ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު 2025 އާ ގުޅޭ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހެޅުންތައް ހުށަހަޅައިފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން، 2025 އޮކްޓޫބަރ 06 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ޤަރާރު ނަންބަރު:27/2025 ގައިވާ ގޮތުގެމަތީން، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ނެގުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު 2025/15 ގެ 18 ވަނަ މާއްދާގެ ދަށުން، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓާގުޅިގެން، ތިރީގައި މި ދަންނަވާ ކަންކަން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 01 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
(ހ.) އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހެޅުންތައް ހުށަހަޅައިފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން، 2025 އޮކްޓޫބަރ 06 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ޤަރާރު ނަންބަރު:27/2025 ގައިވާ ގޮތުގެމަތީން، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ނެގުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު 2025/15 ގެ 18 ވަނަ މާއްދާގެ ދަށުން، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުން، 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމުން.
(ށ.) އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުން، 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމެވުމާ ގުޅިގެން، މި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާނެ ޢަދަދުތައް ކަނޑައެޅުމުގައި، މާލޭގައި ވޯޓުލުން އެއް މަރުކަޒެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު، ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ ޢަދަދު މަދުކޮށް، ސީލިން މަތިކުރުމަށްފަހު އިދާރީގޮތުން އެ އިންތިޒާމުތައް ހަމަޖެއްސޭނެހެން ބަދަލު ކުރުމަށްފަހު ވޯޓުފޮށީގެ ޢަދަދު ކަނޑައެޅުމަށް، ނިންމުން.
(ނ.) އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއަށް ރައީސުލްޖުމްހޫރިއްޔާ 2 ސުވާލެއް ކުރައްވާފައިވާތީ، އެ ދެ ރަށުގައި ވޯޓުކަރުދާހުގެ ޢަދަދު ގިނަވާނެތީ، އެ 2 ރަށުގައި މިހާރު ހުށަހަޅާފައިވާގޮތަށް ވޯޓުފޮށި ބެހެއްޓުމަށާއި، އެހެންނަމަވެސް އައްޑުއަތޮޅު ފޭދޫގައި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލުނުގެނެސް ވޯޓުފޮށީގެ ޢަދަދު، އިދާރީގޮތުން ވޯޓުނެގުމުގެ ކަންކަން ކުރުމަށް ފަސޭހަ ޢަދަދަކަށް ރިޔާޢާތްކޮށް ވޯޓުފޮށީގެ ޢަދަދު ކަނޑައެޅުމަށް، ނިންމުން.
(ރ.) އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު 2025 ގެ ޝަކުވާ/މައްސަލަ ބެލުމަށްޓަކައި ޝަކުވާ/މައްސަލަ ބަލާ ކޮމިޓީ އެކުލަވާލުމަށް، ނިންމުން.
(ބ.) އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު 2025 އަށް، ފައިނޭންސް ސެކްޝަންގެ ނަންބަރު:(MEMO)BC/2025/43 މެމޯއިން ކޮމިޝަނަށް ހުށަހަޅާފައިވާ ބަޖެޓު، އިޞްލާޙުކުރުމަށާއި، މިގޮތުން، މާލެއާއި، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ބަހައްޓާ ފޮށިތައް، އިދާރީގޮތުން އެންމެ ފަސޭހަ ގޮތަކަށް ކަނޑައެޅުމަށާއި، މާލެއިން އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫއަށް ދާ އޮފިޝަލުންގެ ޢަދަދުތަކާއި، ޓްރެއިނިންގ އިންތިޒާމުތަކާއި، ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ޢަދަދުތައް އިދާރީގޮތުން ކަނޑައެޅުމަށްފަހު، އެއްކުރެވެންހުރި ވޯޓުލާ މަރުކަޒުތައް އެއްކޮށް، ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންގެ ނިސްބަތުން، ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ޢަދަދު މަދުކުރެވެން ހުރި ތަންތަނުގައި މަދުކުރުމަށްފަހު، ޚަރަދުތައް ކުޑަކުރެވޭނެހެން ބަޖެޓު އިޞްލާޙުކުރުމަށްފަހު، އެގޮތުގެމަތީން 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު، ބޭއްވުމަށް ހަމަޖެހިފައިވާ އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު 2025 ގެ ބަޖެޓު ފާސްކުރުމަށް، ނިންމުން.