ރައްޔިތުން ހޭލުންތެރި ކުރުވުން

ޔޫތު ލީޑަރސް އެންޑް ސިޓިޒެން ޖަރނަލިސްޓް ޕްރޮގްރާމްގައި ބައިވެރިވުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

ސޮސައިޓީ ފޮރ ޕީސް އެންޑް ޑިމޮކްރަސީއާ މޯލްޑިވްސް މީޑިއާ ކައުންސިލްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ޔޫތު ލީޑަރސް އެންޑް ސިޓިޒެން ޖަރނަލިސްޓް" ޕްރޮގްރާމްގައި މި ކޮމިޝަނުގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލެ، ކ.ހިންމަފުށި އަދި ކ.ތުލުސްދޫގައި ހިންގި މި ޕްރޮގްރާމްގައި ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދިޔަ ސެޝަންތަކުގައި އިންތިޚާބީ ނިޒާމާއި، ވޯޓުލުމުގެ ޙައްޤު އަދި ވޯޓުލުމާގުޅޭ ގޮތުން ބައިވެރިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

 

މި ޕްރޮގްރާމްގެ މަޤްޞަދަކީ ޒުވާނުންނާއި އާންމު ރައްޔިތުންގެ މެދުގައި ޑިމޮކްރަސީއާއި އިންތިޚާބުތަކާގުޅޭ ގޮތުންނާއި އިންތިޚާބުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާތަކުން އަދާކުރާ ދައުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމެވެ. މި ޕްރޮގްރާމްގައި ކައުންސިލް އިދާރަތަކުންނާއި މީޑިއާތަކުގެ ޖަރނަލިސްޓުން ބައިވެރިވެފައިވެއެވެ.