LCE & WDC 2026

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް މިއަދު ވަނީ ޢިއުލާންކޮށްފައެވެ. ވީހާވެސް ގިނަބަޔަކަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މިގޮތުން 29 އޮގަސްޓު ވާ ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އަދި 30 އޮގަސްޓު ވާ ހޮނިހިރު ދުވަހު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2) ގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވޯކް-އިން އިންޓަރވިއު ކުރިއަށްދާނެއެވެ.

 

ވޯކް-އިން އިންޓަރވިއު އަށްފަހު މި މަޤާމުތަކަށް މުވައްޒަފުން ހަމަނުވާނަމަ، މި މަޤާމުތަކަށް  އިޢުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، 2025 ސެޕްޓެންބަރު 1 އިން ފެށިގެން ކޮންމެ 15 ދުވަހަކުން މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެއެވެެ. އިންޓަރވިއު އަދި އިމްތިޙާނު 2025 ސެޕްޓެންބަރު 1 ން 2026 މާރިޗު 15 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން، މާލޭ ގައި އޮންނާނެއެވެ.