
އެސިސްޓެންޓް ޑިރެކްޓަރ
ފާޠިމަތު ޝައުޝާން މޫސާ
ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
· ކޮމިޝަނުގެ ޖަލްސާތަކުގެ ނިންމުންތައް ތަންފީޛުކުރަމުންދާ މިންވަރު ބަލައި، ކޮމިޝަނަށް ރިޕޯޓުކުރުން.
· ކޮމިޝަނުގެ އަހަރީ ވަރކް ޕްލޭން އަދި ކޮމިޝަނުގެ ދިގުރާސްތާގެ ރޭވުން (ޕްލޭން) އެކުލަވައިލުން.
· ސްޓްރެޓެޖިކް ޕްލޭންގައި ޙާޞިލްކުރުމަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ސެކްޝަންތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބަލައި، ލަނޑުދަނޑިތައް ޙާޞިލްކުރެވޭ މިންވަރު ބެލޭނެ ނިޒާމެއް ޤާއިމްކޮށް، މަސައްކަތް ކުރެވޭ މިންވަރާއި ފެންވަރު ބެލުން.
· ޑިވިޜަންތަކާއި، ސެކްޝަންތަކުގެ މެންޑޭޓްތައް ކަނޑައެޅުމަށް ކޮމިޝަނަށް ލަފާ ދިނުން.
· އިންތިޚާބުތަކުގެ ކަލަންޑަރު ތައްޔާރުކޮށް، ބޭއްވޭ އިންތިޚާބުތަކާ ގުޅޭ ގޮތުން ތަފާސްހިސާބު ރިޕޯޓާއި، އިންތިޚާބީ ރިޕޯޓު ތައްޔާރުކުރުން.
· އިންތިޚާބީ ނިޒާމު ހަރުދަނާ ކުރުމަށް ގެނެވިދާނެ ބަދަލުތަކާއި ރަނގަޅު ކުރެވިދާނެ ކަންކަން ދިރާސާކޮށް، ދިރާސާ ރިޕޯޓު ތައްޔާކުރުން.