އެންޑް ޕޮއިންޓް މޮނިޓަރިންގ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

Date
ޕަބްލިޝްކުރި ތާރީޚު
Location
ޕަބްލިޝްކުރި ގަޑި
Time
ސުންގަޑި
Number
ނަންބަރު
(IUL)38-AB/38/2026/726

 

މި ކޮމިޝަނުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، އެންޑް ޕޮއިންޓް މޮނިޓަރިންގ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 720 (IUL)38-AB/38/2025/އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަން އަގުބޮޑުކަމަށް ފެންނާތީއާއި ބީލަން ފުރިހަމަނުވާތީ، މި ބީލަން ބާޠިލުކޮށް މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުޅުވުން އޮންނާނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 05 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 10:30ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

އެވޯޑްކުރެވުނު ފަރާތް

ހަވާލުކުރެވިފައިވާ ފަރާތް
ހަވާލުކުރެވިފައިވާ ކޮންޓްރެކްޓް ވެލިއު
ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު