ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ވޯޓަރސް ޑޭ ފާހަގަ ކުރުމަށް ރާވާފައިވާ ގޮތުގެޕްލޭނާގުޅޭ.
މިއަހަރުގެ ވޯޓަރސް ޑޭ ފާހަގަ ކުރުމަށް ރާވާފައިވާގޮތުގެ ޕްލޭނަށް ތިރީގައި މިދަންނަވާ ކަންކަން އިތުރުކޮށް، އެގޮތުގެމަތީން ވޯޓަރސް ޑޭ ފާހަގަ ކުރުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
· މިއަހަރުގެ ވޯޓަރސް ޑޭ ފާހަގަ ކުރުމާ ގުޅޭގޮތުންނާއި، އެ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕެނަލް ޑިސްކަޝަންގެ މަޢުލޫމާތު ވީހާވެސް ބޮޑަށް ޢާންމުކުރުން. މިގޮތުން، ރާއްޖޭގައި ހިންގާ މީޑިއާތަކާއި ޓީވީ ޗެނަލްތަކާއި މީސްމީޑީގެ ވަޞީލަތްތައް ބޭނުންކޮށް، މިކަންކަމުގެ މަޢުލޫމާތު ޢާންމުންނާ ހިސާބަށް ފޯރުކޮށްދިނުން.
· ރާއްޖޭގައި ހިންގާ މީޑިއާތަކާއި، ޓީވީ ޗެނަލްތަކާ ވާހަކަ ދައްކައިގެން ޕެނަލް ޑިސްކަޝަންގެ ހައިލައިޓްސްތައް / ސުރުޚީ ހަދައި މީހުންގެ ސިކުނޑިއަށް ވެއްދޭނެ ގޮތަކަށް ސްޓްރެޓަޖީއެއް އެކުލަވާލައި، އެގޮތުގެމަތީން ކުރިއަށް ގެންދިއުން.
· ޕެނަލް ޑިސްކަޝަންއާ ގުޅޭގޮތުން، ޢާންމުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރުވުމަށްޓަކައި، ރާއްޖޭގައި ހިންގާ މީޑިއާތަކާއި ޓީވީ ޗެނަލްތަކުން ސްޕޮޓްތައް ހޯދައިގެން، ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޑިރެކްޓަރުންގެ ޓީމް؛ ޓީވީތަކާއި މީޑީއާތަކަށް އެރުން.
· މިއަހަރުގެ ވޯޓަރސް ޑޭ ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގައި، ސިވިކް އެޑިއުކޭޝަނާއި، ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމާއި، ކެމްޕެއިން މޮނިޓަރކޮށް ބަލަހައްޓާ ގޮތްތަކާ ގުޅޭގޮތުން، މި ކޮމިޝަނުން ޚާއްޞަ މަސައްކަތްތަކެއް ކުރާކަން ޢާންމުންނާ ހިސާބަށް މެސެޖުތަކެއްގެ ގޮތުގައި ފޯރުކޮށްދިނުން.
· ވޯޓަރސް ޑޭ ގެ ޕެނަލް ޑިސްކަޝަންގެ ސުވާލުތައް އުފައްދާފައިހުރި ދާއިރާތަކަށް، ވީހާވެސް ބޮޑަށް ފޯކަސްކޮށްގެން، އެ ދާއިރާތަކަށް ޕެނަލިސްޓުން ވާހަކަ ދެއްކުން.
· ޢާންމުންނާއި މިކޮމިޝަނާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅުކުރުމަށްޓަކައި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ޢާންމުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް ޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލުން.
· ޕެނަލް ޑިސްކަޝަނަށްފަހު، 2025 އޮގަސްޓް 25 ން 30 އާ ދެމެދު ކޮންޓިނިއުއަސް ގޮތެއްގައި، ޕެނަލް ޑިސްކަޝަންގެ އުސްއަލިތަކާއި، ކީ ދާއިރާތަކާ ގުޅޭގޮތުން މީސްމީޑިއާ އާއި، ރާއްޖޭގެ ނޫސްތަކާއި ޓީވީތަކުގައި އާޓިކަލްތަކާއި، ޚަބަރުތަކާއި، ޕޯސްޓަރުތައް ހައިލައިޓްވާނެހެން ކޮންމެ ދުވަހަކުވެސް ދައުރުކުރުވުން.
· ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ،
1. ޑރ. މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު
2. ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު
3. މުޙައްމަދު ނަޒީފް، ކޮމިޝަނަރ އޮފް ސްކައުޓް
4. އަރީޖް ޙުސައިން، ކަންޓްރީ ޑިރެކްޓަރ، ވެސްޓްމިންސްޓަރ ފައުންޑޭޝަން
· މިއަހަރުގެ ވޯޓަރސް ޑޭ ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް 14,000/-ރ. (ސާދަހާސް ރުފިޔާ) ގެ ބަޖެޓްގެ ތެރެއިން ހަމަޖެއްސުން.
2. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާގުގުޅޭ.
ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ދާއިމީ/ އެމް.އެސް1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢާންމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ޖުލައި 2025 ގެ ޚަރަދު ރިޕޯޓާ ގުޅޭ.
2025 ޖުލައިމަހުގެ ޚަރަދު ރިޕޯޓު ވަނީ ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.
މިގޮތުން، ކޮމިޝަނަށް ހޯދަންޖެހޭ ޚިދުމަތްތަކާއި ތަކެތި ހޯދުމުގައި ވީހާވެސް އަވަހަކަށް އެ ކަމެއްކޮށް ނިންމުމަށާއި، އަދި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބަޖެޓުގެ ބާކީ ކޮންޓްރޯލް ކޮށްގެން ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ އެކިއެކި މަޤާމުތަކަށް ނަގާ ފަރާތްތަކުގެ އުޖޫރައާއި އެހެނިހެން އެލަވަންސްއާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ އެކިއެކި މަޤާމުތަކަށް ނަގާ ފަރާތްތަކުގެ އުޖޫރައާއި އެހެނިހެން އެލަވަންސްތައް، ތިރީގައި މިދަންނަވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026ގެ އެކިއެކި މަސައްކަތްތަކަށް ނަގާ ފަރާތްތަކުގެ އެލަވަންސް
- ޓޭބަލް އެއްކަރުދާސް ކުރެވިފައި
މުހިއްމު ކަންކަން
· ވޯޓުފޮށީގެ އޮފިޝަލުން: ވޯޓުފޮށީގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދީފައިވާ އެލަވަންސާއި، 2021 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދީފައިވާ އެލަވަންސަށްވުރެ މިއަހަރު އެލަވަންސްގެ ގޮތުގައި ދޭ ޢަދަދު ބޮޑުވުމާއި ގުޅިގެން އެ ބޮޑުވާބަޔަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތުގެ ބުރަވާބަޔަށް ދެވޭ އެލަވަންސެއްގެ ގޮތުގައި ފެންނާހެން އޮތުން.
· މާލޭގެ ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށާއި، އަތޮޅުތެރޭގެ ވޯޓުފޮށިތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ކެއުމާއި ސައިގެ ކަންކަން އެއްއުޞޫލަކުން އިންތިޒާމުކުރުމާއި، ކެއުމާއި ސައިގެ ފައިސާގެ ޢަދަދުވެސް ހަމަހަމަވުން. އެގޮތުން އޮފިޝަލުންނަށް ހެނދުނު ސައި ދިނުމަށްފަހު ކެއުމާއި ސައިގެ ފައިސާ އޮފިޝަލުންނަށް ޖަމާކުރާއިރު ހެނދުނު ސަޔަށްވާ ފައިސާ އުނިކުރުމަށްފަހު ޖަމާކުރުން.
5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އާ ގުޅިގެން، ސެކްޝަންތަކުގެ މަސައްކަތަށް ބޭނުންވާ ޓާސްކްފޯސް މުވައްޒަފުންނާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އާ ގުޅިގެން، ސެކްޝަންތަކުގެ މަސައްކަތަށް ބޭނުންވާ ޓާސްކްފޯސް މުވައްޒަފުން، ތިރީގައި މިދަންނަވާ ގޮތުގެ މަތީން ނެގުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުންގެ ތަފްޞީލް
- ޓޭބަލް އެއްކަރުދާސް ކުރެވިފައި
މުހިއްމު ކަންކަން
- އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ނެގުމުގައި، ސެކްޝަންތަކުން އެދިފައިވާ މުއްދަތުތަކަށް މުވައްޒަފުން ނެގުން. އަދި އިންތިޚާބު ކުރިއަށް ގެންދިއުމުގައި އެއްވެސްކަހަލަ ދަތިކަމެއް ނާންނެހެން އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި، ކުރީގެ އިންތިޚާބުތަކުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާވެފައިވާނަމަ އެކަންވެސް ފިލުވާލެވޭގޮތަކަށް ޕްރޮސެސްތައް ކުރިއަށް ގެންދެވުން.
- ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނަށް ލީގަލް އޮފިސަރުން (ލިޔެކިޔުންތަކުން) އިތުރު ކުރުން.
- އިންތިޚާބުގެ މަސައްކަތްތަކަށްނަގާ މުވައްޒަފުންނަށް މުސާރަދޭއިރު، ފަހުން އެ މުވައްޒަފުން އަތުން ފައިސާ އަނބުރާ ކަނގަންނުޖެހޭނެ ފަދައިން، ކޮންމެ މަހެއްގެ 15 އިން 15 އަށް މުސާރަ ދިނުން.
6. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އަށް ކޮމިޝަނުގެ ޓާސްކް ފޯސް މުވައްޒަފުން ނެގުމަށް ބާއްވާ ވޯކް-އިން އިންޓަރވިއު ޕްލޭނާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އަށް ކޮމިޝަނުގެ ޓާސްކް ފޯސް މުވައްޒަފުން ނެގުމަށް ބާއްވާ ވޯކް-އިން އިންޓަރވިއު ޕްލޭނަށް ތިރީގައި މިދަންނަވާ ކަންކަން އިތުރުކޮށް، އެގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
- ވޯކް-އިން އިންޓަރވިއު 2025 އޮގަސްޓް މަހުގެ 29 އަދި 30 މި 2 ދުވަހު ބޭއްވުން، އެގޮތުން މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހައަކަށްޓަކައި؛
- 29 އޮގަސްޓްގައި ކަލާފާނު ސްކޫލްގައި ވޯކް-އިން އިންޓަރވިއު ބޭއްވުން.
- 30 އޮގަސްޓްގައި ކާމިލްދީދީ ޕްރީ ސްކޫލްގައި ވޯކް-އިން އިންޓަރވިއު ބޭއްވުން.
- ވޯކް-އިން އިންޓަރވިއުގެ އިންޓަރވިއު ޕެނަލްގައި ތިއްބަވާނީ ސީނިއަރ މެނޭޖްމަންޓް ޓީމްގެ މުވައްޒަފުން.
- ވޯކް-އިން އިންޓަރވިއު ބޭއްވުމަށް ޚަރަދުގެ ގޮތުގައި ހިނގާ 22,080/-ރ. ޚަރަދު ކުރެއްވުން އެންމެ ރަނގަޅުކަމުގައި ކަނޑައެޅުން.
- މި ކޮމިޝަނުގެ ވެހިކަލްގައި މާލެ އަދި ހުޅުމާލޭގައި ލޮރީ ބުރެއް ބޭއްވުން.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އަށް ކޮމިޝަނުގެ ޓާސްކް ފޯސް މުވައްޒަފުން ނެގުމަށްޓަކައި، ވޯކް-އިން އިންޓަރވިއު 2025 އޮގަސްޓު 29 އަދި 30 ގައި ކުރިއަށްދާކަން، ކުރީބައިގައި ޢާންމުކޮށް، އެ މަޢުލޫމާތު އެނގޭނެހެން ޢާންމުން ހޭލުންތެރިކުރުވުން.
7. ޢަދާލަތު ޕާޓީގގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އިތުރު މުއްދަތެއްދެއްވުމަށް އެދި މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރުAP/LTR/2025/08/001: ސިޓީއާ ގުޅޭ.
ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އިތުރު މުއްދަތެއްދެއްވުމަށް އެދި މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރުAP/LTR/2025/08/001: ސިޓީއާ ގުޅިގެން، އޮޑިޓް ރިޕޯޓު ހުށަހެޅުމަށް ޤާނޫނު ލާޒިމުކުރާ ގޮތުގެމަތީން، އެ އޮންނަ މުއްދަތުގައި ހުށަހެޅުމަށް އެ ޕާޓީއަށް ސިޓީއަކުން މީގެކުރިން އެންގިފައިވީނަމަވެސް ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާގޮތުގެމަތީން އޮންނަ މުއްދަތުގައި އެ ކަންކަން ކުރުމަށް އަންގައި އެ ޕާޓީއަށް އަނެއްކާވެސް ސިޓީއެއް ފޮނުވުމަށާއި، އަދި، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓު މިކޮމިޝަނަށް ހުށަހަޅާފައިނުވާތީ، ޤާނޫނުގައިވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުވެސް، އެ ޕާޓީއާމެދު އެޅުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
8. ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތަކާ ގުޅޭ.
ތިރީގައި މިދަންނަވާ ގޮތުގެމަތީން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙުގެނައުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ.) އިޞްލާޙު ނުކުރުމަށް ނިންމެވުން.
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިތުރު މާއްދާއެއް އިތުރުކޮށް، މިޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ އިންތިޚާބުތަކާއި ޢާންމު ވޯޓުލުމާ ގުޅޭ އެންމެހާ ކަންކަން، ރަށު/އަތޮޅު/ސިޓީ ކައުންސިލުން ކުރުން ލާޒިމުކޮށް، އެ ޒިންމާ މިކޮމިޝަނުން އަންގާ ގޮތެއްގެމަތީން ކުރުމަށް ކައުންސިލްތަކާ ޙަވާލުކުރުމަށް ނިންމުން.
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާގައި، އިންތިޚާބަށް ކުރިމަތިލުމަށް ފޮނުވާ މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ގޮތުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް، ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތީން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތު، ހުށަހަޅާނެ ފަދައިން އިޞްލާޙުކުރުން.
- އެ އިންތިޚާބާ ގުޅިގެން ބޭއްވުނު އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެފައިވާކަން ނުވަތަ ބައިވެރިވެފައިނުވާ ކަމުގެ އިޤުރާރު ހުށަހަޅަންޖެހޭނެ ކަމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީނަމަވެސް، ޕްރައިމަރީގައި ވާދަކޮށް ނުހޮވުނުކަމުގައިވީނަމަވެސް، އަމިއްލަ ގޮތުން ކުރިމަތިލުމަށް ހުރަހެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ (ޤަޟިއްޔާ ނަންބަރު 2019/SC-C/05) ޙުކުމްއިން ކަނޑައަޅުއްވާފައިވާތީ މި ނަންބަރު ޤާނޫނުން އުނިކުރުން.
- ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ޙައްޤާ ގުޅިގެން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އަށް އިތުރު ނަންބަރެއްގެ ގޮތުގައި، އިންޓަރނެޓާއި މީސް މީޑިއާގެ ބޭނުންހިފުން ކަމުގައި، އިތުރުކުރުން.
- ބާޠިލް ވޯޓުގެ ގޮތުގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) އަށް އިތުރު ދެ ނަންބަރު، ތިރީގައި މި ދަންނަވާ ގޮތުގެމަތީން އިތުރުކުރުން.
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހާފައިވާ ވޯޓު؛
- އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި، އިންތިޚާބެއްގައި އެ އިންތިޚާބުގެ ގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި، އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ޙަރަކާތްތެރިވެވޭނެ ފަރާތްތަކުގެ ލިސްޓަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިތުރުކުރުން.
- އެ އިންތިޚާބެއްގެ މޮނީޓަރުންގެ ގޮތުގައި ޙަރަކާތްތެރިވެވޭނެ ފަރާތްތަކުގެ ލިސްޓަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިތުރުކުރުން.
9. ގަވާއިދު ނަންބަރު: 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދާގުޅޭ.
ގަވާއިދު ނަންބަރު:2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު) އަށް ތިރީގައި މިދަންނަވާ ގޮތުގެމަތީން އިޞްލާޙުގެނައުމަށް، ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
- އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އިޞްލާޙުނުކުރުން.
- ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމާ ގުޅޭގޮތުން، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގެ 4 ވަނަ މާއްދާގެ ތިރީގައި މި ދަންނަވާ ގޮތުގެމަތީން އިޞްލާޙުކުރުން.
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކާ ގުޅޭގޮތުން، ނުވަތަ ހިމެނިފައިނުވާ މަޢުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ގުޅޭގޮތުން، ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައިފައިވާ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ ނިޒާމަކުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންނަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅަންވާނެއެވެ.
- ނަން އަނބުރާ ގެންދެވިދާނެ ވަގުތު ބަޔާންކޮށް އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު ގެ 17 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން. މިގޮތުން، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާންކުރުމުގެ ކުރިން ކޮންމެ ވަގުތަކުވެސް އެމީހެއްގެ ނަން އެ އިންތިޚާބަކުން އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާކަމަށް، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ގޮތުގައި އިޞްލާޙުކުރުން.
- ވޯޓުލުމުގެ ބޭނުމަށް، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގޮތުގައި ޑިޖިޓަލް އެއްވެސް ކާޑެއް ނުވަތަ ލިޔުމެއް، އަދި ޑިޖިޓަލް ލިޔުމެއްގެ ޕްރިންޓެއް ބަލައިނުގަނެވޭނެ ކަމަށް، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގެ 36 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން.
- ޝަކުވާ ހުށަހެޅުމާ ގުޅޭގޮތުން، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ)، ތިރީގައި މިދަންނަވާ ގޮތުގެމަތީން އިޞްލާޙުކުރުން.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޝަކުވާ ހުށަހެޅުމުގައި ރަށާއި، އަތޮޅާއި ސިޓީއާއި ރިސޯޓުތަކާއި ޞިނާޢީ މަސައްކަތްކުރާ ރަށްރަށުން، އެ ރަށެއްގެ އެންމެ ކައިރި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހެޅިދާނެއެވެ. މާލެއިންނާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓައިފައި ހުންނަ ޤައުމުތަކުންވެސް ފޯކަލް ޕޮއިންޓް މެދުވެރިކޮށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހެޅިދާނެއެވެ.
- މި މާއްދާގައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހަޅާއިރު، ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ މަޢުލޫމާތު ހިމަނަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ، އެކަމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމުޢިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ޝަކުވާ ހުށަހަޅާނަމަ، އެ ފަރާތެއްގެ ތައްގަނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި ޝަކުވާ ހުށަހަޅާ ފޯމުގައި އޮންނަންވާނެއެވެ.
- އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އިޞްލާޙުކުރުމަށްޓަކައި، އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގެ 53 ވަނަ މާއްދާގެ (ނ) ތިރީގައި މިދަންނަވާ ގޮތުގެމަތީން އިސްލާޙުކުރުން.
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިންތިޚާބާ ގުޅިގެން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.