ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ޢާއިޝަތު ޟުޙާ އަޙްމަދު އިންޓަރން އަކަށްވުމަށްއެދި ހުށަހަޅާފައިވާ ފޯމާގުޅޭ.

ޢާއިޝަތު ޟުޙާ އަޙްމަދު އިންޓަރންއަކަށް ވުމަށްއެދި ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، 2025 އޮކްޓޫބަރު 1 އިން 2025 ނޮވެންބަރު 6 ގެ ނިޔަލަށް (1 މަހާއި 1 ހަފްތާގެ މުއްދަތަށް) އިންޓަރން ޝިޕަށް މީހުން ނެގުމުގެ އުޞޫލާ އެއްގޮތްވާގޮތުގެމަތިން، އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ޢާއިޝަތު ޟުޙާ އަޙްމަދު  އިންޓަރންއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދިފައިވަނީ އޮފީސް އެޑްމިނިސްޓްރޭޓިވް މަސައްކަތް ކަމުގައިވާތީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން ނުވަތަ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އޮފީސް އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުމަށްވެސް ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

2.      ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ، ޢާލިޔާ ޙަނީފްގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ، އަލްއުސްތާޛާ ޢާލިޔާ ޙަނީފް ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ، އަލްއުސްތާޛާ ޢާލިޔާ ޙަނީފް ދާއިމީކުރުމަށް، ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

3.      ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ ޢީޝާ އަޙްމަދު ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅުއްވާފައިވާ ފޯމާގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް1) މަޤާމުގައި ހުންނެވި ޢީޝާ އަޙްމަދު ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ، އެދިފައިވާ ގޮތުގެމަތިން 2025 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ހުސްވި ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް1) މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާންކޮށް،  ކުރުމަށްވެސް، މުވައްޒަފަކު ހޯދުމުގެ އެންމެހައި ކަންކަން އުޞޫލާ އެއްގޮތަށް އިދާރީގޮތުން ކުރިއަށް ގެންދިއުމަށާއި، ތިރީގައިވާ ގޮތުގެމަތިން އިންޓަރވިއު ޕެނަލް އެކުލަވާލުމަށްވެސް، ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިންޓަރވިއު ޕެނަލް:

- ޑިރެކްޓަރ، އާމިނަތު އަޒީފާ

- އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝައުޝަން މޫސާ

- އެސިސްޓެންޓް ޑިރެކްޓަރ، ޢާއިޝަތު ޔުމްނާ ރަޝީދު

 

ޕެނަލްގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އިންޓަރވިއު ޕެނަލްގައި ބައިވެރިނުވެވޭނަމަ ބަދަލުގައި ތިރީގައި ދަންނަވާފައިއެވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަނޑައެޅުއްވުމަށް ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

- ޑެޕިއުޓީ ޑިރެކްޓަރ، އަޙްމަދު މުޢާޒް

- އެސިސްޓެންޓް ޑިރެކްޓަރ، މަރްޔަމް ސުޙައިލާ

- އެސިސްޓެންޓް ޑިރެކްޓަރ، ވިޝާހް ސަޢީދު

 

4.      އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ ފަދުވާ މުޙައްމަދުގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ ފަދުވާ މުޙައްމަދުގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތްކޮށްފައިވާ ގޮތަށް ބައްލަވައި، ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ޑިވިޜަން ހެޑް އަދި ސެކްޝަނުގެ ހެޑްގެ ކޮމެންޓް ކުރައްވާފައިވާތީ އުޞޫލާ އެއްގޮތަށް މި މުވައްޒަފު ދާއިމީ ކުރުމަށް.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ ފަދުވާ މުޙައްމަދު ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ ފަދުވާ މުޙައްމަދު ދާއިމީކުރުމަށް، ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
890

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ