ޖަލްސާތައް

ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

    1. ޔަޢީޝް އަމްޖަދު ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީއާގުޅޭ.

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާ ގުޅިގެން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމުގައި ހުންނެވި ޔަޢީޝް އަމްޖަދު ވަޒީފާއިން ވަކިވުމަށްއެދި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީގައި ބަޔާންކުރައްވާފައިވާ ކަންކަން ހިއުމަން ރިސޯސް ޕެނަލުން ބެއްލެވުމަށްފަހު ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، މި ދެންނެވުނު ސިޓީގައި ބަޔާންކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން ހިއުމަން ރިސޯސް ޕެނަލުން މި މުވައްޒަފާ ސުވާލުކުރެއްވުމުން، އެކަންކަމާ ގުޅޭ އިތުރު މަޢުލޫމާތު ޙިއްޞާކުރައްވަން ބޭނުންނޫންކަމަށް މި މުވައްޒަފު ވިދާޅުވެފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް، ހިއުމަން ރިސޯސް ޕެނަލުން ނިންމަވާފައިވާތީވެ، ހިއުމަން ރިސޯސް ޕެނަލްގެ މިދެންނެވުނު ނިންމެވުމަށް ތާއިދުކުރައްވާ، މި މައްސަލަ މިހާ ހިސާބުން ނިންމެވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންނާ ގުޅުންހުރި މިފަދަ މައްސަލަތައް ބެއްލެވުން އަވަސްކޮށް، ހިއުމަން ރިސޯސް ޕެނަލްގެ ނިންމެވުންތަކުގެ ރިޕޯޓު، ވިހާވެސް އަވަހަށް ކޮމިޝަނާ ޙިއްޞާ ކުރެއްވުމަށްވެސް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    2. ކޮމިޝަނުގެ އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމާ ގުޅޭ.

ކޮމިޝަނުގެ އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ޙަމަޖެއްސެވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ މެންބަރުން

· ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު– މުޤައްރިރު

·  ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް – ޢާންމު މެންބަރު

·  އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ސައުޝަން މުސާ – ޢާންމު މެންބަރު

 

    3. ކޮމިޝަނުގެ އިދާރީ އޮނިގަނޑުގައިވާ ހުސްވެފައިވާ މަޤާމުތަކާގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުސްވެފައިވާ އެ ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) ގެ މަޤާމަށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުވައްޒަފު ވިޝާޙް ސަޢީދު ހަމަޖެއްސެވުމަށާއި، ހުސްވެފައިވާ ރަޖިސްޓްރޭޝަން ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) ގެ މަޤާމަށް، ޕޭލްނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢާއިޝަތު ޔުމްނާ ރަޝީދު، 2025 މޭ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސެވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ހުސްވި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރެއްވުމަށާއި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުސްވި އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) ގެ މަޤާމަށް ގޮތެއް ނިންމެވުމަށްޓަކައި، ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި، ކޮމިޝަނުގެ މިވަގުތު ހުސްވެފައިވާ އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، ގަވާއިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ ޖަދުވަލް 5 "މުވައްޒަފުންނަށް ކުރިއެރުން ދިނުމުގެ އުސޫލު"ގެ 4.2 ން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ކޮމިޝަނުގެ އިދާރާގެ އެތެރޭގެ މުވައްޒަފުންނަށް ޢާންމުކޮށް ހުޅުވާލެއްވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    4. އިންޓަރނަލް އޮޑިޓަރގެ 2025 ވަނަ އަހަރުގެ ޓާގެޓްތަކުގެ ޓައިމްލައިނާގުޅޭ.

އިންޓަރނަލް އޮޑިޓަރގެ 2025 ވަނަ އަހަރުގެ ޓާގެޓްތަކުގެ ޓައިމްލައިންގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ޢިބާރާތް ރަނގަޅު ކުރެއްވުމަށާއި، މިގޮތުން އޮޑިޓްކުރެއްވުން އޮތުމުގެ ބަދަލުގައި އޮޑިޓް ކުރެއްވުމަށްފަހު ކޮމިޝަނަށް ނުވަތަ އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީއަށް ރިޕޯޓު ހުށަހެޅުއްވުން؛ މުޅި މަސައްކަތް ނިމޭހެނެ ފަދައިން ޓައިމްލައިނަށް އިޞްލާޙު ގެންނެވުމަށާއި، އަދި، އިންޓަރނަލް އޮޑިޓަރގެ 2025 ވަނަ އަހަރުގެ ޓާގެޓްތަކުގެ ތެރޭގައި، އިންޓަރނަލް އޮޑިޓަރ، ޓްރެއިނިންގ ނުވަތަ އަމިއްލަ ނަފްސް އިތުރަށް ތަރައްޤީ ކުރެއްވުމަށްޓަކައި ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަ ކުރެއްވުން ބަޔާން ކުރެއްވުމަށްފަހު، އެ ޓްރެއިނިންގ ނުވަތަ ތަމްރީން ޕްރޮގްރާމްތަކަކީ ކޮބައިކަން އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީ އިން ކަނޑައެޅުއްވުމަށްފަހު އެކަމުގެ މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުއްވުމަށްވެސް ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    5. 2025 މާރިޗު މަހުގެ ޚަރަދު ރިޕޯޓާގުޅޭ.

2025 ވަނަ އަހަރުގެ މާރިޗު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާ ކުރެވިއްޖެކަމަށާއި، އަދި 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ ވެބްސައިޓުގައި ޝާޢިއު ކުރައްވާއިރު، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީ އިން ސިޔާސީ ޕާޓީތަކަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ފައިސާގެ މަޢުލޫމާތު ނޯޓެއްގެ ގޮތުގައި، ޚަރަދު ރިޕޯޓުގައި ބަޔާންކުރެއްވުމަށްވެސް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    6. ހޯޕް ފޯ ވިމެން އިން ކުރިއަށްގެންދާ "ސިންދަފާތު އިންޓަރ-ކޮލެޖް ކުއިޒް މުބާރާތް 2025" އާ ގުޅޭ.

ހޯޕް ފޯ ވޮމެން އިން ކުރިއަށްގެންދާ "ސިންދަފާތު އިންޓަރ-ކޮލެޖް ކުއިޒް މުބާރާތް 2025" އާ ގުޅޭގޮތުން، މި ދަންނަވާ ގޮތުގެމަތީން ޢަމަލުކުރެއްވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ހޯޕް ފޯ ވޮމެން އިން ކުރިއަށްގެންދާ "ސިންދަފާތު އިންޓަރ-ކޮލެޖް ކުއިޒް މުބާރާތް 2025" އާ ގުޅޭގޮތުން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން  ކުއިޒް މުބާރާތުގައި ކޮމިޝަނުން ބައިވެރިވުމަށް ނިންމުން.

·  މި ކުއިޒް މުބާރާތާ ގުޅުންހުރި އެއްވެސް ކަމަކަށް، މާލީ އެހީތެރިކަމެއް ވެދެވެން ނެތްކަމަށް ނިންމުން.

·  މި ކުއިޒް މުބާރާތާ ގުޅިގެން، ކޮމިޝަނުގެ އިދާރާއިން އެ ޖަމްޢިއްޔާއަށް ފަންނީ އެހީތެރިކަން ދެއްވުމަށާއި، މިގޮތުން، ކުއިޒަށް ބޭނުންކުރާނެ ސުވާލުތައް ފަރުމާކުރެއްވުމާއި، ޖަޖުންގެ ގޮތުގައި ޙަރަކާތްތެރިވުމާއި، އެ ޖަމްޢިއްޔާއަށް ބޭނުންވާ އެހެނިހެން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދެއްވުމަށް ނިންމުން. އަދި މިކަމުގައި ކަމާގުޅުންހުރި މުވައްޒަފުންނާއެކު، ފަންނީ އެހީތެރިކަން ދެއްވުމުގެ ގޮތުގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ހަމަޖެއްސެވުމަށް ނިންމުން.

·  ވޯޓުލުމާއި ގުޅޭގޮތުން، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ކުރިއަށް ދިޔަ ސަރވޭ، ކޮލެޖް ދަރިވަރުން ލައްވާ ފުރިހަމަކުރެއްވުމަށް ނިންމުން.

· ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓާއި ޑިމޮކްރެޓިކް ހަމަތަކާ ގުޅޭގޮތުން ކުއިޒްގެ ބައިވެރިން އަޙުލުވެރިކުރުވުމަށްޓަކައި، މިދާއިރާއާ ގުޅޭ ސުވާލުތައް ކުއިޒްގެ ސުވާލުތަކުގެ ތެރޭގައި ހިމެނުމަށް ނިންމުން. 

·   މިކުއިޒްއާ ގުޅޭ ކަންކަމުގެ ފޯކަލް ޕޮއިންޓް، އިދާރީ ކަމެއްގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލް ކަނޑައެޅެއްވުމަށް ނިންމުން.

 

    7. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލީ ބަޔާން ހުށަހަޅާފައިނުވާ ފަރާތްތަކުގެ މައްސަލައާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލީ ބަޔާން ހުށަހަޅާފައިނުވާ ފަރާތްތަކުގެ މައްސަލައާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މައްސަލަތަކުގެ ޖިނާޢީ ތަޙްޤީޤާ ގުޅޭގޮތުން އިތުރު ސިޓީތަކެއް ފޮނުއްވުމަށާއި، އެއަށްފަހު މިކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ރައްޔިިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވާފައިވާ ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ އެޖެންޓުންގެ މާލީ ބަޔާންތަކާ ގުޅޭގޮތުން މިއަށްވުރެ ރަނގަޅަށް ކުރިއަށް އޮތްތަނުގައި ޢަމަލު ކުރެއްވުމަށާއި، ޤާނޫނުގައި ބަޔާން ކުރައްވާފައިވާ ކަންކަމަށް ފަރުވާތެރިވުމަށާއި އަދި އެކަންކަމަށް ޢަމަލު ކުރެއްވުމުގައި ޤާނޫނުގައި ބަޔާން ކުރައްވާފައިވާ މަޤްޞަދު ނުގެއްލޭނެހެން މީގެ ފަހުން ކަންކަން ތަރުތީބު ކުރެއްވުމަށާއި، 2026 ވަނަ އަހަރުގެ އިދާރީ ބަޖެޓް ތައްޔާރު ކުރައްވާއިރު، ކޮމިޝަނުން ޖިނާޢީ ތަޙްޤީޤު ކުރެއްވުމަށް ބޭނުންވާ ވަޞީލަތްތަކާއި އެހެނިހެން ކަންކަން ބަޖެޓު ކުރެއްވުމަށާއި، އަދި ބަޖެޓް ކުރެއްވުމުގެ ކުރިން މިކަމަށް ޕްލޭނެއް ހެއްދެވުމަށްފަހު ކޮމިޝަނަށް ހުށަހެޅުއްވުމަށްވެސް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   8. ޏ.ފުވައްލުމަށް/ ނަޒާ، ޝާފިޢު އަލީ (ދ.ރ.އ.ކ ނަންބަރު(A100953: ޢަދާލަތު ޕާޓީގެ ރަޖިސްޓްރަރގެ ޙައިޞިއްޔަތުން ކޮށްފައިވާ ޖޫރިމަނާއާ ގުޅިގެން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތާ ގުޅޭ.

ޏ.ފުވައްލުމަށް/ ނަޒާ، ޝާފިޢު އަލީ (ދ.ރ.އ.ކ ނަންބަރު(A100953: ޢަދާލަތު ޕާޓީގެ ރަޖިސްޓްރަ  ގެ ޙައިޘިއްޔަތުން ކޮށްފައިވާ ޖޫރިމަނާއާ ގުޅިގެން، އެ ފަރާތުން އެދިލައްވާފައިވާ ގޮތުގެމަތީން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ދިނުމަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    9. ޕާޓީތަކުގެ ރަޖިސްޓްރަރ ގެ މަޢުލޫމާތު ކޮމިޝަނާ ޙިއްޞާކުރެއްވުމާގުޅޭ.

ނޭނގި ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި އެކި ފަރާތްތައް ރަޖިސްޓަރީކޮށް ދީފައިވާކަމަށް ބަޔާންކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ފަރާރްތަކުން ހުށަހަޅުއްވާފައިވާ މައްސަލަތައް ތަޙްޤީޤުކޮށް ނިންމެވުމަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީތަކާ ގުޅިގެން، ޤާނޫނާ ޚިލާފުވި ޕާޓީތަކާއި އެ ޕާޓީތަކުގެ ރަޖިސްޓްރަރ އިން، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ އިން ޖޫރިމަނާކުރައްވާފައިވާތީ، ޖޫރިމަނާކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރަރ އިން ގެ މަޢުލޫމާތު ،ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައި ވަނީ ކޮމިޝަނާ ޙިއްޞާ ކުރައްވާފައެވެ.

 

#

ސިޓީ ނަންބަރު

ޕާޓީ

ޖޫރިމަނާ ކުރެވޭ ޢަދަދު

ސަބަބު

1

171/G(M2)/38/2023/8

 

ޢަދާލަތު ޕާޓީ

5,000/-

އަޙްމަދު ރަޝީދު، ހ.ދަރާރު / ކ.މާލެ (A038616) އަށް ނޭނގީ "ޢަދާލަތު ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ރަޝީދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

2

171/G(M2)/38/2023/49

ޢަދާލަތު ޕާޓީ

5,000/-

އާމިނަތު ލަޔާލް ޢަލީ، ދަފްތަރު ނަންބަރު ރސ 11907 / ކ.މާލެ (A297286) އަށް ނޭނގީ "ޢަދާލަތު ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އާމިނަތު ލަޔާލް ޢަލީގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

3

171/G(M2)/38/2023/24

ޖުމްހޫރީ ޕާޓީ

5,000/-

ޢައްބާސް ދާއޫދު، ރިހިވެލި / އަދ.ހަންޏާމީދޫ (A011597) އަށް ނޭނގީ "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ޢައްބާސް ދާއޫދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

4

171/G(M2)/38/2023/30

ޖުމްހޫރީ ޕާޓީ

5,000/-

މުޙައްމަދު ޝަފީޤު، ވިލާޑީސޯސަން / ލ.އިސްދޫ (A120953) އަށް ނޭނގީ "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ޝަފީޤުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

5

171/G(M2)/38/2023/56

ޖުމްހޫރީ ޕާޓީ

5,000/-

ނައުފަލް ޢައްބާސް، ކުރަހާގެ / އދ.މަހިބަދޫ (A323406) އަށް ނޭނގީ "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ނައުފަލް ޢައްބާސްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

6

171/G(M2)/38/2023/29

 

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

ޔޫސުފް ޠަލާލް ޙުސައިން، ބާރަނާ / ޅ.ނައިފަރު (A056558) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ޔޫސުފް ޠަލާލް ޙުސައިންގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

7

171/G(M2)/38/2023/31

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އަޙްމަދު ޢިޔާޞް، މ.އެމެތިސްޓް / ކ.މާލެ (A060843) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ޢިޔާޞްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

8

171/G(M2)/38/2024/1

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

ފަޔާޟް މުޙައްމަދު، މިލާނޯ / ބ.އޭދަފުށި (A047981) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ފަޔާޟް މުޙައްމަދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

9

171/G(M2)/38/2024/2

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

މުޙައްމަދު ޒާހިރު، މއ.އާފިޔާ / ކ.މާލެ (A151146) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ޒާހިރުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

10

171/G(M2)/38/2024/17

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އިބްރާހީމް ޒަޢީމް، ވިޝަން / ލ.ފޮނަދޫ (A152137) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އިބްރާހީމް ޒަޢީމްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

11

171/G(M2)/38/2024/22

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އަޙްމަދު ޞަބާޙް، ވައިޓްވިލާ / ތ.ހިރިލަންދޫ (A140688) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ޞަބާޙްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

12

171/G(ECI)/38/2024/26

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

މުޙައްމަދު އަނީސް، ދަފްތަރު ނަންބަރު ރސ 4800 (A042049) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު އަނީސްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

13

171/G(ECI)/38/2024/34

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

ޝައިފުﷲ އިބްރާހީމް، ފަރުދާބަގީޗާގެ / އއ.ތޮއްޑޫ (A272590) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ޝައިފުﷲ އިބްރާހީމްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

14

171/G(ECI)/38/2024/35

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އަޙްމަދު ޝާހިދު، ގުލްތަރުޖަމާގެ / އއ.ތޮއްޑޫ (A153608) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ޝާހިދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

15

171-G(ECI)/38/2025/29

ޕީޕަލްސް ނެޝަނަލް ކޮންގްރެސް

5,000/-

މުޙައްމަދު އައިޝް، ހ.ހަތިހާ / ކ.މާލެ (A011788) އަށް ނޭނގީ "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު އައިޝްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

16

171-G(ECI)/38/2025/26

ޕީޕަލްސް ނެޝަނަލް ކޮންގްރެސް

5,000/-

މުޙައްމަދު ޠާރިޤް، ދަފްތަރު ނަންބަރު 1800 / ކ.މާލެ (A010402) އަށް ނޭނގީ "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ޠާރިޤްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

17

171-G(ECI)/38/2025/22

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް

5,000/-

އަޙްމަދުދީދީ، ގާވިޔާ / ގއ.ދެއްވަދޫ (A012309) އަށް ނޭނގީ "މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދުދީދީގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

18

171-G(ECI)/38/2025/27

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް

5,000/-

މުޙައްމަދު ނޫރު އަޙްމަދު، މާލެގަން.ލަކީ / ޏ.ފުވައްމުލަކު (A276377) އަށް ނޭނގީ "މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ނޫރު އަޙްމަދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

   

   10. އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ތައިވާންގެ ފަރާތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ތައިވާންގެ ފަރާތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، މިއަހަރު މޭމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރުކުރާނޭ ކަމެއް ނެތްކަމަށާއި އެކަން އޭ.އޭ.އީ.އޭ އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ތައިވާނަށް ސިޓީއަކުން ދެންނެވުމަށްވެސް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   11. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ރޭވިފައިވާގޮތުގެ ޕްލޭންއާ ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ރޭވިފައިވާގޮތުގެ ޕްލޭން ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ. އަދި މި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ރަށު/އަތޮޅު/ސިޓީތަކުގެ އާބާދީގެ ތަފްޞީލްތައް ނަންގަވާއިރު އެ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ކުރެއްވުމަށްވެސް، ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
867

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ