arrow rightކޮމިޝަންގެ އިސް މުވައްޒަފުން

ކޮމިއުނިކޭޝަން އެގްޒެކެޓިވް

މަރްޔަމް ޝާހިޔާ

ޕަބްލިކް ރިލޭޝަންސް ސެކްޝަން  ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

· މީޑިއާތަކާއި ގުޅިގެން، ޚަބަރު ފެތުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

· ކޮމިޝަނުގެ ވެބްސައިޓް، ގެޒެޓް އަދި މީސް މީޑިއާގައި އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

· ސެކްޝަންތަކުން ތައްޔާރުކުރަން ބޭނުންވާ ލިޔެކިޔުންތަކުގެ ލޭއައުޓް ތައްޔާރުކުރުމާއި ކޮމިޝަނުން ބާއްވާ އެކިއެކި އިވެންޓްތަކުގެ ފޮޓޯ ކަވަރޭޖް ހަދާ ބެލެހެއްޓުމާއި، ކޮމިޝަނުން އިންތިޒާމުކުރާ ނޫސް ކޮންފަރެންސްތަކުގެ އިންތިޒާމު ހަމަޖެއްސުން.

· ކޮމިޝަނުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ކޮމިޝަނުގެ ތަޞައްވަރު ރަނގަޅުކުރުމަށް ޕްލޭންތައް އެކުލަވާލައި، ސެކްޝަންތަކާ ގުޅިގެން ޕްލޭންތައް ތަންފީޒުކުރުން.

· ކޮމިޝަނަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ، އެ ލިޔެކިޔުންތައް ގުޅުން ހުރި ސެކްޝަންތަކަށް ފޮނުވުމާއި، އަދި ކޮމިޝަނުން ފޮނުވާ ލިޔެކިޔުންތައް ފޮނުވޭނެގޮތުމުގެ ނިޒާމެއް ޤާއިމްކުރުން.