LCE & WDC 2026

ވޯކް-އިން އިންޓަވިއުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ  މުވައްޒަފުން ހޯދުމަށް އިއްޔެ ބޭއްވި ވޯކް-އިން އިންޓަރވިއުއަށް ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
އިއްޔެ ކަލާފާނު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަރވިއުއަށް 100 އަށް ވުރެގިނަ މީހުން ވަނީ ފޯމުހުށަހަޅާފައެވެ. އެގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުންނެވެ.އަދި އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނަށާއި ސީނިއަރ އޮފިސަރުންގެ މަޤާމަށެވެ.

މިއަދު ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ވޯކް-އިން އިންޓަރވިއު،ހަވީރު 4:00 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.
ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެޅުމާއި ވަގުތުން އިންޓަރވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.

 

ވަޒީފާތަކާގުޅޭ އިތުރު މަޢުލޫމާތު