arrow rightކޮމިޝަންގެ އިސް މުވައްޒަފުން

ސެކްރެޓަރީ ޖެނެރަލް

ޢަބްދުﷲ އުނައިސް

ޤާނޫނު ނަންބަރު:8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާ ހިންގާ ބަލަހައްޓާނީ، ސެކްރެޓަރީ ޖެނެރަލް އެވެ.

 

އަދި، ގަވާއިދު ނަންބަރު2019/R-2: (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް.

· އިލެކްޝަންސް ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުން.

· އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ކަންކަމުގައި އެހީތެރިވުން.

· އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން.

· އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ލާޒިމްކުރާ އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށް  ބޭނުންވާ އެންމެހައި އިދާރީ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

· ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމް ރާވައި، ހިންގައި ބެލެހެއްޓުން.

· ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ޕާޓީތަކާ ބެހޭގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި ބެލެހެއްޓުން.