ބައި-އިލެކްޝަންސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން


ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދުގެ 15:00ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

 

މި ބައި-އިލެކްޝަނަށް ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން 1 ކެންޑިޑޭޓް ހިމެނޭހެން ޖުމްލަ 2 ކެންޑިޑޭޓުން ހުށަހަޅާފައިވާ ފޯމު ވަނީ ބަލައިގަނެފައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.