
ޑިރެކްޓަރ
އާމިނަތު އަޒީފާ
ޕްލޭނިންގ އެންޑް ރަޖިސްޓްރޭޝަން ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
· އިންތިޚާބީ ދާއިރާތައް ކަނޑައަޅައި، ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓން.
· ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އެކުލަވައިލައި، މި ލިސްޓުގެ މަޢުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
· ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުގެ އެންމެހައި ކަންކަން، މޮނިޓަރކޮށް ބެލެހެއްޓން.
· ކޮމިޝަނުން ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި، ދުރު މުސްތަޤްބަލުގެ ރޭވުންތައް ރާވައި ކޮމިޝަނުން ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރެވޭ މިންވަރު ބަލައި ވަޒަންކުރުން.
· ކޮމިޝަނުގެ އެކި އެކި ދާއިރާތަކާ ގުޅޭ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމާއި މިކަމާ ގުޅޭ ދިރާސާތައްކޮށް ޢާންމު ކުރުން.
· ކޮމިޝަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް އަދި ކޮމިޝަނުން ކުރަންޖެހޭ ދަތުރު، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދު އަދި ބެސްޓް ޕްރެކްޓިސް އާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދިނުން.