
ޑެޕިއުޓީ ޑިރެކްޓަރ
ސީނާ ރަޝީދު
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
· ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ސެކްޝަންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
· ކޮމިޝަނުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، ސްޓޮކުން ސެކްޝަންތަކަށް ބޭނުންވާ ތަކެތި ދޫކުރުމާއި، ކޮމިޝަނުގެ ބޭނުމަށް ހޯދާ ހަރު މުދަލުގެ އިންވެންޓްރީ ބަލަހައްޓައި ނީލަމަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން.
· ކޮމިޝަނުގެ އެކިއެކި ޙަރަކާތްތަކުގެ ލޮޖިސްޓިކްސްގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
· ކޮމިޝަނުގެ ޢިމާރާތުގެ އިތުރުން އެކިއެކި ބޭނުންތަކަށް ކުއްޔަށް ހޯދާފައި ހުންނަ ޢިމާރާތްތަކުގެ ހުޅުވާ، ލެއްޕުން އަދި މަރާމާތުގެ މަސައްކަތާއި، ސާފުތާހިރުކަމާއި، ސެކިއުރިޓީ ބެލެހެއްޓުން.
· އިންތިޚާބުތަކާ ގުޅިގެން، ކޮމިޝަނުން ފޯރުކޮށްދޭންޖެހޭ އެންމެހައި ލޮޖިސްޓިކްސް އިންތިޒާމުތައް ހަމަޖެއްސުން.