ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ވަނަ އަހަރު ބޭއްވުމަށް ބޭނުވާ މުވައްޒަފުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުތަކާއި ގުޅިގެން ބޭއްވުނު ވޯކް-އިން އިންޓަރވިއުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއާށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބަލައި އެންމެ މަތިން މާކްސް ލިބިފައިވާކަމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ފަރާތްތައް އަންނަނި ގޮތުގެމަތިން ވަޒީފާތަކަށް ނެގުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. 

1. މިހާރު ޢާންމުކޮށްފައިވާ އިޢުލާންތަކުގެ ދަށުން، މަޤާމުތަކަށް މުވައްޒަފުން ނެގުމަށްޓަކައި ކޮންމެ މަހެއްގެ 15 އިން 15 އަށް މަޤާމުތަކަށް ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް އިވެލުއޭޓް ކުރުމަށްފަހު، ކޮމިޝަނަށް ހުށަހަޅައިގެން މުވައްޒަފުން ނަގަމުން ދިޔުން.

2. މެރިޓް އުޞޫލުން މަޤާމުތަކަށް ހޮވިފައިވާ މުވައްޒަފުންގެ ތެރެއިން އެއްވެސް ފަރާތަކަށް އެއްވެސް ސަބަބަކާހުރެ ވަޒީފާއަށް ނުކުތުމަށް ޢުޛުރުވެރިވެއްޖެނަމަ، އިންޓަރވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން، ކޮމިޝަނުގެ ނިންމެވުމާ އެއްގޮތަށް، ލިސްޓުގައިވާ ނަންބަރު ތަރުތީބުން މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުން.

3. އިންތިޚާބުގެ މަސައްކަތްތަކަށް ނެގޭ މުވައްޒަފުން ކޮމިޝަނުގެ ވަޒިފާއިން ވަކިވުމަށް ހުށަހަޅާ ޙާލަތްތަކާއި، އަދި ވަކިގޮތެއްގައި ނައަންގާ ކޮމިޝަނުގެ މަސައްކަތްތަކަށް ނުނުކުންނަ މުވައްޒަފުން، އިދާރީގޮތުން ވަކިކުރުމަށްފަހު، އެންމެ އަވަހަކަށް އޮންނަ ޖަލްސާއަކުން އެންޑޯސްކުރުމަށް ކޮމިޝަނަށް ހުށަހެޅުން.

4. އެއްވެސް ޙާލަތެއްގައި ކޮމިޝަނާއި އިންތިޚާބަށް ނުފޫޛުފޯރުވޭ ވަރުގެ އެއްވެސް ފަރާތެއް، އިންތިޚާބުގެ މަޤާމަށް ހަމަޖަނުޖެއްސުން. 

5. ޑިވިޜަންތަކާއި ސެކްޝަންތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި، އެ ފަރާތެއްގެ މަސައްކަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ދިމާލެއް ބެލުމަށްފަހު، އަދި ކޮމިޝަނަށް އެންމެ ފައިދާކުރަނަވި ގޮތެއް ބެލުމަށްފަހު، އެގޮތުމަތިން ޑިވިޜަންތަކާއި ސެކްޝަންތަކަށް މުވައްޒަފުން  ހަމަޖެއްސުން.

 

ސީނިއަރ އޮފިސަރ، (އެމް.އެސް1) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/125

(ޓޭބަލް އެއްކަރުދާސް ކުރެވިފައި)

 

ޓެކް އޮފިސަރ، (ޖީ.އެސް3) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/134

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

1.    

ޙުސައިން ޝަރީފު

ހަނދުވަރީގެ، ހދ.ވައިކަރަދޫ

A147829

2.    

ޔޫސުފް ލަޔާން ސިރާޖު

ދަފްތަރު ނަންބަރު ދރ 1089، މާލެ

A328199

3.    

މުޙައްމަދު ސަދީދު

އަންދަލީބުގެ، ތ.ކިނބިދޫ

A345946

4.    

މުޙައްމަދު ޢިޔާން ނިޒާމް

އިރާސްމިކް، ސ.ފޭދޫ

A333039

 

މަސައްކަތު، (އެސް.އެސް1) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/129

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

1.        

ފާޠިމަތު ރިމާޝާ

ހޭޒްލީން، މ.މަޑުއްވަރީ

A088469

2.        

ޝަކީލާ އިބްރާހީމް

ދަފްތަރު ނަންބަރު ރސ 12701

A014782

3.        

ޒިކުރާ ޒުހައިރު

ދަފްތަރު ނަންބަރު ރސ 8725

A117059

 

އޮފީސް އެސިސްޓެންޓް، (އެސް.އެސް1) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/136

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

1.        

މުޙައްމަދު ސައިފުﷲ އަޙްމަދު

މ.ރެޑްސްޓޯން

A148883

2.        

ޢަލީ ވަޙީދު

އެއްމުލިމާގެ (ހޯދަނޑު)، ޏ.ފުވައްމުލައް

A004734

 

ޑްރައިވަރ، (އެސް.އެސް1) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/126

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

1.        

ޢަލީ ވަޙީދު

އެއްމުލިމާގެ (ހޯދަނޑު)، ޏ.ފުވައްމުލައް

A004734

 

ލޮޖިސްޓިކް އޮފިސަރ، (ޖީ.އެސް3) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/123

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

1.        

އަލްޠާފް ޙަސަން

އަންބަރީގެ، ގދ.ވާދޫ

A252692

2.        

މުޙައްމަދު އާތިފު

ހ.ކިބިމާގެއާގެ، މާލެ

A044777

 

އޮފިސަރ، (ޖީ.އެސް3) އިޢުލާނު ނަންބަރު:(IUL)38-BB/38/2025/123

(ޓޭބަލް އެއްކަރުދާސް ކުރެވިފައި)
 

   2. ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަން އޮފިސަރ މީކާއީލް އަޙްމަދު ޝަރީފް ގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.

ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަން އޮފިސަރ މީކާއީލް އަޙްމަދު ޝަރީފް، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަން އޮފިސަރ މީކާއީލް އަޙްމަދު ޝަރީފް،  ދާއިމީކުރުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. އޮގަސްޓް 2025 ގެ ޚަރަދު ރިޕޯޓު ޙިއްޞާ ކުރުން.

އޮގަސްޓް 2025 ގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައި ޚަރަދު ރިޕޯޓު ކޮމިޝަނަށް ހުށަހަޅުއްވާއިރު ކޮމިޝަނަށް ލިބިފައިވާ ބިލްތަކުގެ ތެރެއިން ޕޯސްޓްނުކޮށް ހުރި ބިލްތަކުގެ ސްޓޭޓްމަންޓެއް ޚަރަދު ރިޕޯޓާއެކު ހުށަހެޅުމަށާއި، މިއަހަރުގެ ބަޖެޓުގެ ޚަރަދުތަކަށް ބަލައި މިއަހަރުގެ ބަޖެޓުގެ ބާކީ ހުރިވަރު ފެންނަން ހުންނަގޮތަށް ޚަރަދު ރިޕޯޓު ހުށަހެޅުމަށާއި ބަޖެޓު ކުރެވިފައިވާ ކަންތައްތަކަށް އެ ފައިސާ ޔުޓިލައިޒްކޮށް މިއަހަރު ތެރޭގައި ނިންމުމަށްވެސް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މީގެއިތުރުން އައިޓީއާއި ގުޅުންހުރި ސޮފްޓްވެއަރތަކުގެ ތެރެއިން ފިކްސްޑް އެސެޓް ރެޖިސްޓަރީގައި ލޮގް ބަލަހައްޓަމުންދޭތޯ ބެލުމަށްފަހު އެ މަޢުލޫމާތު ކޮމިޝަނާ ޙިއްޞާ ކުރުމަށްވެސް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   4. ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ހިންގާ ކެމްޕެއިން ޙަރަކާތްތައް މޮނީޓަރކުރުން ފުޅާކުރުމަށް ހުށަހަޅާފައިވާ ޕްލޭން.

ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ހިންގާ ކެމްޕެއިން ޙަރަކާތްތައް މޮނީޓަރކުރުން ހަރުދަނާކޮށް، އިންތިޚާބުތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ޙައްޤު ކަށަވަރުކޮށް ހަމަހަމަ ފުރުޞަތު ވީހާވެސް ބޮޑަކަށް ފަހިކުރުމާ ގުޅޭގޮތުން ތައްޔާރުކުރައްވައި ހުށަހަޅުއްވާފައިވާ ޕްލޭން، ހުށަހަޅުއްވާފައިވާގޮތަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

މި ޕްރޮގްރާމް ހިންގަމުން ދާއިރު ދިމާވާ ކަންކަމާއި ގުޅިގެން، ކުރިއަށްއޮތް ތަނުގައި މި ޕްލޭނަށް އަލުން ބަދަލެއް ގެންނަވަން ޖެހިއްޖެ ޙާލަތެއްގައިވެސް އެ ބަދަލުތައް ގެނެސް މުސްތަޤްބަލުގައި މީގެ އިމްޕެކްޓް ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް ރާއްވަވައިގެން ކުރިއަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މިއީ ކޮމިޝަނުގެ މެންޑޭޓުގައި ހުރިކަންކަން ފުރިހަމަ ކުރުމަށް އިތުރަށް ފެށުނު މަސައްކަތަކަށްވާތީ، އިދާރީގޮތުން މިކަން ތަރުތީބު ކުރެވިގެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމާއި، މިކަމުން އިންސްޓިޓިއުޝަނަލް މެމޮރީއެއް ޤާއިމުވާގޮތަށް މަސައްކަތްކުރުމަށާއި، މި މަސައްކަތާ ގުޅިން މީގެފަހުން ކޮންމެ އަހަރަކުވެސް ކޮންސިސްޓްކޮށް ހިނގާނެ ޚަރަދުތަކެއްގެގޮތުގައި މި މަސައްކަތަށް މަޤާމުތަކަށް ދާއިމީ މުވައްޒަފުން ހޯދޭނެ ނިޒާމެއް ބަޖެޓުގެ ތެރެއިން ހަމަޖެއްސޭކަހަލަ ގޮތަކަށް މަސައްކަތްތައް ރޭވުމާއި، މި މަސައްކަތާއި ގުޅިގެން އެސް.އޯ.ޕީއެއް އެކުލަވާލެއްވުމާއި، މި ޕްލޭން ޕަބްލިކް ކުރާއިރު ވީހާވެސް ބޮޑަކަށް ޢާންމުން ދެކޭގޮތަށް ވިސްނައި މާނަ އޮޅިގެންނުދާނެފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށްވެސް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. ސެމިނަރ އޮން ނިއު ޕްރޮޑަކްޓިވް ފޯސަސް އިން މީޑިއާ އޮފް އިންޑިއަން އޯޝަން ރީޖަން ކަންޓްރީޒް" ގައި ބައިވެރިވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާގުޅޭ.

2025 އޮކްޓޯބަރު 30 އިން 12 ނޮވެންބަރ އަށް ބޭއްވުމަށް ހަމަޖެހިފައިވ"ސެމިނަރ އޮން ނިއު ޕްރޮޑަކްޓިވް ފޯސަސް އިން މީޑިއާ އޮފް އިންޑިއަން އޯޝަން ރީޖަން ކަންޓްރީޒް" ގައި، ޕަބްލިކް ރިލޭޝަންސް ގެ ގްރެފިކްސް ޑިޒައިނާރ ޚަޖީދާ ނީލާ މުޙައްމަދު ފޮނުވުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން އިންތިޒާމުކުރާ އެ ކޮމިޝަނުގެ އަހަރީ ރިސަރޗް ސިމްޕޯސިއަމްގެ ދަޢުވަތާގުޅޭ.

“Empowering Democratic Process: Strategies for Enhancing Voter Participation and Electoral Integrity” ގެ ނަމުގައި، ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން އިންތިޒާމުކުރާ އެ ކޮމިޝަނުގެ އަހަރީ ރިސަރޗް ސިމްޕޯސިއަމްގައި ކޮމިޝަނުން ބައިވެރިވުމަށާއި، އަދި މިކަމަށް ހިނގާނެ ޚަރަދުތަކާބެހޭ މަޢުލޫމާތު މިކަން އިންތިޒާމުކުރާ ފަރާތުން  ހޯދައި ދެނެގަތުމާއި، ޓޮޕިކެއް ކަނޑައެޅުމުގައި އެވެއިލެބްލް ޑާޓާ އާއި މަސައްކަތަށް ބެލުމަށްފަހު ޓޮޕިކެއް ކަނޑައެޅުމަށާއި، މި ރިސަރޗް ހެދުމުގައި މެންބަރު ޑރ.މުޙައްމަދު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށްވެސް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   7. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް (ޓީ.އޯ.އާރް) އާގުޅޭ.

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމާގުޅޭގޮތުން، ސިވިކް އެޑިއުކޭޝަން މޮޑިއުލްތައް ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ޕްރޮގްރާމްތައް ހިންގާނެ ޓްރެއިނަރުން ތަމްރީނު ކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންސަލްޓެންޓެއް ނެގުމާގުޅޭގޮތުން ތިޔަ ސެކްޝަނުން ހުށަހަޅާފައިވާ ކަރުދާސް، (ޓީ.އޯ.އާރް)، ހުށަހަޅުއްވާފައިވާގޮތަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

ހުށަހަޅުއްވާފައިވާ ޓީ.އޯ.އާރް އާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވުމަށާއި، ކޮންސަލްޓަންޓަށް ދޭންޖެހޭ އުޖޫރަ ދިނުމު ބަޖެޓް ޔުޓިލައިޒޭޝަނާ ގުޅޭގޮތުން، ޓީ.އޯ.އާރް ގައި ހުށަހަޅުއްވާފައިވާ ގޮތާއިމެދު އިދާރީ ގޮތުން، ގޮތެއް ނިންމެވުމަށްފަހު އެގޮތަކަށް ކުރިއަށް ގެންދެވުމަށްވެސް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
888

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ