޝަންސް ކޮމިޝަނުން 2026 ވަނަ އަހަރަށް ރާވާފައިވާ ކަންތައްތައް ހާސިލް ކުރެއްވުމަށް އެކަށޭނެ ބަޖެޓެއްކަން ނުވަތަ ނޫންކަން:

 

2.1  2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން މިކޮމިޝަނަށް ކަނޑައަޅުއްވާފައިވާ އިދާރީ ބަޖެޓުގެ ސީލިންގއަކީ މިކޮމިޝަނުގެ މެންޑޭޓުގައިވާ ކަންތައްތަކުގެ ތެރެއިން ޑިމޮކުރެޓިކުވެށި ހަރުދަނާކޮށް ހިމާޔަތްކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުވުމަށް ބާއްވަންޖެހޭ ޕްރޮގްރާމްތައް ބޭއްވުމަށާއި އަދި އިންތިޚާބުގެ ކަންތައްތައް ހިނގާނެގޮތާއި، އިންތިޚާބުގެ މަޤްޞަދާ ގުޅޭ ގޮތުން މަޢުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އިންސާނީ،ފަންނީ އަދި އެހެނިހެން ވަސީލަތްތައް ހަމަޖެއްސޭނެ ބަޖެޓު ސީލިންގއެއް ނޫންކަން ފާހަގަކުރަން.

 

 2.2 އިންތިޚާބުތަކާގުޅިގެން މި ކޮމިޝަނަށް ހޯދާފައިވާ ހަރުމުދާ އަދި ކޮމިޝަނުގެ ލިޔެކިއުންތައް ރައްކާކޮށްފައިވާ ކުރީގެ އަރަބިއްޔާ ސްކޫލް ހުސްކޮށް، މިތަކެތި ގުދަންކުރުމަށްޓަކައި ގުދަނެއް ހޯދުމަށް ކުރެވުނު މަސައްކަތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ހުޅުމާލެއިން ގުދަން ލިބިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ބަޖެޓު ހުށަހެޅިފަހުންކަމަށްވުމުން، ކުރިއަށް އޮތް 3 އަހަރުގެ ގުދަން ކުލި ބަޖެޓުގައި ހިމެނިފައިނުވާތީވެ 2025 އޮކްޓޯބަރ 7 ގައި ވާނީ މިމައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ ހިއްސާކޮށްފައެވެ. ގުދަން ކުލީގެ ގޮތުގައި 2026 އަދި 2027 ގައި އަހަރަކަށް 818,053/-(އަށްލައްކަ އަށާރަހާސް ފަންސާސްތިން ރުފިޔާ)  ޚަރަދުވާއިރު 2028 ވަނަ އަހަރު 613,540/- (ހަލައްކަ ތޭރަހާސް ފަސްސަތޭކަ ސާޅީސް ރުފިޔާ) ގުދަން ކުލީގެ ގޮތުގައި ޚަރަދު ވާނެކަމަށް ލަފާކުރެވެއެވެ.

 

 2.3 މިކޮމިޝަނުގެ މެންޑޭޓުގައިވާ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ދާއިމީ މުވައްޒަފުން އިތުރުކުރުމާއި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޚަރަދު 2026ވަނަ އަހަރަށް ކަނޑައެޅިފައިވާ ސީލިންގގެ ތެރެއިން ހަމަނުޖެއްސޭކަން ފާހަގަކުރަމެވެ.

 

 2.4 މިކޮމިޝަނުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ މުވައްޒަފުންނަށް ހިނގާނެ ޚަރަދު 2026ވަނަ އަހަރަށް ކަނޑައެޅިފައިވާ ސީލިންގގެ ތެރެއިން ހަމަނުޖެއްސޭކަން ފާހަގަކުރަމެވެ.

 

  3.   2026 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓްގައި ހުރި ކަންތައްތަކާއި، އިލެކްޝަންސް ކޮމިޝަނުން 2026 ވަނަ އަހަރަށް ރާވާފައިވާ ކަންތައްތައް ހާސިލްކުރުމަށް އެންމެ މަދުވެގެން ބޭނުންވާނެ ބަޖެޓު (އިސްކަންދެއްވާ ތަރުތީބުން ޕްރޮގްރާމްގެ ނަން އަދި ޖީ.އެލް ކޯޑު އެނގޭގޮތަށް:

ބަޖެޓު ޕްރޮގްރާމް

ކޯޑު

އަދަދު

އިދާރީ ބަޖެޓު (ޑޮމެސްޓިކް ބަޖެޓް)

C12449999

34,318,053ރ

ޖުމްލަ

   

ނޯޓް:

މިކޮމިޝަނުން ނިއު ޕޮލިސީ އިނީޝިއޭޓިވް (އެން.ޕީ.އައި) ގެ ގޮތުގައި ހުށަހަޅާފައިވާ: (އިސްކަންދޭ ތަރުތީބުން)

  • ދިވެހިރާއްޖޭގެ ޑިމޮކުރަޓިކު ވެށި ހަރުދަނާކޮށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްއަށް 2026ވަނަ އަހަރަށް ބޭނުންވާ 4,846,542/- (ހަތަރު މިލިޔަން އަށްލައްކަ ސާޅީސްހަ ހާސް ފަސްސަތޭކަ ސާޅީސް ދޭއް) ރުފިޔާ.
  • މި ކޮމިޝަނުގެ އައު އޮފީސް އިމާރާތް ޤާއިމުކުރުމަށް ހުޅުމާލެއިން ލިބިފައިވާ ބިމުގެ އަގު އަދާކުރުމަށް ބޭނުންވާ 60,757,650 (ފަސްދޮޅަސް މިލިއަން ހަތްސަތޭކަ ފަންސާސްހަތްހާސް ހަސަތޭކަ ފަންސާސް) ރުފިޔާ.

މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކާއިގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއާ މިކޮމިޝަނުން ބައްދަލުކުރައްވަން ބޭނުންވާކަން.

 

   9. ރީ-އެމްޕްލޯއިމަންޓްގެ ބިލު ޙިއްޞާ ކުރުން.

ރީ-އެމްޕްލޯއިމަންޓްގެ ބިލަކީ އިލެކްޝަންސް ކޮމިޝަނުން ވަކިގޮތެއް ނިންމަންޖެހޭ ބިލެއް ނޫންކަމާއި، އެހެންނަމަވެސް މި ބިލް ފާސްވުމުން، ސިވިލް ސަރވިސްގެ ޤާނޫނަށް ރިޔާޢަތްކޮށް، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދަށް ބަދަލެއް ގެންނަންޖެހޭކަމަށްވާނަމަ އެ ބަދަލެއް ބަދަލެއް ގެނައުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   10. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ބާއްވާ އިންތިޚާބާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ކުރަމުންއަންނަ މަސައްކަތްތަކާއި، ކޮމިޝަނުގެ ވިސްނުމާއި، ދުރު މުސްތަޤްބަލަށް ރާވައިގެން މިކޮމިޝަނުން ގެންދާ ކަންތައްތަކާބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމުގައި މިހާރަށްވުރެ ގިނައިން ހަރުދަނާގޮތަކަށް މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މިގޮތުން،

1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅުންހުރި މަޢުލޫމާތު ޢާންމުކުރުމަށާއި، އެގޮތުން، އިންތިޚާބުތައް ބާއްވަމުންދާއިރު އެހެން ޤައުމުތަކުގައި ދިރިއުޅޭ އެޤައުމެއްގެ ރައްޔިތުންނަށް ވަކި ވޯޓުފޮށި ބަހައްޓައިގެން ވޯޓުލުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯއާއި، މިހާރު އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ވޯޓުފޮށި ބަހައްޓައިގެން ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ ޢަދަދާއި، އެކަމަށް ހޭދަވާ ޚަރަދާއި، ނިކުންނަ ނަތީޖާއާއި، މިފަދަ މަޢުލޫމާތުތަކެއް ހިމެނޭހެން ތަފާސްހިސާބެއް އެކުލަވާލުމަށްފަހު، އެފަދަ މަޢުލޫމާތު ޢާންމުކުރުން.

2. މީގެއިތުރުން އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ ސްޓްރެޓެޖިކް މަސައްކަތްތަކަށް ބަލައިގެން މިޑީއާތަކަށް އެ މައުލޫމާތު ދިނުން.

3. ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންކަން ޢާންމުންނަށް އެނގޭނެގޮތަކަށް މީޑިއާތަކުގައި އެ މަޢުލޫމާތު ޢާންމުންނާހަމައަށް ގެނައުން.

4. މި ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުރި މަޢުލޫމާތުތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ފާހަގަކޮށްގެން އެކަންކަން ރަނގަޅުކުރުން.

5. މީޑިއާތަކުގައި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާގޮތަށް ދައްކާ ވާހަކަތަކާ ގުޅިގެން އެކަމެއްގެ އެންމެ މުހިއްމު ވަގުތުގައި އެވާހަކަތައް ރައްޔިތުންނަށް ސާފުކޮށް ދިނުމަށާއި، އެހެންނަމަވެސް، ކޮމިޝަނުން ކަންކަން ރައްޔިތުންނަށް ސާފުކޮށްދޭއިރު، އެއްވެސް ފަރާތަކަށް ރައްދުނުދިނުން.

6. މީޑިއާއަށް މަޢުލޫމާތު ދިނުމުގައި ކޮމިޝަނުން ކަނޑައަޅުއްވާފައި ހުންނެވި ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުގެ އިރުޝާދުގެ ދަށުން ކޮމިޝަނުގެ މީޑިއާ ޓީމުން ޕްލޭނެއް އެކުލަވާލައި އަންނަ ހަފްތާ ނިމޭއިރު ކޮމިޝަނަށް އެ ޕްލޭން ހުށަހަޅައި، ކޮމިޝަނުގެ މެންބަރުންނާއި، ކޮމިޝަނުގެ ސީނިއަރ މެނޭޖްމަންޓް ޝާމިލްވާ ގޮތެއްގެމަތީން، މިޑީއާތަކަށް މަޢުލޫމާތު ދެމުން ގެންދިއުން.

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
896

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 02 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ