އިންތިޚާބާބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
- ޕަބްލިޝްކުރި ތާރީޚު
- ޕަބްލިޝްކުރި ގަޑި
- ސުންގަޑި
- ނަންބަރު
- (IUL)38-AB/38/2025/170
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް، އިންތިޚާބާބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި ހީރަސްކުރެވިފައި ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލްކުރުމުން ބީލަމުގައި ރަޖިސްޓަރީވިކަމުގެ ސްލިޕް ފޮނުވޭނެއެވެ. ބީލަމުގައި ރަޖިސްޓަރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓަރީ ނަންބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓަރީ ވެވޭނީ 2025 އޮކްޓޫބަރު 05 ވާ އާދީއްތަ ދުވަހުގެ 15:00ގެ ނިޔަލަށެވެ. ބީލަމަށް ރަޖިސްޓަރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 2025 އޮކްޓޫބަރު 06 ވާ ހޯމަ ދުވަހުގެ 14:00ގައި އިންތިޚާބާބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) ގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން
(ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. - ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހަޅައި ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
6. ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ، 2025 އޮކްޓޫބަރު 14 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތުތައް ބިޑް ރަޖިސްޓްރޭޝަން ސްލިޕާއި އެކު ރަޖިސްޓްރޭޝަން ފޯމުގައިވާ މެއިލް އެޑްރެހަށް މެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.