ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަންގެ ސީނިއަރ އޮފިސަރ (ދާއިމީ/ އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.
ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ދާއިމީ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ނެގުމަށްޓަކައި، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/122 އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި ޓެސްޓަށް ބަލައި އެންމެ މަތީން މާރކްސް ލިބިފައިވާ، ނާޒްކީގެ، ސ.ހިތަދޫ، ޢީޝާ އަޙްމަދު، (A277991)، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ދާއިމީ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އޮފިސަރ މުޙައްމަދު މަސީޙްގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.
ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ މުޙައްމަދު މަސީޙް، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ މުޙައްމަދު މަސީޙް ދާއިމީކުރުމަށް، ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު މިލްނާ މުޖުތަބާގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު މިލްނާ މުޖުތަބާ، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު މިލްނާ މުޖުތަބާ ދާއިމީކުރުމަށް، ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ވެރީންގެ ޕްރޮބޭޝަން ރިޕޯޓުތަކާ ގުޅޭ
ކޮމިޝަނުގެ ޑިވިޜަންތަކާއި ސެކްޝަންތަކުގެ ވެރީން ޕްރޮބޭޝަން މުއްދަތުގައި މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓު މީގެފަހުން ކޮމިޝަނަށް ހުށަހަޅާއިރު، އެ މުވައްޒަފުންގެ މަސައްކަތްތަކާ ގުޅިގެން ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކަށް ރިޔާޢަތްކޮށް، އެ މަސައްކަތްތަކުގެ އަދާހަމައެއް ރިޕޯޓުގައި ބަޔާންކުރުމަށާއި، އަދި، ވެރީންގެ މަސްޢޫލިއްޔަތު އަދާކުރާ މުވައްޒަފުން އެ މަސްޢޫލިއްޔަތު އަދާކުރާކަމާއި، އެފަދަ މުވައްޒަފުންގެ ލީޑަރޝިޕް ސިފަތައްވެސް ރިޕޯޓުން އެނގޭނެފަދައިން ބަޔާންކުރުމަށްވެސް، ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ބަހައްޓާ ވޯޓުފޮށިތަކަށް ރަޖިސްޓަރީ ކުރާނެ ޢަދަދު ކަނޑައެޅުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އާ ގުޅިގެން، ރަށު/އަތޮޅު/ސިޓީތަކުގައި ސިޓީތަކުގައި ބަހައްޓާ ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރާނެ ޢަދަދުތަކުގެ ގޮތުގައި، ތިރީގައި މިދަންނަވާ ޢަދަދުތައް، ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާގައި ފާސްކުރައްވާފައެވެ.
· ގްރޭޓަރ މާލޭ (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ގައި ބަހައްޓާ ވޯޓުފޮށިތަކަށް ގިނަވެގެން 650 މީހުން ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ކަނޑައަޅުން.
· ގްރޭޓަރ މާލެ ފިޔަވައި، އެހެން ރަށު/އަތޮޅު/ސީޓތަކުގައި ބަހައްޓާ ވޯޓުފޮށިތަކަށް ގިނަވެގެން 1000 މީހުން ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ކަނޑައެޅުން.
· ގްރޭޓަރ މާލެ ފިޔަވައި، އެހެން ސިޓީތަކާއި، ރަށު/އަތޮޅުތަކުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތެރެއިން، 1000 މީހުންނަށްވުރެ އިތުރުވާ ފޮށިތައް، އެއީ 2 ސަރަޙައްދެއްގެ (2 މަރުކަޒު) ގޮތުގައި ކަނޑައެޅުން.
· ވޯޓު ފޮށިތަކަށް އެހެނިހެން ދާއިރާތައް ރަޖިސްޓަރީކުރުމުގައި، އެހެން އިންތިޚާބުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، އަދި، ރީ-ރަޖިސްޓްރޭޝަނަށް ފަހު ބަދަލު ގެންނާންޖެހޭ މަރުކަޒުތަކަށް ބަދަލު ގެނައުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުމަށް ނިންމުން.
5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ބަހައްޓާ ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުންގެ ޢަދަދުތަކާއި، ވޯޓިންގ ސެޓަޕާއި، ގުނާ ސެޓަޕާއި، ފާހަގަޖަހާނެ އިނގިލި އަދި، އޮފިޝަލުންގެ މަސްޢޫލިއްޔަތުތަކާގުޅޭ.
ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ބަހައްޓާ ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުންގެ ޢަދަދުތަކާއި، ވޯޓިންގ ސެޓަޕާއި، ގުނާ ސެޓަޕާއި، ފާހަގަޖަހާނެ އިނގިލި އަދި، އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް، ތިރީގައި މިދަންނަވާ ގޮތުގެމަތީން، ކޮމިޝަނުގެ 887 ވަނަ ޢާންމު ޖަލްސާގައި ފާސްކުރައްވާފައެވެ.
1. ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުންގެ ޢަދަދާއި ސެޓަޕްތައް.
# |
ތަފްޞީލް |
އޮފިޝަލުންގެ ޢަދަދު |
ވޯޓުލުމުގެ ސެޓަޕް |
ގުނާ ސެޓަޕް |
1 |
ވޯޓުފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އާބާދީ 650 އަށްވުރެ މަދުނަމަ. |
8 އޮފިޝަލުން |
1 ސެޓަޕްގައި ވޯޓުލުން |
1 ސެޓަޕްގައި ވޯޓު ގުނުން. |
2 |
ރަޖިސްޓްރީވެފައިވާ ދާއިރާގެ އަދަދު 20 އަށްވުރެ ގިނަވުމާއެކު ރަޖިސްޓްރީވެފައިވާ އާބާދީ 500 އަށްވުރެ ގިނަނަމަ |
12 އޮފިޝަލުން |
1 ސެޓަޕްގައި ވޯޓުލުން |
2 ސެޓަޕްގައި ވޯޓު ގުނުން. |
3 |
ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އާބާދީ 650 އަށްވުރެ ގިނަނަމަ |
12 އޮފިޝަލުން |
1 ސެޓަޕްގައި ވޯޓުލުން |
2 ސެޓަޕްގައި ވޯޓު ގުނުން. |
2. އޮފިޝަލުންގެ މަޤާމުތައް
8 އޮފިޝަލުންގެ ސެޓަޕްގެ މަޤާމުތައް (1 ސެޓަޕްގައި ވޯޓުލުމާއި، ގުނުން) |
12 އޮފިޝަލުންގެ ސެޓަޕްގެ މަޤާމުތައް (1 ސެޓަޕްގައި ވޯޓުލުން، 2 ސެޓަޕްގައި ގުނުން) |
6 އޮފިޝަލުންގެ ސެޓަޕްގެ މަޤާމުތައް / ރިސޯޓް (1 ސެޓަޕްގައި ވޯޓުލުމާއި، ގުނުން) |
1. ވޯޓުލާ މަރުކަޒުގެ ވެރިޔާ 2. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ 3. ރަޖިސްޓަރީ ބަލަހައްޓާ އޮފިޝަލް 4. އިނގިލީގައި ފާހަގަޖަހާ އޮފިޝަލް 5. ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް 6. ކިޔު ނަންބަރު ދޫކުރާ އޮފިޝަލް (1) 7. ކިޔު ނަންބަރު ދޫކުރާ އޮފިޝަލް (2) 8. ސަރަޙައްދު ބަލަހައްޓާ އޮފިޝަލް
|
1. ވޯޓުލާ މަރުކަޒުގެ ވެރިޔާ 2. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ 3. ރަޖިސްޓަރީ ބަލަހައްޓާ އޮފިޝަލް 4. އިނގިލީގައި ފާހަގަޖަހާ އޮފިޝަލް 5. ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް 6. ކިޔު ނަންބަރު ދޫކުރާ އޮފިޝަލް (1) 7. ކިޔު ނަންބަރު ދޫކުރާ އޮފިޝަލް (2) 8. ސަރަޙައްދު ބަލަހައްޓާ އޮފިޝަލް 9. ގުނާ އޮފިޝަލް (1) 10. ގުނާ އޮފިޝަލް (2) 11. ގުނާ އޮފިޝަލް (3) 12. ގުނާ އޮފިޝަލް (4) --ގުނާ ސެޓަޕް 2 ގެ ވެރިޔާއަކީ ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ |
1. ވޯޓުލާ މަރުކަޒުގެ ވެރިޔާ 2. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ 3. ރަޖިސްޓަރީ ބަލަހައްޓާ އޮފިޝަލް 4. އިނގިލީގައި ފާހަގަޖަހާ އޮފިޝަލް 5. ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް 6. ކިޔު ނަންބަރު ދޫކުރާ އޮފިޝަލް
|
3. ފާހަގަޖަހާ އިނގިލި
· ވައަތު ޝަހާދަތް އިނގިލީގެ ނިޔަރޮދިން ފެށިގެން ނިޔަފަތީގެ ކޮޅާހަމަޔަށް.
4. އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް
(އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް އެއްކަރުދާސް ކުރެވިފައި)