LCE & WDC 2026

ބޮޑު ތަރުޙީބަކާއެކު ވޯކް-އިން އިންޓަރވިއު ނިންމާލުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ނިމިދިޔަ ހަފްތާ ބަންދުގައި ބޭއްވި ވޯކް-އިން އިންޓަރވިއުއަށް ވަރަށް ބޮޑު ތަރުޙީބެއް ވަނީލިބިފައެވެ.

 


އެގޮތުން 250 ވުރެ ގިނަ މީހުން ވަނީ ވޯކް-އިންޓަރވިއުގައި ފޯމު ހުށަހަޅާފައެވެ.އަދި ޝަރުތު ހަމަވާ ފަރާތްތަކަށް ވަގުތުން އިންޓަވިއުކޮށް ޕްރެކްޓިކަލް ޓެސްޓް ނިންމާ ވަޒީފާއަށް މީހުން ނެގުމަށް ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ. ވޯކް-އިން އިންޓަރވިއުގައި ބައިވެރިވެ ހުރިހާ މަރުހަލާތައްނިންމާފައިވާ ފަރާތްތަކުގެ ތެރެއިން، މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް އެންގުމާއި ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމްތައް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިއަށްދާނެއެވެ.

 


ވޯކް-އިން އިންޓަރވިއު އަށްފަހު މި މަޤާމުތަކަށް މުވައްޒަފުން ހަމަނުވާނަމަ، މި މަޤާމުތަކަށް އިޢުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، 2025 ސެޕްޓެންބަރު 1 އިން ފެށިގެން ކޮންމެ 15 ދުވަހަކުން މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެއެވެ. އިންޓަރވިއު އަދި އިމްތިޙާނު 2025 ސެޕްޓެންބަރު 1 ން 2026 މާރިޗު 15 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން، މާލޭ ގައި އޮންނާނެއެވެ.