
އެސިސްޓެންޓް ޑިރެކްޓަރ
ޢާއިޝަތު ޔުމްނާ ރަޝީދު
ރަޖިސްޓްރޭޝަން ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
· އިންތިޚާބީ ދާއިރާތައް ކަނޑައަޅައި، ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން.
· ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އެކުލަވައިލައި، މި ލިސްޓުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
· ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުގެ އެންމެހައި ކަންކަން ކުރުން.
· ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި، ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމުތައް ބަލައިގަނެ، އެ ފޯމުތަށް ޕްރޮސެސްކޮށް ޕާޓީތަކުން ވަކިވާން އެދޭ ފަރާތްތަކަށް ޖަވާބުދާރީވުން.