
ޑެޕިއުޓީ ޑިރެކްޓަރ
އަޙުމަދު މުޢާޒް
ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން
މަސްޢޫލިއްޔަތުތައް
· ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ޓްރެއިނިންގ ނީޑްސް އެނަލިސިސް ހަދައި، އެއަށް ބިނާކޮށް ޓްރެއިނިންގ ރިކުޔަރމަންޓް ތައްޔާރުކޮށް، އެއާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.
· އިންތިޚާބުގެ ޓްރެއިނިންގ ޕްލޭންތައް ތައްޔާރުކޮށް، މާސްޓަރ ޓްރެއިނަރުންނާއި ޓްރެއިނަރުން ތަމްރީނުކޮށް، މާލެއާއި އަތޮޅުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދޭން ޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.
· އިންތިޚާބުތަކާ ގުޅިގެން ޓްރޭނިންގ ދޭންޖެހޭ ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ތަމްރީނު ދިނުމަށް ބޭނުންވާ ޓްރެއިނިންގ ޕެކްތަކާއި މެޓީރިއަލްސް ތައްޔާރުކުރުމާއި، އެ ފަރާތްތަކަށް ޓްރެއިނިންގ ދިނުން.
· އިންތިޚާބުތަކާ ބެހޭގޮތުންނާއި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.
· ކޮމިޝަނުން ތައްޔާރުކުރާ ކަރުދާސް، ފޮތް އަދި ލީފްލެޓް ޗާޕްކުރުމާއި ކެންޑިޑޭޓުން، އޮބްޒާވަރުން، މޮނިޓަރުން، ކެންޑިޑޭޓުންގެ މަންދޫބުން، އޮފިޝަލުން، ޓާސްކްފޯރސް އަދި ކޮމިޝަނުގެ މުވައްޒަފުންގެ ކާޑުތައް ޗާޕްކުރުން.