ޕޯރޓަބަލް ސައުންޑް ސިސްޓަމް، ސައުންޑް މިކްސަރ، ޕިން މައިކްރޯފޯނު، ޕިންމައިކް، ގޫސްނެކް މައިކް އަދި ޕޮޑްކާސްޓް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

Date
ޕަބްލިޝްކުރި ތާރީޚު
Location
ޕަބްލިޝްކުރި ގަޑި
Time
ސުންގަޑި
Number
ނަންބަރު
(IUL)38-AB/38/2025/141

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ޕޯރޓަބަލް ސައުންޑް ސިސްޓަމް، ސައުންޑް މިކްސަރ، ޕިން މައިކްރޯފޯނު، ޕިންމައިކް، ގޫސްނެކް މައިކް އަދި ޕޮޑްކާސްޓް ސިސްޓަމް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 16 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް  www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

އެވޯޑްކުރެވުނު ފަރާތް

ހަވާލުކުރެވިފައިވާ ފަރާތް
ހަވާލުކުރެވިފައިވާ ކޮންޓްރެކްޓް ވެލިއު
ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު