
އެސިސްޓެންޓް ޑިރެކްޓަރ
ވިޝާޙު ސަޢީދު
އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
· އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓުނެގުމުގެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ރާވައި ހިންގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބު ބޭއްވުން.
· އިންތިޚާބަށް ކުރިމަތިލާ އެންމެހައި ކެންޑިޑޭޓުން، އޮބްޒާވަރުން، މޮނީޓަރުން، އަދި ކެންޑިޑޭޓުންގެ މަންދޫބުންނާ ގުޅޭ ކަންކަން ބެލެހެއްޓުން.
· ބައި-އިލެކްޝަން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސައި ހިންގައި ބެލެހެއްޓުން.
· ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ވޯޓުފޮށީގެ ޢަދަދުތައް ކަނޑައެޅުމާއި ވޯޓުފޮށިތައް ބަހައްޓާނެ ތަންތަން ހޯދައި ސާވޭކޮށް، ވޯޓު ކަރުދާސް ތައްޔާރުކުރުން.
· އިންތިޚާބުގެ މަސައްކަތުގައި ބޭނުންކުރެވޭ ސެކިއުރިޓީ ސާމާނާއި އިންތިޚާބުގެ މުހިންމު ހުރިހާ ލިޔެކިޔުމެއް ބެލެހެއްޓުން.
· އިންތިޚާބު ނިމުމުން ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވޯޓު ކަރުދާސް ނައްތާލުމުގެ މަސައްކަތްކުރުން.
· އިންތިޚާބުތަކުގެ ނަތީޖާ ޕްރޮސެސްކުރުން.