ރީ-ރަޖިސްޓަރީ

ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓު 2025 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2025 އޮކްޓޫބަރު 18 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް ވަގުތު އިތުރުކޮށްފިއެވެ.  

 

މި ވޯޓު ނެގުމުގައިގައި ރަޖިސްޓަރީ ވާންޖެހޭ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުށަހަޅަންވާނެއެވެ. އެގޮތުން ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް'form.elections.gov.mv) (ނުވަތަ 'މައި ޕޯޓަލް (my.elections.gov.mv( މެދުވެރިކޮށް އޮންލައިން ކޮށެވެ.

 

ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ހިމެނޭ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގައި އަދި  މިކޮމިޝަނުގެ ވެބްސައިޓުގައި ވަނީ ޢާންމުކޮށްފައެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް ބޭނުންުވާ ފަރާތްތަކުން  VR (Space) NID No ޖެއްސެވުމަށްފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ނުވަތަ pprvr.elections.gov.mv   މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

 

އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ  ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.